ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވުރެ ރަނގަޅު ވެރިއެއް ހަޔާތުގައިވެސް ފެނިފައި ނުވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ ރައީސް ދުބާއީއަށް ފުރާވަޑައިގަތް ހަބަރަކާއި ގުޅިގެން ކުރެެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަމިއްލަ ޕްރައިވެޓް ދަތުރުފުޅެއްގައި ރައިސް ދުބާއީއަށް ވަޑައިގަތް ހަބަރަކާއި ގުޅިގެން އިޔާޒް ވަނީ ރައީސް ޞާލިޙު ދަތުރުފުޅުގައި ސަލާމަތާއި ހެޔޮ ޞިއްޙަތު މިންވަރުކުރެއްވުން އެދިވަޑައިގެން އަރަބިބަހުން ލިޔެފައިވާ ދުއާއެއް ހިއްސާކުރައްވާފައެވެ. އެ ދުއާ ހިއްސާކުރެއްވުމާއި އެކު އާންމު ފަރާތެއް ވަނީ ޢަރަބި ބަހުން ޢިޔާޒަކީ ރައީސް ޞާލިހުގެ ޙަޤީޤީ ސަޕޯޓަރެއްގެ ގޮތުގައި ފެންނަ ކަމަށް ބުނެފައެެވެ.

އެމީހާގެ ޓްވީޓަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ ރައީސް ސާލިހަކީ އޭނާގެ ޙަޔާތުގައި ފެނުނު އެންމެ ރަނގަޅު ރައީސް ކަމަށެވެ. އަދި ރައީިސް ސާލޮހްގެ ސަޕޯޓަރަކަށް ވާން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ޔަގީނެއްނު. ކީއްވެ ނުވަންވީ، އެމަނިކުފާނަކީ އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ ރަނގަޅު ރައީސް."' އަރަބި ބަހުން އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިޔާޒް ވަނީ އަދި ރައީސް ސާލިހަށް ހެޔޮ ކަންކަމަށް ތައުފީޤުދެއްވުން އެދި ދުޢާކުރެއްވުމާއެކު އެމަނިކުފާނަށް ހެޔޮ ޞާލިޙު މަދަދުވެރިން މިންވަރުކުރެއްވުމަށްވެސް ދުއާ ކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ވަގުތު" އަށް ވިދާޅުވީ ރައީސް ސާލިހް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަނބުރާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ކަމަށް ހޫދު ވިދާޅުވިއެވެ. އެ ދަތުރުފުޅަކީ ރައީސްގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީ ހިމެނެއެވެ. އެހެންވެ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އާންމު މަންޒިލަކަށް ވެސް ދުބާއީ މިހާރު ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. މާމީ

  މިއައްވުރެ އިސްލާމްދީނަށާ ކީރިތި ގުރުއާނައް ހަޖޫޖަހާއިރު އަދި ރަސޫލާއައް މަލާމާތް ކުރާބަޔަކު ސަރުކާރުގެ ބޮޑެތި ވަޒީފާތަކައް އައްޔަންކޮއްގެން އުޅޭ ވެރިއެއް މިދުނިޔޭގަ ނުހުންނާނެ.

  107
  5
 2. އަލީ

  ވަކިކަމަކައް ގޮސްހުސްވެފަ ތިބޭ މީހުނައް މީހަކުގެ އުނިސިފައެއް ނުފެންނާނެ. އަދި ލޮލުގެ ފެނުން ބަލިއްޔާ ވެސް އެހެންވެދާނެ.. މިހާރު ވަކިމީހަކާ ހިތާވެފަ ދޫކޮއްލީތޯ؟

  88
  2
  • ކިނބޫ

   އޭނަގެ ރަނގަޅު ކަމަކުން މިލަ ޑރ. އަށް ފައިދާއެއް ނުވާނެ. ހަޔާތުން އެންމެ ދުވަހެއް އަނެކުންގެ މުޅަމަސް ނުކައި ހުރެވޭތޯ ބަލާބަލަ. އިލްމު ލިބިހުރެ އެއަށް ތިހިރީ ޚިޔާނާތް ވެގެން. އަނގަ އޮތީ ފުޅަ އަޅާފަ. ގައިން ތާހިރު ވަނީކީ ނޫން. ރެއާދުވާލު ކުރާ މަސައްކަތަކީ މީހުންނަށް ހުތުރު އެއްޗިހި ގޮވާ އަބުރާ ބެހުން. ކަލޭ ތައުބާވޭ!

 3. ރޯނުއެދު

  ކަނޑަ އެޅިގެން ދޮގެއް

  85
  1
 4. ގ

  ޑރ އިޔާޒް އެބުނުއްވީ ތެދުފުޅެއް... އަންނި ވެރިކަން ވައްޓަން ހާދަ މަސެއްކަތެއް އެބަ ކުރެއޭ.. އަންނި އަށް މިހާރު ނޫން..

  14
  11
 5. ފަލި

  ރަގަޅުކަމުގެ ހައްދެއްނެތް އެއީ ދޮގުވެރިއެއް މީހަކު ލިޔެފަދޭެއްޗެއްނޫނީ ކިޔަން ނޭގޭ ދުނިޔެއިން ބޭރުން ތައުލީމު ހާސިލުކުރުވަން ރައްޔިތު މީހައަށް ގޮވައި މީހެއް

  52
  3
 6. ޒަފަރު

  ވެރިޔާ ރަނގަޅުވަނީ އެއްވެސް ކަމެއް ނުކޮށް ހުރީމަތޯ. ނޫނީ އަބަދަކު ކީރިތި ކުރައްވާތީތޯ. ގައުމެއްގައި ވެރިއެއް ހުރުުމުގެ ބޭނުމަކީ ރައްޔިތުންނަށް ދުޅަހެޔޮ ފާގަތި މުސްތަޤަބަލެއް ހޯދައި ދިނުމަށް ޤައުމު ތަރައްޤީގެ އާ އުސްމިންތަކަށް ގެންގޮސް ޤައުމުގެ އިޤްތިޞޯދު ވަރުގަދަކޮށް އަމިއްލަ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ފަހިކުރުން. މި ޤައުމުގެ އާންމުން ދަނީ ނިކަމެތިވަމުން ދުވަހުން ދުވަހަށް. ދުވަހަކު ސަލާންޖަހަން ދިވެހިން ނޫޅޭ ވަރަށް މިއަދު މަގުމަތީގައި ސަލާޖަހާ މީހުން އެބަތިބި. ރޯޔަލް މީހުން ހަމަޖެހިލާއިގެން ތިއްބަސް ޤައުމުގެ ބޮޑުބައި ވަރަށް ނިކަމެތި.

  28
 7. މޫސަ

  ތިޔަ އުޅެނީ ބޮޑު މަޤާމެއްގެ ގަހިވެތިކަމުގަ.

  27
 8. ނު ރޯށެ ކަލޭ

  އިޔާޒު ގެ ހިތުގެ އުދާސް ކިޔާފައި ރޮވިއްޖެ

  5
  6
 9. އިޒް

  އަންނި އެހުރިހާ ކަމެއް ކުރާއިރު ގައުމުގެ ރައީސްގެ ހައިސިއްޔަތުން ހަނުހުރުން އެއީ ދީނީ ގޮތުން އެކަން ހަމަ އޮންނަންވީ ގޮތްތަ؟ އަންނިއާއެކު އެތައް އަހަރެއް އެއްކޮށް އެންމެ ގާތް ރަހްމަތްތެރިޔާގެ ގޮތުގައި ވޭތުކޮށްފައިވާ މީހަކަށް އަންނިގެ ހުރިހާ ހަގީގަތެއް އެނގޭނެ. ހުރިހާ ކަމެއް އެނގިހުރެ ގައުމުގައި އަންނި ފަސާދަ އުފައްދަމުންދާއިރު ހަނުހުރެ އެކަމާމެދު ކަމެއް ނުކުރުމަކީ ދީނުގައި ކޮންކަހަލަ ކަމެއްތަ؟ އިޔާޒަކީ ހަގީގީ ޝޭޚެއްނަމަ އެނގޭނެ ތިޔަ ދިފާއުކުރަނީ އަމިއްލައަށް ނެގުނު ނުބައި ނިންމުމެއްގެ ނަތީޖާކަން. ޔާމީނަށްވުރެ ބޮޑަށް މިގައުމަށް އޮތް ބިރުވެރިކަމަކީ އިސްލާމްދީނާ ފުށުއަރާ އަދި ދީނުގައި ކުރަންނުވާ ކަންކަން ކުރަން އެކި ގޮތްގޮތުން މަގުފަހިކުރާނެ މީހުން ގައުމުގެ އެންމެ އިސް މަގާމުތަކަށް އައުން. އަންނިއަށް ބާރު ލިބުނީމަ ނުސީދާކޮށް ހުޅުވަން އުޅޭ ދޮރުތައް ނުފެނުމަކީ ޝޭޚުން ކޮންމެވެސް ދިމާއަކުން ފުރިހަމަވެފައި ނެތްކަން ފެންނަކަމެއް.

  19
 10. ޣ

  ދީނަށް މިވަރަށް ފުރަށްސާރަ ކުރި ޒަމާނެއް މި ދިވެހި ގައުމު ނުދެކޭ....ކަލޭ އާދޭސް ކުރިންތަ އެކަމަށް ކިތައް ދޮގު ރައީސް ހެއްދެވި ވަރަށް އަވަހަށް ފިޔަވަޅު އަޅާނަމޭ...ފަސް އަހަރު ނިމޭނީ މިގޮތުގާ....ކަލެއަށް ވަޒީފާގެ ބިރު ވެސް އެދައްކަނީ މި ސަރުކާރު އައިފަހުން ކުރިން އެބިރު ދެއްކިތަ...

  24
 11. ހުސޭނުބޭ

  ހަމަ ރީއްޗަށް ނަގޫފިތިފައި! އިތުރު އެއްޗެއް ބުނިއްޔާ ކަނޑާލާފައި އެއްލާލާނެ!

  31
 12. ތެދު

  އެހާރަގަޅު އިރުކީއްވެ ފުޅެޓު އަތުލީ.
  ބިންއެބައޮތް

  15
 13. އަފީ

  އިއާޒް އަށް ސޯލިހު ރަގަޅުވީ ސަބަބުތަކަކީ
  1. ރައީސް ޔާމީން ޖަލަށްލުން
  2. އެމް.އެމް.ޕީ އާރުސީ ފައިސާގައި ސޯލިހު ޖެހުނު ކަމަށް ރައްޔިތުން ބުނުމުން
  3. އިސްލާމްދީނަށް ފުރަށްސާރަކުރާ މީހުންނަށް ހިމާޔަތް ދިނުން
  4. އިސްލާމްދީނަށް ފުރަށްސާރަ ކުރާ މީހުންނަށް ދައުލަތުގެ މަތީ މަގާމްތަށް ދިނުން
  5. ސޯލިހުގެ އަނބިކަނބަލުން އެމްޑީ.އެން ގެ ފައުންޑަރ މެމްބަރަކަށްވުން
  6. މި ސަރުކަރުން އިއާޒް އަށް މަގާމް ދިނުން
  7. ކޮވިޑް 19 ގައި ރައްޔިތުން އަތް ދޮއްވަން ގޭގައި ބަިތިއްބާފައި ބަޖެޓް ދޮވެލުން
  8. ސްޓިކަރ ޖަހައިގެން ރައްޔިތުންފެލާފައި ދައުލަތަށް ފައިސާ ހޯދުން
  9. ކޮވިޑް ބޮޑު ވައްކަމުގައި އަޑީ ހުރީ ސޯލިހުކަމަށް ރައްޔިތުން ބުނުން
  10. އިންޑިއާ ގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުން
  11. ސަރުކާރުގެ ވެރިން ފަތު އަޑުކިޔާފައި ޖިންސީ ފުރައްސާރަ ކުރުން

  29
  3
 14. Anonymous

  އެހެންވެ ތޯ އަނބިކަނބަލުން ވެސް އެގޮތަށް އެހުންނަނީ.
  ލާދީނީ ރިޕޯޓް ނެރުނީމަ ދެނެހުރި ކަމަށްވެސް ނަހަދާހުރެ ރައްޔިތުން ކެމިގަތީމަ ބަސްފުޅެއް ވެސް ވިދާޅުވީ

  21
 15. ދަންނަނުދަންނަ

  ކޮންކަމެއްބާ ރަނގަޅީ ދެއަނގައިންވާހަކަދެއްކުންބާ އެއްފަހަރުބުނާނެ ބައިތުލްމާލްގަ މިވަރައް އެބަހުއްޓޭ އަނެއްފަހަރުބުނާނެ އަހަންނާހަމައައްއައިއިރު ހުރީހުސްއޮނިގަނޑޭ

  16
  1
 16. މަސްއޫދު

  އިޔާޒުބުނެބަލަ އިބުރާހިމް މުހައްމަދުގެ ރަގަޅުވީ ކޮންކަމެއްބާ!އަޅެ ރަގަޅުކަންތައް ކިޔާދެއްވާ އޭރަކުންނޫން ތިޔަކިާއެއްޗެއް އެގޭނީ ދިވެހިރައްޔިތުންގެ މެޖޯރިޓީއަށްވުރެ މާގިނަ ދިވެހިން ބުނަނީ ރައީސް އިބުރާހިމްއަކީ ރަގަޅު އެއްސިފައެއްވެސް ހުރިމީހެއް ނޫންކަމަށް! ރައްޔިތުންނަށް ދޯކާދިނުމާ ދޮގުހެދުން ހައްދުން ނައްޓައިފައި ވާމީހަކު އިޔާޒުއަށް ރަގަޅުވީ ސަބަބު ހާމަކޮށްދީބަލަ!

  17
 17. މޯދީ

  ކެކެކެ.. ވަޒީފާއިން ވަކިކޮއްފާނެތީ ވައިޖަހަނީ... އަދިވެސް މީހުންގެ ބޯކެވޭތޯ ތިއުޅެނީ.. މިހާރު ކަލޭމެންގެ މުނާފިގްކަން ރައްޔިތުންނަށް އެނގިއްޖެ.. ފައިސާއަށް ބޫތްކައިފައި ތިތިބެނީ.. އިލްމްވެރިއަކަށްވުރެ ޖާހިލް..

  18
 18. އިބްރާ

  އިސްލާމް ދީނަށް ފުރައްސާރަކުރާމީހުންނަށް ފިޔަވަޅު އަޅާފައިނުވާތީތޯ އިބޫސާލިޙް ރަނގަޅުވީ؟

  16
 19. މިއަދު

  އިޔާޒްއަށް ލިބިހުރި ދީނީ ޢިލްމަކީ އެހެން ޢިލްމުވެރިންނަށް ލިބުހުންނެވި ދީނީ އިލްމާއި ތަފާތޯ ޢިލްމެއްތޯ އިޔާޒް ބައްލަވނީ ހަތްއުޑުމަތިން މާތްﷲ ބާއްވާލެއްވި ކީރިތި ޤްރުއާން ނޫންތޯ؟
  ކީރިތި ގުރްއާނުގެ ކޮންސޫރަތެއްގެ ކޮންއާޔަތެއްގަތޯ އޮތީ އެވެރިއެއްގެ ދަށުގެ ތިބި ބަޔަކު މާތްﷲ އަށާއި އެކަލާން ބާއްވާލެއްވި ފޮތަށާއި އެކަލާންގެ ފޮނުވި މާތް ރަސޫލާއަށާއި އެކަލާން ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް ހަދަމުން ދާއިރު ވެރިމީހާގެ ފަރާތުން ބަސްނުބުނެ ހަނު ހުންނަވެރިޔަކީ އެއްމެ ހެޔޮވެރިމީހާ ކަމުގައި
  އަޅެފަހެ އިޔާޒު ތިހުންނެވީ އިސްލާމްދީނުގެ ޢިލްމު އުގެނިގެންތޯ ނޫންނަމަ މިސަރުކާރުގެ ހިމާޔަތުގައި ހުރެގެން ނުދަންނަކަން ދަންނަކަމަށް ހެދިގެން އުޅޭ ރޯނުއެދުރެކީތޯ؟

  12
 20. Anonymous

  މަށަށް ފެންނަނީ ވެރިއެއްނޫން. ގެރިއެއް.

  12
 21. ވަދުނަނު

  ރަނގަޅަށް ވަނދުނަނުގައިޖެހިފައިމިހިރީ ވެރިއެއްގެ ޒިންމާ ނޫފުލައި ބިރުން ފިލައި މިޤައުމުގައި ލާދީނީގެ ބާރު ގަދަކުރަމުން ދާއިރު ވެސް ބަހެއްނުބުނީމާވެސް އެކަލޭގެ ވަރެއްނެތް ދޯ

  12
 22. ކަޅުބެ

  ފައިސާއައް ވިކިފަތިބި މީހުން އެހެންވީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އަނެއްކާވެސް ރިލޯޑް ކޮއްލީކަމައް ވާނީ.

  8
  1
 23. ވަހީދުބެ

  މިހާރު މީނަމިވީ ﷲ އަށާއި ރަސޫލާއަށް ފުރައްސާރަކޮށް ހަދަމުންދާ މީހުންނަށް ޙިމާޔަތްދޭ މީހުންދެކެ އެންމެލޯބިވާ އެރޮނގުން ޕީއެޗްޑީ ހަދައިގެން ހުރި "ޝައިޚް" އަކަށްތާ.

  14
 24. ކާފަ

  މީ އައިސިސްގެ ލީޑަރތަ؟ ހާދަވައްތަރޭ..

  10
 25. ހަވާސާ އިބޫ

  ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނޭ! ތިބޭފުޅާގެ ލޮލަށް ވާލުގޮރު އެޅުނީތޯ؟

  10
 26. ޙ

  ފެނުނީ އެއްމެ ވެރިއެއް އެއީ ރައީސް ސާލިހް. މީގެ ކުރިއަކުން ސަރުކާރުގެ ވަޒީފާއެއްވެސް ނުލިބެ.