ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، މިނިސްޓަރ އަމީން ފުރަތަމަ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިއަދު މެންދުރު ނެރުއްވި ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށް މިނިސްޓަރ ނަސީމް ނެރުއްވި ޤަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކަރި

    ސްކޫލްތައް ހުޅުވޭނެ ތަ؟

    15
    2
  2. ޙަސަންތައުފީޤު ޙުސައިން

    މިނާޤާބިލު ރޯނުފިލާ ގިނަވަގުތު ހޭވެރިކަން މަތީނުތިބެވޭ މަތިބަރު ވާނުވާނޭގޭ ސަރުކާރުގެ 5 އަހަރުގެ ވެރިކަން ދެމެހެއްޓެން އޮތް ހަމައެކަނި ގޮތަކީ ކޮރޯނާގެ ވައިރަސް ފެތުރި ކޮންޓްރޯލް ނުކުރެވި ހިނގައިދާނެ ކަމުގެ ނުރައްކާތެރިކަން އެބައޮތްކިޔާ ސްލޯގަނެއްގެ އެޑްވާންޓޭޖް ނަގައިގެން މަހުންމަހަށް ފުރަބަންދުގެ މުއްދަތު އިތުރު ކޮގެން މިސަރުކާރާއި ޢިދިކޮޅަށް މަގުމައްޗަށް ނިކުންނަންތިބި ރައްޔިތުންގެ އަދަދު ތަސައްވަރުކޮށް އެކަމާ ބިރުން އެރައްޔިތުން ގޭބަންދުގައި ބާތިއްބަންވެގެން. ދެވަނަ ދެކަމަކު ނޫން.