އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިއަދު އާއްމުކޮށް އިއުލާންކޮށްފިއެވެ.

މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ތެރެއިން އެމައްސަލައިގައި ހިމެނޭ ތަކެއްޗަކީ އެންޒީ ބްރޭންޑް 36 މަސްދަޅު، 21 ރެޑްބުލް ދަޅު އަދި ކުކިންގ ޗޮކްލެޓެކެވެ. މިތަކެތީ އިންސިޑެންޓް ނަންބަރު އަކީ 474297 އެވެ. މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 2020 ޑިސެންބަރު 29 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުގައި ވައިލެޓް މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުންނެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

2021 ޖެނުއަރީ 1 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ރަތްވިލާ ހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ތިން ޑަބަލް ސޮކެޓް، ސިންގަލް ސޮކެޓް، ހަތަރު ހުޅުފަތް އަދި ފާރުގަ ހަރުކުރާ ލައިޓެއް. އިންސިޑެންޓް ނަންބަރު 474647

2020 ޑިސެންބަރު 31 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އިސްކަންދަރު މަގުން ހުއްޓުވި ބިދޭސީއެއްގެ އަތުން ފެނިފައިވާ ދެ ޕްރޮޕް ދަނގަނޑު. އިންސިޑެންޓް ނަންބަރު 474548

2020 ޑިސެންބަރު 31 ވަނަ ދުވަހު މޫކައި ސުއިިޓްކައިރިން ހޮަވައިގެން ގެނެސްފައިވާ 200 ރުފިޔާ. އިންސިޑެންޓް ނަންބަރު 474498

2020 ޑިސެންބަރު 31 ވަނަ ދުވަހު އަލިމަސް ކާނިބަލް ސްޓޭޖް ފިލާގަނޑު ދަށުގައި ފޮރުވާފައިވަނިކޮށް ފެނިފައިވާ ކާރު މަލްޓިމީޑިއާ ސެޓް، ދާކޮޅެއް އަދި ދެ ސައިކަލް ޝޮކް. އިންސިޑެންޓް ނަންބަރު 474494

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އަބަދަށް ފެހިމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވަނީ ޑަރެޖް ބްރޭންޑްގެ ދެ ސެންޓްފުޅި. އިންސިޑެންޓް ނަންބަރު 474409

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ކާމިނީމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ނައިކް ބްރޭންޑްގެ ދަބަހެއް. އަދި ދަބަސް ތެރޭގައި ހުރި އިންޑަސްޓްރިއަލް ސޭފްޓީ ބެލްޓް، އޭސީ ގޭސް ގޭޖް، ފިންގަރ ޓެކް ޑޯ ލޮކް ސިސްޓަމް، އިސްކުރު އަނބުރާ ކަށިގަނޑަކާއި ޕީސީ އިންއައުޓް ކޭބަލެއް އަދި މަކީޓާ ބްރޭންޑްގެ ބުރުމާއަކާއި އެންޓި ސްލިޕް ކޯޓިންގ ސްޕްރޭ ފުޅިއެއް. އިންސިޑެންޓް ނަންބަރު 474413

2020 ޑިސެންބަރު 30 ވަނަ ދުވަހު މ.ރަބީއުވިލާގެ ދެވަނަ ފަންގިފިލާއަށް ހުއްދަނެތި ވަތް ދެމީހަކު އެތަނުގައި ބަހައްޓާފައިވަނިކޮށް ފެނިފައިވާ ޑެލް ބްރޭންޑްގެ ސީޕީއޫއަކާއި އޭސަރ ބްރޭންޑްގެ ސީޕީޔޫއަކީ އޭސަރ ބްރޭންޑް މޮނީޓަރަކާއި ޑީވީޑީ ޕްލެޔަރެއް. އިންސިޑެންޓް ނަންބަރު 474490

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ޝަހީދު އަލީ މިސްކިތް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ ޝޫރެކަކާއި ކްލޯތު ރެކެއް. އިންސިޑެންޓް ނަންބަރު 474456

2020 ޑިސެންބަރު 26 ވަނަ ދުވަހު އިއްޒުދީން މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ ކަރަންޓް ކޭބަލް ހުރި ގޯންޏެއް. އިންސިޑެންޓް ނަންބަރު 474074

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢަލީބެ

  ރެޑްބުލް ދަޅުގެ ވެރިފަރާތަކީ ޔޫރޯ ސްޓޯރ.

  3
  1
 2. ޅަބޭ

  ބަލަ ތި ރެޑުބުލެއް ބޮއެގެނެއްނު ކަލޭމެން ކެރީގޭ ފުރޭތަގެ ވެރިކަންވެސް ވައްޓާލީ. އަދިވެސް އެފުރޭތަ މައިތި ރިކުރަންޖެހޭއެބަ.

  2
  1
 3. ހުސޭނުބޭ

  ރަސްލީ ސްޕާރީ ޕެކެޓެއްގެ ވެރިފަރާތް ހޯދާ ވާހަކަ ލިޔެބަލަ! އޭރުްނދޯ އަހަރެމެންނަށްވެސް އެ ލިބޭތޯ އުޅެވޭނީ!

  1
  1