ކަހަނބުފަތާއި މިޔަރު އުރަހަ ވެސް ބޭރުކުރެވެން ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އިއްޔެ އެއާޕޯޓުން އަތުލައިގަތުމުން ކުރެއްވި ޓްވީޓެއްގައެވެ.
މިޔަރު އުރަހަތައް އަތުލައި ގަތުމުން މުސްތަފާ ވިދާޅުވީ ހާޖަރާގޭ ލުތުފީ ގައުމުގައި ބޮޑު ބަޣާވާތެއް ހިންގީ ވެސް މިފަދަ ކަންކަމުގައި ކެތް ނުކުރެވިގެން ކަމަށެވެ. މުސްތަފާ އިޝާރާތް އެކުރެއްވީ 1988 ނޮވެމްބަރ 03 ގައި ރާއްޖެ އަށް ހަމަލާ ދިނުމުގައި އިސްކޮށް ހުރި ބާޣީ ލުތުފީއަށެވެ. އެހަމަލާ ދިނުމުގެ ދެއަހަރެއްވަރު ކުރިން މިޔަރު އުރަހަތަކެއް ޤަވައިދާއި ހިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު މައްސަލައެއްގައި ލުތުފީ ގޭބަންދުކުރިއެވެ.
މުސްތަފާ ވިދާޅުވީ ކަހަނބާއި މިޔަރަކީ ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތެއް ކަމަށެވެ. "ކަހަނބު ފަތް ވެސް ބޭރު ކުރެވެން ވާނެ. މިޔަރުގެ އުރަހަ ވެސް ބޭރުކުރެވެން ވާނެ. ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތްތައް އެއީ. އެމަނަލެއް ނުކުރެވޭނެ. ހާޖަރާ ލުތުފީ ގައުމުގައި ބޮޑު ބަޣާވާތެއް ހިންގީ ވެސް މިފަދަ ކަންކަމަށް ކެތްނުކުރެވިގެން." މުސްތަފާ ވިދާޅުވިއެވެ.
ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އިއްޔެ އަތުލައިގަތް ނަމަވެސް އެތަކެތި ބޭރުކުރަން އުޅުނީ ކޮންނަމެއް ކިޔާ ކުންފުންޏަކުން ކަމެއް ކަސްޓަމްސް އިން ވިދާޅެއް ނުވެއެވެ.
ކަސްޓަމްސް އިން ވިދާޅުވީ 21 ފޮށީގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ތަކެތި ހިފަހައްޓާ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ ކަސްޓަމްސާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
ކަސްޓަމް ބޭފުޅުން ނާއި އެވިއޭސަން އާއި ގުޅިގެން ނޭ ކަސްޓަމް ބުނީމަ ހައިރާްންވޭ ރާއްޖެ އެއިން ބޭރު ކުރެވޭ ކާރގޯ އިސްކުރީން ކުރާނީ ހަމައެކަނި އެވިއޭސަން ސެކިއުރިޓީ ކަސްޓަމް ބަޔަކު އެތާމަސެއްކަތެއް ނުކުރޭ،
ތިއީ ކީ މާކުރިން އެގިގެން ރޭވިގެން ހޯދުނުކަމެއް ނޫން ތިއީ ކާރގޯ ސްކުރީން ކުރަނިކޮއް އެވިއޭސަން ކޮމާންޑު އައް ފެނިގެން ރިޕޯޓު ކުރިމައްސަަލައެއް
ބަރާބަރު ވާހަކައެއް. އިންސާނުންނާއި މަސްވެރިކަން ހަލާކު އެބަ ވެ މިޔަރާ ހެދި. ވެލަަ އާ ކަހަނބަކީ ވެސް ިއިިިންސާނުންނައް ދެއްވި ރިޒުގެއް. އެކަމް އެވެސް މަނާކޮފަ.
ފުއާދު ބަލަ ކަސްޓަމުވެސް އެގި ގެން ފުރަތަމަވެސް ސްކްރީނުކުރެވޭނީވެސްކަސްޓަމާއެކު ދިވެހިރާއްޖެއައް އެތެރެކުރެވޭ ބޭރުކުރެވޭ ކޮންމެމުދަލެވެސް ބަލާ ފާސް ކުރާނީ މިކާމާ ގުޅުންހުރި ފަރާތާއެކު ؛
މިކަމުގަ ކަސްޓަމްސްއިން ކުރެޑިޓް ނެގިޔަސް ބޮޑުވަރު..މީ ކަސްޓަމްސްއަށް ފެނުނު އެއްޗިއްސެއްނޫން.. މިއެއްޗެހި ހޯދީ އޭވިއޭޝަން ކޮމާންޑުގެ އަހަރެމެންގެ ކުދިން...މީކީ ކުރިން ރޭވިގެން ހިންގި އޮޕަރޭޝަނެއްވެސް ނޫން.
ދުނިޔޭގައި ވިއްކުން މަނާ އެއްޗެތި ބޭރުރުކުރެވޭތަ
ކަޓު ނުލިބުނީމަ ބަސްޓް ކޮއްލީ ދޯ.
ރާ އްޖޭގެ ކަނޑުފަޅުގެ ނަފާ ބޭރުގެ ފަރާތްތަކަށް އެއްވެސް
ލިމިޓެ އްނެތި އޮންނަނީ ހުޅުވިފަ އެވެ. އެހެންނަމަވެސް ދިވެހިން
ނަށް މިކަމުގައ އި ތާށިކަމެ އް މިގެންގުޅެވެނީ ކީތްވެގެންހޭ
ދޯ ، ނިކަމެތިންގެ ވިޔަފާރިތައް ފުޑާލާފަ ބޮޑުން މުއް ސަދިވާން ދޮންމީހުންނަށް މިޔަރު ދެއްކިޔަ ސް އޯކޭ އެއްނޫން ، މިއަދު ފާނަ ވިޔަފާރިއާއި ލަނޑާވިޔަފާރިވެ ސް ސަރުކާރުން އަތްބާނާގެން އެއުޅެނީ ، ނިކަމެތިން ޖެހެނީ ފަރުތަޅާގެން ނަގަން ، ސަރުކާރުން ބޮޑެތިތަންތަން ހަދާ ގިނައިން ވިއްކާއިރު ރައްޔިތުމީހާއަށް ކިހިނެއް ފައިދާވާނީ