އަދާލަތު ޕާޓީއަށް ނިސަބަތްވާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާތީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަޒީރުކަމުން ދުރުކުރަން ނުޖެހޭތޯ ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ސުވާލުކޮށްފިއެވެ.

ޑރ.އިޔާޒާއި ރައީސް ނަޝީދުގެ "ކޯޅުން ބޮޑުވެ" ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާއި މުހާތަބުކޮށް ވަރަށް ހުތުރު ވާހަކަތައް ވެސް ޓްވިޓާގައި އަންނަނީ ދައްކަމުންނެވެ. ޓްވިޓާގައި ރައީސް ނަޝީދު ޑރ.އިޔާޒަށް ރައްދު ދެމުން ގެންދަވަނީ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިންނެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް މެންބަރު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އިސް މެމްބަރަކު، ޒާތީ ހަސަދަވެރިކަން ކުރިއަށްނެރެ ސިޔާސީކުޅި ކުޅެންބޭނުންވާލެއް ބޮޑު ކަމުން، ކޯލިޝަންގެ މައި ޕާޓީގެ ރައީސްގެ ޒާތަށް ތާއަބަދުމެ، އަރައިގަންނަމުންދާއިރު، މިބައިމަދު ޕާޓީގެ ވަޒީރުން، އެ މަގާމް ތަކުގައި ބައިތިއްބަން ޖެހޭތޯއެވެ."

އަދާލަތު ޕާޓީގެ ފަރާތުން މިހާރު ވަޒީރުންގެ ގޮތުގައި ތިއްބަވަނީ ހޯމް މިނިސްޓަރު އިމްރާނާއި، އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރެވެ.

އަދާލަތުގެ ވަޒީރުން މަގާމުން ދުރުކުރަން ރާއީ މިއަދު ޚިޔާލު ފާޅުކުރެއްވިއިރު އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި ރާއީ ވަނީ އިމްރާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އެމްޑީޕީ އަށް ސޮއި ކުރުމަށް އިމްރާނަށް ދައުވަތު ވެސް ދެއްވާފައެވެ. "އަޅުގަނޑު އެންމެ އަވަހަށް ދެކެން ބޭނުންވަނީ މިނިސްޓަރ އެމްޑީޕީއަށް ސޮއި ކުރާނެ ދުވަހެއް. އަޅުގަނޑު އެކަމަށް މަރުހަބާ ކިޔާނަން. އެންމެ ފުރަތަމަ މިނިސްޓަރަށް އަޅުގަނޑު މަރުހަބާ ކިޔާނަން" ރާއީ އެދުވަހު ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕާޓީތަކުގެ ވަޒީރުން މަގާމުން ދުރުކުރަން މީގެ ކުރިން ވެސް އެމްޑީޕީ އިން މަސައްކަތްކޮށްފައި ވެއެވެ. ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ ވެސް އެމްޑީޕީގެ ޕްރެޝަރު ބޮޑުވެ، އިތުބާރުނެތް ކަމުގެ ވޯޓަކާއި ކުރިމަތިލާން ޖެހިވަޑައިގެންފައި ވަނިކޮށެވެ.

މިނިސްޓަރު އިމްރާންގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅުމުން ނޮވެމްބަރ މަހު ނެގި ވޯޓްގައި އެމްޑީޕީ މެންބަރުން ވަނީ އިމްރާނަށް އިތުބާރު އެބައޮތްކަމަށް ފާސްކޮށްފައެވެ. ނަމަވެސް މަޖިލީހުގައި ވާހަކަދައްކަމުން އެމްޑީޕީގެ ބައެއް މެންބަރުން އިމްރާންގެ ސިޔާސަތައް ފާޑުވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުއްޅަބޭވެސް

    ޢިމްރާން މަގާމުން ދުރުވެސް ކުރެވިދާނެ. ނަމަޗެސް ދެން ތިބުނާ ނަޝީދަށް ފާޑުކިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ކިހިނެއް ހަދާނީ.

    69
    3
  2. ޟުނހގހ

    ފާޑުކިއުމަކީ ބިރުގަންނަންޖެހޭ ކަމެއްނޫން.
    ތިބުނާ މެމްބަރުގެ ބާރުގައި ވަޒީފާ ދީފައި ބަޔަޖު ތިބިނަމަ އެބަޔަކަށްވެސް ތިވަރު ދައްކާލާނެތާ ދޯ ؟
    އަޅުން ގެންގުޅޭހެން އިންސާނުން ނުގެންގުޅެބަލަ.

    47
  3. ޞިރާޠު

    އަދި މަޑުކޮށްލާ! އޭނަ ނަޝީދަށް ގޮވި އެއްޗެތީގެ ހަނދާން އާކޮށްދިނުމަށް އޭނަޔަށް އެހުރީ މަޤާމެއްދީފަ! އެކަމުގެ ސަބަބުން އޭނަ ނަޝީދުގެ އުގަށްވެއްޓިފައިވާ މިންވަރު ރައްޔިތުްނަށް އަންގާދިނުން އެ މަޤާމު ދިނުުގެ ބޭނުމަކީ. ވަގުތު ޖެހުމުން ބޭރުވާތަން ފެންނާނެ!

    27
    3
  4. ސައިބޯނި

    އިމްރާނު އެމްޑީޕީއަށް ސޮއިކޮށްފާނެ. އޭނައަކީ ދުނިޔޭގެ އެދުމާއި ހެދި ހޭބަލިވެފަ ހުރިމީހެއް. އެމްޑީޕީން ދުނިޔަވީ ހުރިހާ އުފަލެއް (ޝަރާބް، ނާސިކުދިން، ފައިސާ) ލިބޭނެ. ނަމުން ޝައިޚެއް ކަމުން ލާދީނީ މީހެއް. ހުސައިންރަޝީދުކަހަލަ.

    43
    2
  5. Anonymous

    ސިއްރުތައް ގޮވާލާނީ އޭރުން ވިއްޔަ.
    އެއްބައިގައި ހުންނަ އިރު އެޅިހާ ބަތަކަށް ރިހަ

    33
    1
  6. ސިކުރާއީ

    ކަލޯ މަގާމެއްލިބުނަސް ތީބޮޑުވަރު. ނަޝީދުކާރީގަ ޑިގުއަރުވަން ކަލޯ ކޮންމެކަމެއްވެސް ކޮށްފާނަންދޯ؟ ބާގީރާއީ! ބާގީރާއީ! ބާގީރާއީ! ބޯ

    24
    1
  7. ކައުންސެލަރު

    ކަލޯ ބުނަން،. ތިޔަބުނާ ސޮރަކީވެސް ސަރުބަތު ހިއްޕަވައިން އަބަދު ތަރިފައިބާ ސޮރެއް. އެހެންވީމާ ކިޔޭ ނުކިޔޭ ނޭނގެނީ......

    21
    1
  8. ދީނާ

    ހޯމް މިނިސްޓަރުގެ ސަމާލުކަމަށް! އީސީ ގެ ސާވާއަށް އެންޓަރވެވޭ އޮފީހެއް އީވާގެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގައި އެބަ ޤާއިމުކުރެޔޯ!!!!!

    17
  9. އަޙްމަދް

    މިއޮތީ ތިކަމުގެ ހައްލު!
    އިޔާޒަށް ސީޔާސީމަގާމެއް ދީނީމަ އޭނާގެ އަނގަބަންދު ވެދާނެތެވެ.

    20
    5
  10. އަބްދޫ

    ނަސިދު މީގެކުރިން އިސްލާމްދިނުގެ އަސްލުތަކާ ދެކޮލަށް ކުރައްވަފަ ހުރި ކަންކަމާ މިހާރު ބާތިލް ކަމެއްކަމުގައިވާ ކްރިސްމަސް ތަހުނީޔާ ނުވަތަ ބާތިލަށް ހިތްވަރުދިންދިނުން ނުފެންނަނީތަ؟ މަޖިލީހުގެ މެމްބަރުންނަކީ މުސްލިމުންކަމުގައިވާނަމަ މަޖިލީހުގެ ރައިސް ކަމުން ނަސިދު ވަކިކުރުމަކީ މަޖިލީހުގެ މެމްބަރުންނަށް ވަޖިބުކަމެއް. މިއަދު ނަސިދުމަޖިލީހުގެ ރައީސް ކަމުގަ ބެހެއްޓުމަކީ މަޖިލީހުގެ މެމްބަރުން ފާފަ ވެރިވާނޭ ކަމެއް. ވިއިރު އަދިވެސް ވަކިކުރަންޖެހެނީ އިމްރަނުތަ ؟ ނުވަތަ ނަސިދުތަ؟ މުސްލިމެއްގެގޮތުގާހުރެ ބާތިލް މީހާއަށް ހިތްވަރު ނުދީ އަވަސް. ނަރަކައިން ސަލާމްތްވޭ.

    11
    2
    • މޯދީ

      ތިމާ މީހާއަށް ދުވާލެއްގެ މައްޗަށް ކުރެވެނީ ކިތައް ފާފަތޯ ބަލާލުން ރަގަޅު.. ކިޔަވާންދޭ ގެންނަ ކުއްޖާ އާއި ބެހިގެންވެސް ސެއިޙަކު ޖަލުގައި އިން.. އިޔާޒްމެން އޭނަ ޖަލުންނެރުނީ.. މިހާރު އޭނަ ލަންކާއަށް ފޮނުވާލާގެން އުޅެނީ.. އެވާހަކަވެސް ދައްކަބަލަ..

  11. ބާއީީ

    ރާއީމެންގެ ހާދަ ބޯދާ ވިސްނުމެކޭ ތިހިރީ. އިހުގައި ރަސްރަސްކަލުންނަށް މީހަކު ބަދުބަހެއް ބުނީމަ އެމީހަކަށް ގޮތެއް ހަދާލަން އެއިރު ގެންގުޅޭނެ ކަހަލަ ވިސްނުމެއް ތިގެންގުޅެނީ. ނަންވާނީ މައުމޫން. މައުމޫނާ ދިމާލަށް އެވަރަށް އެއްޗެހި ކިއީ މައުމޫނަށް މީހަކު ފާޑުކިޔައިފިނަމަ އެމީހަކަށް ކަންކަން ކުރާތީ. މިހާރު އެމްޑީޕީގެ ވިސްނުން ތިޔަ ހުންނަނީ ވަކި ކޮން ގޮތަކަށް؟ އެމްޑީޕީ ހަޖަމުކުރަން ދަސްކޮށްބަލަ. އިޔާޒު އަންނިއަށް ފާޑުކިއީމަ ކަމާނުބެހި މާ ދުރުގަ ހުރި އިމްރާން ނަގާ އެއްލާލަން ބުނީމަ އެ ގެނެވެނީ ކޮން ގައުމެއްގަ ގާއިމުކުރާ ކަހަލަ އިންސާފެއްކަމެއް އެކަކަށްވެސް ނޭނގޭ.