ފެއިލްވެގެން އިސްތިޢުފާދިން މީހުންގެ ސޮފްހާ މާޒީވެފައިވާ ކަމަށް ޝޭހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިސް މެންބަރެއް ކަމަށްވާ އިލްޔާސަކީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަގާމެއްގައި މިހާރު ހުންނަވާ ބޭފުޅެވެ.

ފެއިލްވެގެން އިސްތިޢުފާދިން މީހުންގެ ސޮފްހާ މާޒީވެފައިވާ ކަމަށް އިލްޔާސް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީއަށް ނިސަތްވާ ޑރ.މުހައްމަދު އިޔާޒާއި ރައީސް ނަޝީދާއި ދެމެދު ޓްވިޓާގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން ދަނިކޮށެވެ. ނަމަވެސް އިލްޔާސްގެ ޓްވީޓްގައި އިޝާރާތް ކުރެއްވީ ފުލުހުންގެ މުއައްސަސާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާކުރެއްވުމުން އެމްޑީޕީއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދާތީ އެކަމަށެވެ.

އިލްޔާސް ވިދާޅުވީ ޝަރަފުވެރިކޮށް ރިޓަޔަރ ކުރުމުން ތަހުނިޔާ ކިޔުން ގޯސްވެފައި ﷲ އަށް ޝިރުކު ކުރާ މީހުންގެ އަޅުކަމުގެ ތަހުނިޔާކިޔާ ބަަޔަކީ ދީނަށް ވެސް ޤައުމަށް ވެސް ހެވެއް އެދޭ ބައެއް ނޫން ކަން ރައްޔިތުން ދަންނަ ކަމަށެވެ.

އަދި ފެއިލްވެ އިސްތިޢުފާ ދިން މީހުންގެ ސޮފުހާ މާޒީވެފައިވާ ކަމަށާ، އެކަން ދެން ތަކުރާރު ނުވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސްގެ ޓްވީޓުގައި ވަކި މީހަކު ޓެގްނުކުރި ނަމަވެސް އޭނާގެ ވާހަކަތައް އިޝާރާތްކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާދެއްވި ދެއްވުމަށެވެ. އިލްޔާސްގެ އެ ޕޯސްޓަށް ކޮމެންޓު ކުރައްވާ ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިިޔާޒް ވެސް ވަނީ އެފަދަ މީހަކަށް ދެވަނަ ފުރުސަތެއް ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޖެނުއަރީގައި ރިޓަޔަރ ކުރެއްވި ފައިރޫޝަކީ އަބަދުވެސް އެމްޑީޕީ ސަޕޯޓަރުންގެ "ހަމަލާތައް" އަމާޒުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު ފުލުހުންނަށް ކޮމާންޑް ކުރެއްވުމާއި ވަކިހިސާބަކުން ފުލުހުންގެ އިސްމީހެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް އެމްޑީޕީ މީހުން ޤަބޫލުކުރާތީއވެެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހު އިހުތިޖާޖުކުރަން ޖުމްހޫރީ މައިދާނުގައި ފުލުހުން އިށީންނިއިރު ފައިރޫޝް ފުލުހުންނަށް ކޮމާންޑް ނުކުރެއްވި ނަމަވެސް ފެބްރުއަރީ 07 ވަނަ ދުވަހު އޭރުގެ ޕޮލިސް ކޮމިޝަނަރ އަހްމަދު ފަސީހް ފުލުހުންނަށް ކޮމާންޑް ކުރަން ދެކޮޅު ހެއްދެވުމުން ފައިރޫޝް އަމިއްލައަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވިކަމަށް ވެއެވެ.

އެހެންކަމުން ފައިރޫޝް ފުލުހުންގެ މުއައްސަސާގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން ރަސްމިއްޔާތެއް ބާއްވައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭނާ އަށް ޝުކުރު އަދާކުރެއްވުމުން އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ފައްލަންބޭ

    ތިކަމަށް ތާޢީދު! އަދި ތިޔަ އިލްޔާސްއާއި، ބުރުމާގެ ސަފްޙާވެސް ވަރަށް އަވަހަށް ނިމޭނެ.

    85
    7
  2. Happy

    ސަފްހާ ކިހިނެއްނިމޭނީ މިހާރުވެސް ގަައްމުގައި ހުރިއެންމެ ނުފޫޒު ގަދަ ސިޔާސީ މީޙާ.. ރައްޔިތުންގެ މަޖްލިސްގެ ރައީސް... އމޑޕ ގެ ރިއީސް.. ޖުޑިސަލް ކޮމި.. ގެ މުމްބަރެއް...ދުންބުނެބަލަ ރައީސް ނަޝީދުގެ ސޮފްހާ ނިމޭނެ ގޮތެއް!!

    32
    77
    • ގ

      Dictator Anni

      16
      1
    • އިބިލީސް

      ކޮން ނުފޫޒެއް. ވޯޓު ލާ ދުވަހު އިނގޭނެ ނުފޫޒު ގަދަ މީހާ މިފަހަރު

  3. ޝީޒާ

    ކަލެއާއި ޒައިދުއާ އިޔާޒް އާ ޔާމީން ކާފަރުކޮށްފައި އަހަރެމެންލައްވާ ވޯޓްލެއްވީ.. މިއަދު 2 ގުނަ އަޒާބު ކަލޭމެންނަށް ދެއްވުމަށްއެދި ދުޢާކުރާނަން..

    82
    10
  4. ގުއިދައިތަ

    އިލިޔާސޫ ބުނަން ވާހަކައެއް. ފެއިލްވެގެން ގޮސް ކިރިޔާ ދިރި ދިރި އޮތް މީހަކު ދިރުވީ ވެސް ކަލޭމެން. ދެން ބޭކާރު ވާހަކަ ދައްކާނެކަމެއް ނެތް. ތިޔަ ޑިޕްލޮމެޓިކް ޕާސްޕޯރޓް ހިފައިގެން ދިވެހި ރައްޔިތުންގެ ޚަރަދުގަ މެލޭޝިޔާގަ އަރާމުގ ހުރެވޭތޯ ބަލާ.

    114
    4
  5. ާައަހުމަދު

    މީ ކޮންކަހަލަ ޝޭހުންނެއްތޯ؟ ދުނިޔެ އުމުރު އަތުންފައިން ކަމެއް ނުކޮއް މީހުންގެ ބޯކައިގެން ދުނިޔޭގަ އުޅެނީ، އަދި މިމީހުންގެ ކަމަކީ ގައުމުގަ ފިތުނަ އުފެއްދުން.

    82
    11
    • މޯދީ

      ޖިހާދަށް މީހުންގެ ދަރިން ފޮނުވާގެން ފައިސާ ހޯދާ ގުރޫޕެއްތީ...

      16
      11
  6. ތިއްތި

    މިސަރުކާރުން ބަދަލު ހިފުމަށް ހާދަވރެކޭ ހުންނަނީ ބަލަގަ މިބުއްލަބެ ދިވެހިންގެ އިސްލާމީ މުޖުތަމަޢުގައި ކުރަން ހުއްދަދެނީ އަކީ ހުއްދަކަންކަމަށްނުވާއިރު، ދައްކާވާހަކަޔާ ޢަމަލާސީދާނުވާއިރު

    46
    5
  7. އަމީރު

    ކޮންމެ ޕާޓީއަކުންވެސް ވެރިކަމަށް ކުފޫ ހަމަނުވާ މީހުން ވެރިކަމަށް އެރީމައި ބަޣާވާތްވެސް އެހެން އެއްޗެހިވެސް ކުރާނެ. އިބޫގެ ވެރިކަމުގައި ބަޣާވާތެއް ނުކުރާނެ. އެއީ ވެރިކަން ކުރަން އެނގޭތީ.

    14
    73
    • ނޫނޭ

      އިބޫގެ ވެރިކަމުގައި ބަޣާވާތް ނުކުރެވޭނީ އިބޫ އެއްވެސް ވަރަކަށް ވެރިކަން ނުކުރާތީ. ވެރިކަން ކުރާ މީހާ ރަސްމީކޮށް ނާންގާނަމަ ބަޣާވާތާ ހަމައަށް ނުދާނެ. އިބޫ ބަހައްޓާފަ އެހުރީ އެހެންވެގެން. އަންނި ވެރިކަން ކުރާކަން ފާޅުގަ އެނގުނީމަ މީހުން ބަޣާވާތްކުރާނެ. ރަގަޅު ހިންތާއެއް އެތިބީ ހަދައިގެން.

      16
  8. ހުސޭނުބޭ

    ނަޝީދުގެ ކޮން ޞަފްހާއެއް ނިމިގެން ތި އުޅެނީ! އެއް ޞަފްހާ ނިމުނުއިރު އަނެއް ޞަފްހާ އޮތީ ފެށިފައި! މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިނދެގެން އިސްލާމްދީނަށް ކުރަނީ ފުރައްސާރަ! މިއީ މުޅިންވެސް ކަލޭގެ ކަންތައްތައް

    27
    1
  9. ކާފަބޭ2020

    1 ރުފިޔާގެ ދެފަރާތް ދެ ރުފިޔާއަކަށްނުވާނެ! ސަންޕާއޮނަކަށްލާފަ ކިތަންމެދުވަހަކުބޭއްވިއަސް އޭގެއަސްލަށްގުދުވާނެ! ދީނާދެކޮޅު ވާހަކަދައްކާ ކީ ރިތިމާތްނަބިއްޔާއަށް ފު ރައްސާ ރަކު ރުމުން މިއަދު ޝޭޚުގެލަގޮނޑިއަށް ތަދުނުވަނީކީއްވެތޯ؟ ޅަގޮނޑިއިންތާވަޅުގަނޑުވެސްނެތީތޯ؟ ޙަ ރާންގޮތުގައިހޯދާ ރުފިޔާ ފައިސާއިންހޯދާތަކެތިކައިގެންޖަހާމަހުގެޒައް ރެއްގެމިންވަރުގައިގަ ހުއްޓާއެމީހަކު ސުވަ ރުގެއަށްނުވައްދަވާނެކަމަށް މައްކާގަހުންނަވާވިދާޅުވީ ތިޔަޝޭޚްނޫންތޯ؟ ދެންމިއަދު؟؟؟؟؟؟؟؟؟

    14
    2
  10. ނޭންގޭމީހާ

    ވެރިކަންކުރެވޭނީ ވެރިކަމަށް ޝަރުތުފުރިހަމަވާމީހުނަށް ކަމެއްދިމާވާއިރަށް ބިރުންފިލަންދުވުމަކީ އެމީހާ އެކަމަށްއެކަށީގެންނުވާކަން ' ވެރިކަންކުރަންދިނީމަ ވެރިކަންކުރަންނޭންގުމަކީ ދެންތިބިމީހުންނަކީ ކުށްވެރިންކަމުގައިވުމެއްނޫން' އެއްވެސްމީހަކަށް އެމީހަކަށްކުރަންނޭންގިގެން ތިމަންނައަކަށް މިކަމެއްނުކުރެވޭނެއޭބުނެ ދިއުމުން ގަނދަކަމުން އެމީހާލައްވާ އެކަމެއްނުކުރެވޭނެ

    13
  11. ބޯގޯސް

    އަމީ ރުއަށް. އިބޫގެ ވެ ރިކަމުގެ ބަަަގާވާތް ނުކު ރާނީއެއް ނޫން. ނުކު ރެވޭނީ.

    3
    6
  12. ސަލަފް

    އިދިކޮޅޭމެން އަބަދުވެސް ބަގާވާތުގެ ވާހަކަ ދައްކާނެ. އެއީ ރައްޔިތުންގެ ތާއީދު ނޯންނާތީ. އެމްޑީޕީއަށް ގޮންޖަހާ ނުލެވޭނެކަން ޔަގީންވާތީ ތި ބަނދި އަބަދުވެސް ކިޔާނެ.

    3
    19
  13. ކައުންސެލަރު

    ......... ކިޔާބަލަ!
    ތިޔަހުރިހާ ކަމެއް ތިޔަހެން ހުޓާއެއްނޫންތަ ޔާމީނު ގޯސްވެގެން ޔާމީނާ ދެކޮޅަށް އުޅުނީ. އޭރުވެސް ކިޔަމުން މިއަންނަނީ ލާދީނީއޭ ލާދީނީއޭ. ނިކަމެތި ރައްޔިތުމީހާއަށް ވިސްނޭވަރުވެސް މާގާމުގެ ދަހިވެތިކަމުގައި ހުރީމާ ތިމާޔަށް ވިސްނޭކަމަކަށް ނުވި. ދެނެއް މާމޮޅުކަމަކަށްވެގެން ވާހަކައެއް ދައްކާނެކަމެއްނެތް. ދިވެހިރާއްޖެ މިހާލަތަށް ވައްޓާލުމުގައި އިލްޔާސާއި އިޔާޒު އިސްދައުރެއް އަދާކުރޭ. ދޫފަރިތަވެފަ މޮޅަށް ވާހަކަދައްކަންއެނގޭތީ ކޮންމެ އެއްޗެއްވެސް ކިއިދާނެ. ހަމަ ހުވާކޮށްފަބުނަން އެންމެ ދަށްކަމަށް ހީވެފައޮންނަ ލޭބަރުންނަށްވުރެ ތިޔަދެމީހުން އަހަރެންގެ ކުރިމަތީގައި ގަދަރުކުޑަ. ސޮރީ!

    16
  14. ވަތަނީ

    ފައިރޫޒް އެދުވަހ ހުވެސް މިއަދުވެސް އެކުރައްވަނީ ގައުމު
    ނެގެ ހެއްޓެވުމުގެ މަސައްކަތެވެ ފެބްރުއަރީ 7 ގައި އެބޭފުޅާ
    ކުރެއްވި މަސައްކަތަކީ ވަކިން ޚާސަގޮތެއްގައި ޑިކްޓޭޓަރެއްގެ
    ކިބައިން ގައުމު ސަލާމަތް ކުރުމުގެ މަސައްކަތެވެ މިއީ
    ރައްޔިތުންނަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބިގެންދިއަ
    ކަމެކެވެ.

    20
  15. އަޙްމަދު

    އިންޝާﷲ އެފަދަ މީހުން އަހަރުމެންގެ ވޯޓަކުން ނުހޮވޭނެ! ދެރައީ އެފަދަ މީހުން އިސްވެތިބޭ ޕާޓީގެ މީހުން ހޮވަސް އިލްޔާސުމެން ނުކުތީވެ!!

    16
  16. Anonymous

    ދިވެހި ރައްޔިތުން ނަށް އެނގިފައި އޮތީ އެމްޑީޕީ އަކީ އަންނިކަން، އަންނިއަކީ އެމްޑީޕީކަން.
    ﷲ މޮޅަށް ދެނެވޮޑިގެންވަނީ މިތާ ޕާޓީ ނިޒާމް އުފެއްދީ ކީއްކުރަން ކޮންނިޔަތެއްގައިކަން.
    ޕާޓީ ނިޒާމުން ދިވެހިންނަށް ވީއެއްވެސް މަންފާއެއް ނެތި އާއިލާތަކާއި އެކުވެރިންގެ ގުޅުން ކެޑި ބައިބައިވުންތައް އިތުރުވުން ނޫންކަމެއްނުވި.
    ދެން ޝެއިޚް މެން ކީއްވެ ގެންނޯ މިވަރުބަޔަކަށް ވާގިވެރިވާން އެއްބައިވެގެން ތިބޭނީ.
    އެއްގަލުން ފެހިކާ ދެރޮނޑޯ ކޮމެންޓެއްގައި އޮތް

    16
  17. ބޮލެއްނުކެވޭނެ

    ކަލޭމެން ރައްޔިތުން ބޯކާގެން ފައިސާއަށް ދީން ވިއްކާލި ދުވަސްތައްވެސް މާޒީވެއްޖެ.. އިއްޔެ ކާފަރަށް ގޮވާނެ އަނެއް ދުވަހު އެއަށްވުރެ ތަޤުވާވެރިއަކު ނުހުންނާނެ ކަމަށްވެސް ކަލޭމެން ގޮވަނީ.. ޙާއްސަކޮށް ކަލެއާއި އިޔާޒް އާއި ޒައިދު ތީ މިކަމުގެ ބޮޑުން...

    11
  18. އަލިބެއްޔާ

    ކަންނެލި އޮޑި އެކޭ އެބަ ކިޔާތަ؟؟؟ ވަގެއް.. ވަގެއް.. ވަގެއް.. ބޭބޭ ވަގެކޭ..

    10
    2
  19. ގެރިގުއި

    އެމްޑީޕީ އަށް ވެ ރިކަން ލިބޭ ކޮންމެ ފަހަހަރަކު ގައުމު ސުންނާފަތި ކޮއްލަނީ

    18
    1
  20. ޢަދުރޭ

    ކަނޑުކޮހުންގެ ރައީސް ކަމުގެ ސާފު ހެކި މީގެން އެބަ ލިބޭ ނޫންތޯ .. ތީ ތެޔޮ ބިޑި ބޯ މީހެކޭ މީހަކު ބުނީމަ އެ ބުނީ ކީކޭކަންވެސް އެނގޭނީ ހަމަ މީހެއް ނަމަތާ؟ މަރުމޯލު ހީކުރީ އެ ބުނި މީހަކު އެބުނީ " އައި ލަވް ޔޫ ޓޫދަ މޫން އެން ބެކް ކަމަށް.. އެހެންވެ ޖަވާބުގައި ފިސާރި ހެވިލާފައި ބުނެލީ... ޔާރު ޔޫ އާ އިން ލަވް.. ގެރިބަކަރި އަށް އަޅުކަން ކުރާ މީހުންވެސް އެބައުޅޭ. އެހެންވީމަ މީނަޔަށް އަޅުކަންކުރާ މީހުން އުޅުން އެއީ މައްސަލައެއް ނޫން.

  21. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ކުޑަކުދިން ގެ ދަރަޖަ އަށް ދީނީ މީހުން ދިޔައިމާ ޢާއްމު ރައްޔިތުންނަށް ނޮހޮރުއްޕާން-ވާނެ ކަން ދީން ކިޔަވައިގެން ތިބޭ މީހުން ހަނދާންކުރަންޖެއެވެ. "ކަލޭ ބައްޕަ އަށް ވުރެ މަގޭ ބައްޕަ މޮޅުވާނެ"، މިމޭރުމުން ޒުވާބު ކުރުމަކީ ކުޑަކުދިންގެ ބަގީޗާ އެވެ. ދީންވެރި މީހުން ތިބެންވާނީ ނުގުޑާފަދަ ޢަޒުމެއްގައި، ޢިއްޒަތާއި ޝަރަފު ގައެވެ. ދޭންވާނީ ހެޔޮ ނަސޭޙަތެވެ. ބުނަންވާނީ ހެޔޮ ބަހެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި ދީނާއި ސްޓޭޓް (ސަރުކާރު) އޮންނަނީ ޤާނޫނީ ގޮތުން މުޅިން ވަކިކުރެވިފައެވެ. ރާއްޖޭގެ ދީން ކިޔަވައިގެން ތިބި މީހުންގެ ކަންތައް މި ފެންވަރުގެ ދަށު ދަރަޖަ އަށް ދާނަމަ ރާއްޖޭގައި ވެސް މިފަދަ ޤާނޫނެއް ހަދަން އެބަޖެހެއެވެ. އެއީ ދީންވެރި މީހުން ޒާތީ ގޮތުން މީހުންނާއި ފޮށި، ލައިގެންހުރި "މުންޑުން ބޮލާފޮށާ އެޅުމުން" އަޅުގަނޑުމެންގެ އަންނަންއޮތް ޖީލު ތަކުގެ ކުދިން، ދީނަށް ޙުރުމަތް ކަނޑާނެތީ އެވެ. ޤާނޫނީ ވަކީލުންގެ ހުއްދަ އަތުލެވޭ ފަދައިން މިފަދަ މީހުންގެ ހުއްދަވެސް އަތުލެވެން ޖެހޭނެއެވެ. ޑޮކްޓަރަކު ވެސް ނުބައިކޮށް ބަލި ބުނެފިނަމަ ކުއްވެރިވެއެވެ. ޖޫރިމަނާ ކުރެވެއެވެ. ދީނީ މީހުންވެސް މީހުންނަށް މަލާމާތްކޮށް، ފޮށި، ބޮލާފޮށާއަޅާ، ޢީބަ ބުނެފި ނަމަ ކުށްވެރި ވާންވާނެއެވެ ! ޑޮކްޓަރުންނަށް ވެސް އޮންނަނީ ޤާނޫނީ ގޮތުން އެމީހުންގެ ދާޢިރާގައި އޮންނަ މިނިވަން ކަމެކެވެ. އެއަށްވުރެ އިތުރަކަށް ނޯވެއެވެ. އަޅުގަނޑަކީ ނަޝީދު އަށް ތާޢީދު ކުރާ މީހެކެވެ. އެންމެފަހު ނޭވާ އަށްދާންދެން ތާޢީދު ކުރާނީ ނަޝީދު އަށެވެ. ނަޝީދު އަށް ތާޢީދު ކުރާ މީހެއްގެ ޙައިސިއްޔަތުން އިލްޔާސް ޙުސައިން އަށް ބުނާނީ ދީނީ މީހުން ތިބެންވާނީ ވުލޫ މަތީގައި ހެޔޮބަސް ބުނުމުގައި ކަމެވެ. މީހުންނަށް މަލާމާތްކޮށް ފޮށުމުގައި އެއްނޫން ކަމެވެ. "ފަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޚައިރަން ޔަރާ ވަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޝައްރަން ޔަރާ".

    4
    10
  22. އަލީރާޖާ

    ސަފްހާ ނިމޭމީހުން ތިބެނީ ރައްޔިތުން ހޮވައިގެން މަޖިލީހަށް ވަދެ ގައުމުގެ އެއްބާރުގެ އިސްވެރިޔާގެ މަގާމުގައި ދެއްތޯ؟

    11
    3
  23. ޙ

    ކޮނމެމީހަކަށްވެސް ތިޔޮތީ ފައިސާ ހޯދާނެ މަގެއް ސަރުކާރުން ތަނަވަސް ކޮށްދީފައެވެ. ދީނަށް ރަސޫލާއަށް ހަޖޫޖެހިޔަސް ތިބައިމީހުންބުނާނެ މިސަރުކާރުވަރެއް ނެތޭ. ހެހެހެ ރަނގަޅު މަގާމެއްގަ ދޯ ތިހުރީ. ތީކީ ދީން ހިމާޔަތް ކުރަންކެރިގެން އުޅޭ ބައެއްނޫން. ތަނދޮރު ނުދަންނަމީހުން އުޅޭގޮތަށް އަމިއްލަބޮނޑި ބަންނަން އުޅޭބަޔެއް. އަންނިއަށްވާވަރުވެސް ތިބައިމީހުނަކަށްނުވެ. ޢަންނި ދިދަޔަކަށް ނަގައިގެން އުޅުނުބަޔަކީ ތިއީ

    15
    1
  24. ސަންފައްތަ

    އެއީ އަހަރުމެން ހުޅުވި ޞަފްހާއެއްވެސް ނޫން. އެޞަފްޙާ އަހަރުމެން ނުވެސް ހުޅުވާނަން.

    15
  25. ގާދިތު

    ޝެއިހު ތާކިހާ ލިބެން ހުރީ ކޮން ފިހާރަޔަކުންބާ؟

    18
    2
  26. ތަނބު

    އިލްޔާސް ހުސެއިން އަށް އަޅުގަނޑު ވަރަށް އިޚްތިރާމްކުރަން: ފައިރޫސް ޒިއްމާދާރު މަޤާމެއްގައި ހުރެ ކޮށްފައިވާ ކަންތައް ކޯނީ ތަޙްޤީގު ރިޕޯރޓުން ވަރަށް ރަނގަޅަށް ފާޅުވާނެ. ފެބްރުއަރީ 7 ގައި ހިގައި ދިޔަކަންތައް ތަޙްޤީގު ކުރަން އިސްވެހުރި ފަނޑިޔާރަކީ މުސްލިމެއްތޯ؟ އެތަޙްޤީޤު ރިޕޯރޓް ނެރުނު ދުވަހު ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ އިލްމުވެރިން އުފަޅުން ތަޙްނިޔާކިޔައި އަތްޖަހާ ހެދިތަން އަޅުގަނޑުދުށިން ، އެކަން އެގޮތައް އެކުރެއްވީ ފަނޑިޔާރު މަނިކުފާނަކީ ދީނީ އިލްމުވެރިޔަކަށް ވެގެންތޯ ، މިއަދު އަޅުގަނޑުމެން ސުވާލްކުރަންޖެހޭ؟

  27. ސަނާ

    8000 ރުފިޔާ އަށް ސެޓިފިކެޓް 3 (ލެވެލް) ގަންނަން ބޭނުން

  28. އަޙްމަދު

    އިލްޔާސްހުރީކޮންމަގާމެއްގަކަންއެގޭމީހަކުއެބަހުރިބާ

  29. ޢިޒުރޭލް

    ނިމެންމާލަސްވެއްޖެ އެޢދިވެހިގައުމަށާ ރައްޔިތުންނަށް ޖެހިފަވާ ވަބާއެއް

  30. ޒައީދު

    ފައިސާއަށް ހެއްލޭ ޝޭހުންނަށް ތަބާނުވުމަށް އާންމުންނަށް ގޮވާލަން. ސިޔާސީވެގެން ގޮސް ހައްދުފަހަނަ އަޅާފަ. ދީން ހަތިޔާރަކަށް ހަދައިގެން އަމިއްލަ މަންފާ ހޯދުމުގަ . ވަރަށް ވެސް ހިޕޮކްރިޓް