ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތްކުރަމުން އައި ދިވެހި، އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ ޚަބަރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު ރޭޕް ކޮށްފައި ވަނީ ޑިސެމްބަރ 29 ވަނަ ދުވަހުގެ ރޭ ގައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ. ރޭޕްގެ މައްސަލަ ފެންމަތިވުމުން މައްސަލަ ނުބަލައި އިންޑިއާ މީހާ ރާއްޖެ އިން ބޭރަށް ފުރުވާލާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.
އެ މީހާ ރޭޮޕްކޮށްފައި ވަނީ 19 އަހަރުގެ ޒުވާން އަންހެނެއް ކަމަށާއި އެއީ ވަޒީފާގެ ތަމްރީނު ހޯދަން ރިސޯޓްގައި މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް އަޑުފެތުރިފައި ވެއެވެ.
އިންޑިއާ މީހަކު ދިވެހި ޒުވާނަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވޭތޯ ރޭ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.
އެހެން ނަމަވެސް މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަޑު ފެތުރިފައިވާ ވާހަތަކާ ގުޅޭ ގޮތުން "ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދާ" ކަމަށެވެ.
ރޭޕްގެ ތުހުމަތު ކުރެވޭ އިންޑިއާ މީހެއްގެ މައްސަލަ ނުބަލައި އޭނާ ފުރުވާލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކަލޯ ގަޔާ
ތި މައްސަލަ ތަޙްޤީޤެއް ނުކުރާނެއެވެ. ކުރިޔަސް ކުރާނީ ޕްރެޝަރުން ސަލާމަތްވުމަށް ހާކާލާ ގޮތަށެވެ. އަދި ސާބިތެއްވެސް ނުވާނެއެވެ. ކުއްޖާގެ ހެދުމާ ދަށުންލާއެއްޗެތި ވީދާފަ އެއޮތީ އެކުއްޖާ އަމިއްލައަށްކަމަށް ނިންމާ މައްސަލަ ނިންމާނެއެވެ.
ހައްހައްހައް.... އިންޑިޔާގެ ވައްޓަފާޅިގަނޑަކީ ކެނެރީގޭ ނަޝީދު ރާއްޖެއައް ތަހާރަފުކުރާހިތުން، އޭނަ މޮޔަވާކަމެއް.
އިންޑިއާ މީހަކު ހިޔެއް ނުވޭ އެކަހަލަ ކަމެއް ކޮށްފާނެހެނެއް.
މިއީ އިންޑިއާގެ އަވަށަކަށް ލާދީނީ ނަޝީދު އާއި އޭނަގެ އައުވާނުން (ހަލަނަލަތީފު، އިމްތިޔާޒުފަހުމީ، ލަބީބު، ރާއީ، މީކާއިލް) މެން ހަދައިފި. ރައްޔިތުން ގެ ވޯޓުން ހޮވީމަ އޭގެ ޖަޒާ އަންނާނީ ރައްޔިތުންނަށް، ދެން ތިބެންޖެހޭނީ މި ދައުރު ނިމެންދެން އިންޑިއާމީހުން ކައިރިން ދިވެހި އަންހެންކުދިން ރޭޕުގެ ޝިކާރަކަށް ވެފަ. ރޭޕުކުރުމަށްފަހު އަވަހަށް ސިއްރުން ލާދީނީ ކުދިންގެ އެހީޔާއެކު ރަށަށް ފުރުވާލާނެ. މިތަނަކީ މިހާރު އިންޑިއާ މީހުން ރޭޕް ޓްއަރިޒަމް އަށް އަންނަ ތަނެއް. ރޭޕުވާނަންތޯ ނުވަތަ ނޫންތޯ އެކަމަށް ދިވެހިނަށް ގޮތެއް ނިންމޭނީ 2023.
އެއުޅޭ އެމްޑީޕީގެ މެންބަރު ޖީހާނުގެ ފިރިސޮރު ދަންވަރުދަޅާ ސަފާރީއެއްތެރޭ ކެންޏާ އަންހެނަކާއެކީ ގަދަކަމުން ޕީއެޗުޑީހެދީމަވެސް، އޭގެ އަނެއްދުވަހު އެކުއްޖާ ގައުމައް ފޮނުވާލީ ރިޝްވަތުދީފަ.
ދިވެހިންހާ ގަޅިންނެއް މަށަކުނުދެކެން. އެންމެ ފުއްޕާފަ ކުރީސަރުކާގައުޅުނު އެކަކު އެއީ ނިހާނަކީ، ގައިމު ބާރުއޮތް އެސޮރުއަތުގައި އެސަރުކާރުގަ. އެކަމުވެސް ނިހާނުގެ ކޮއްކޮއެއް ރޭޕްމައްސަލައެއްގަ އަދިވެސްވީ ޖަލުގަ. މިސަރުކާރުގަ ކިހިނެއްމިވަނީ. އެންމެފުރަތަމަވެސް ކުޑަކުއްޖަކާ ބެހިފަހުރި މީހަކު މިނިވަންކުރީ. ދެން ކިތައްރޭޕްކޭސްތޯ ފަސްއަޅާ ފޮރުވީ؟ މީތޯ ޒީރޯ ޓޮލެރެންސް. މިސަރުކާރަކަށް ނޭނގޭނެ މިގައުމު ހިންގާކަށް، އެއަށްވުރެން މިކުދިންކޮޅު އަދި މާ ޅަ. ހަޖަމްނުވިޔަސް މީހަގީގަތަކީ. މިހަގީގަތް ގަބޫލުނުކުރާނީ ސިހުރު ޖެހިފަތިބޭމީހުން ނޫނީ ހަމަ އަމިއްލައަށް ޖާހިލުވެގެން މަތިއޮމާންކޮށް ތިބޭބައިގަނޑަކަށް އެކަނި.
މިއަދު ސަރުކާރުބޮލުގަ ކަންކަން އަޅުވާމީހުންނަށް ބުނެލަންބޭނުން، ކަލޯމެން ތީއަސްލު މައްސަލައަކީ. ކަލޯމެންނަކަށް ހައްގާ ބާތިލް ވަކިކުރާނެ އިލްމެއް އަދި ފެންވަރެއްވެސް ނެތް. މީވަރަށް ވާހަކަ.
ސައްހަތޯ ބަލައިގެން އިންޑިއާ މީހާ އަތުވާނެތަ ދެން..
މިއީ އިންޑިއާގެ އެއް އަވައް މިމީހުން މިގައުމުގަ އުޅެންޏާ އެމީހުންގެ ސަގާފަތާއި ގުޅޭ އެއްމެހާ ކަންތައް ކު ރާނެ.
އިންޑިޔާގެ އަސްލު ސޫރަފެންނަށްފެށީ. އިންޑިޔާގެ ސަގާފީ ކުޅިވަރު ފެށުނީ
މިމީހާ އަހަރެއްހާ ދުަވސް ފަހުން ރާއްޖެ އައުމުގެ ފުރުސަތު އެބަ އޮތެވެ. މީނަގެ މައުލޫމާތު ސޯސަލް މީޑިޔާ އިން އެނގެން ބޭނުމެވެ.
ތިޔަކަން ބެލޭނީ އިންޑިއާގެ ޕޮލިހުންނައް ރާއްޖެ ޕޮލިހުންނަކަށް ެިތތުބާރެއްނެއް
ރާއްޖޭގެ ސަރުކާރު އޮތީ ފެއިލް ވެފަ.
ލާދީނީ އެމްޑީޕީގެ ސަރުކާރުން ބަލަނީ މަސްވަރާކުރަނީ ފަށަނީ ޙަރާމް ވާކަމެއް
ކުންފުނަދޫގައިވެސް އިންޑިޔާ ފިރިހެނަކު ދިވެހި އަންހެނަކާ ބެހުނު. މައްސަލައެއް ނުބެލުނު
އޭނާ ރޭޕް އެއް ނުކުރެ. އޭނާ ކުރީ މަގުމަތީގަވެ ސް ކޮށްލެވޭ ކަހަލަ އާދައިގެ ކަމެއް.
އޭނާއަށް ކުރެވޭ ތުހުމަތު އިވިފައި ރައީ ސް އިންނެވީ މިހާރު ކީރިތި ކުރައްވަން. ެެެެެެެ
ތިކަމާއުޅެންއަދިމާއަވަސް