އެކަޑެމިކް ކަލަންޑަރުގައިވާ ފަދައިން މި މަހުގެ 10 ވަނަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ، އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން 10 ޖެނުއަރީ 2021ގައި ،2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށިގެންދާނެ ކަމަށެވެ.

މި މަހުގެ 10 ގައި ކިޔެވުން ފެށޭނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުނު ފަހުން، އާންމު ހާލަތުގައި ކިޔަވައިދެވޭ ގޮތެއް އަދި ނުވެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މި އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓް ވެސް ކުރަމުންނެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން ވަނީ އަންގައިފަ އެވެ. އެ ގަޑިއިރުގެ ތެރެއިން މަދުވެގެން 60 މިނެޓް، ދަރިވަރުންގެ ހުން ބެލުމާއި އަތް ދޮވުމާއި ފިޒިކަލް ހަރަކާތްތައް ހިންގުމަށް ހާއްސަކުރަން ޖެހެއެވެ.

ސްކޫލްތައް ހުޅުވުމާ ބެހޭ ގޮތުން އެޑިއުކޭޝަނުން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ވަނީ ލޮކްޑައުންގައި އޮންނަ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Happy

    ސިއްހީ ކުއްލި ހާލަތު އަންނަ ފެބްރުއަރީ މަހުގެ ތިނަކަށް އިތުރުކޮށްފި... ދެން ރއްކާތެރިކަމެއް ނެތިޔާ ސްކޫލްތައް މި ހާލަތުގައި ކިހިނެއް ހުޅުވަނީ

    25
    • Anonymous

      އަހަރެންގެ ދަރި ނުފޮނުވާނަން. އޮންލައިންކޮށް މި ޙާލަތުގައި ކިޔަވައިދޭންވާނީ.

  2. އިބްރާ

    މި ސަރުކާރުން އިންތިޚާބު ބޭއްވުމަކީ ވަރަށް ޤަބޫލް ނުކުރެވޭކަމެއް. މިވެރިން ފެންނަނީ ޚުދްމުޚްތާރު ވެރިކަމެއް ކުރާންއުޅޭ މަންޒަރު.

    14
    1
  3. ހަލިގަމު

    އޮންލައިން ކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން ވަރަށް މުހިންމު

    19
    1
  4. ޥވވ

    2021ޢޮގަަ ސްޓު މަހު އާ އަހަރެއްގެ ފަަށާ އެއަހަރުގެ ކިޔެވުން ނިމޭނެ ތާރީހު ބުނެލަދީބަލަ

    10
  5. Congratulations

    ސިއްހީ ކުއްލި ހާލަތު އަންނަ ފެބްރުއަރީ މަހުގެ ތިނަކަށް އިތުރުކޮށްފި ދެނޯ!!!

  6. އަލީ

    ކޮވިޑަކީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ މާނުރައްކާތެރި ބައްޔެއް. ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ވަރަށް ރަނގަޅު. އެ ފިޔަވަޅުތައް ދަމަހައްޓަވައި މި ބައްޔަށް ނިމުމެއް އަންނަންދެން ސްކޫލްތައް ނުހުޅުވުމަކީ ވަރަށް އާދޭހާއެކު އެދޭ ކަމެއް. އެއީ ސްކޫލްދޮށަށް އެއްވާ ބެލެނިވެރިންގެ މެދުގައި ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެތީ.

    13
    2
  7. ނަސާ

    ނުފޮނުވާނަން

  8. ހުސްކަމާއި ހުސް

    ތެދުފުޅެއް ހުޅުވޭނެ. ކުއްޔަށް ތިބި މީހުން ތިބީ ރަށުގައި. ކިޔަވައިދޭން ތިބި މުދައްރިސުން ތިބީ ރަށުގައި. ކްލާސްތަކުގައި ވަރަށް ވަރަށް ގައިދުރުކޮށް ތިބެވޭނެ. ސްކޫލް ކުދިންގެ އިންޓަވަލްއަށް ލައްކަ ފައިސާ ޖީބަށް ލެވޭނެ. ވަލްހަމްދުލިއްލާހި.

  9. ކޮރޯނާ ހިޔާލު

    އަނގަ އޮތިއްޔާ ކޮންމެ އެއްޗެއްވެސް ކީ ދާނެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ސްކޫލުތައް ހުޅުވަނީ ކޮން އުސޫލެއްގެ ދަށުން ކޮންގޮތަކުން ވިސްނާފަކަމެއް އިނގޭ މީހަކު މި އުޑުދަށަކު އުޅޭނެހެން ހިޔެއްނުވޭ. އެމީހަކު ބޭނުންގޮތަކަށް ޤާނޫނުގައި އޮތް އެއްޗެއް މާނަކޮށްލާފަ ދައްކާނެ ވާހަކައެއް ދައްކަންވީ. ޔޫރަޕުން އަންނަ މީހުން ބަރާބަރަށް އަންނަނީ. އެޤައުމުތަކުން އާ ވެރިއެންޓް ފެނުން ވާހަކަ ބުނެލެވުނީމަ ޒިންމާ އަދާކުރެވުނީ މުއައްސަސާތަކުގެ.