އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަގުތު" އަށް ވިދާޅުވީ ރައީސް ސޯލިހް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަނބުރާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ހޫދު ވިދާޅުވިއެވެ. އެ ދަތުރުފުޅަކީ ރައީސްގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަހުން ބޯޑަރު ހުޅުވާލި ފަހުން ރައީސް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ. މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީ ހިމެނެއެވެ. އެހެންވެ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އާންމު މަންޒިލަކަށް ވެސް ދުބާއީ މިހާރު ވެފައިވެއެވެ.
ސަރުކާރު ބަޖެޓުދަވާލީ އަދިވެސް ބުނޭ ރައީސް ޔާމިނު އޭސަރުކާރުދަވާލީ ތިޔޯފަޅާއަރަނީ
ޗައިނާ ކޮވިޑް ވެކްސިން ޖަހަން...!!
މިކޮޅުން ޑޮލަރުކޮޅު ތާށިކޮށްފައި އަހަރު ފެށުނީމާ އަންހެނުން ގޮވައިގެން ދުބާއީއަށް ވިޔާފާރިކޮށްލަން ސޯލިބެ އެ ދަނީ! ކިހާ ތާހިރު!
ހެޔެ ނުވާނެ ދެން އެނބުރި މި ޤައުމަށް ނާންނާތި ތިތާންގަ މަޖާކޮށްލަން ހުރޭ،ރައްޔިތުން މިހާރު ތިބޭފުޅާ ބޭނުމެއްނޫން،
އަޖައިބެއް🙄 އަހަރުމެން މިތިބެނީ ޑޮކްޓަރަށް ނުދެއްކޭތީ ރޯލަ ރޯލަ😭 އަހަރުމެން މާލެ ދިޔަސް ކަރަންޓީނު ވާންޖެހޭ🙄 މިމީހުން ހެޔޮ ކޮންމެ ގޮތަކަށް އުޅުނަސް😒
ރައީސްވެސް ބްރޭކެއް ބޭނުންވާނެ ނު!
ތީތި ހުންނަނީ އަބަދު ބްރޭކްޖެހި ބޮލަށް ތެޔޮއަރާފައި
އައިސީޔޫގައި އޮތް އެމް.ޕީ އަށް ކުރެއްވި ޒިޔާރަތެއް
އަޅުގަނޑުވެ ސް ތިދަތުރުފުޅުގައި އަޅުގަނޑުގެ ޢާއިލާއާއި އެކު ބައިވެރިވިން.
ދަތް ދޮޅިދަށުގައި އޮތް ރޫ ބޮނޑި ބާރުކޮށް ހަން ބާރުކުރަން. އަދި ބޮޓޮކްސް އިންޖެކްޝަން ޖަހަން. ކުރިންވެސް ސިންގަޕޫރުން އައިއިރު ހުރީ ދަތްދޮޅިދަށުގަ އޮތް ހަން ގަނޑު ދަމާ ފޭސާންކޮށްފަ. މިއީ ދޮގެއްތޯ ބަލަން ސިންގަޕޫރަށް ދިއުމުގެ ކުރިން ނަގާފައިހުރި ފޮޓޯތައް ބަލާބަލަ. މިއީ ދެވަނަ މައުމޫން. މައުމޫނަށް ވެސް 92. ކިޔައިގެން އުޅެނީ 25 ކަމަށް. ޅަގެރި ހެދިން އުޅެނީ. ސޯލިޙު އަށް ވެސް 62. ކިޔައިގެން އުޅެނީ 15 ނުފުރޭކަމަށް. ދެ މީހުން ވެސް ހަން ބާރު ކުރުމަށް މަރެއް.