ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

އީސީން މިގޮތަށް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ވިދާޅުވީ، ފެބްރުއަރީ ތިނަކާއި ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ މާރިޗް ހައެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

"އެޗްޕީއޭގެ ފަރާތުން އެ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިނަކާއި ހަމައަަށް އިތުރު ކޮށްފައޭ، އެހެންވީމަ ފެބްރުއަރީ ތިނަކާއ ގޮސްފިކަމުގައި ވަންޏާމުން، އަޅުގަނޑުމެން އިއުލާނުކޮށްފައި އޮތް ހައެއް މާރޗްގައި އިންތިހާބެއް ނުބޭއްވޭނެ، އެއީ 30 ދުވަސް ތެރޭގައި އިންތިހާބަށް ތައްްޔާރުވެެގެން، އިންތިހާބުގައި ކުރަން ޖެހޭ، އަދި އޮންނަ ތަރީހަށް ބަލާފައި، ރީރަޖިސްޓްރޭޝަންއާއި ކަންކަން ބެލުމަށްފަހުގައި އެއްމަސް ތެރޭގައި ނުބޭއްވޭނެ އިންތިހާބު". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެއާއި ގުޅޭގޮތުން ނިންމުންތައް ނިންމާނީ، ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު ވެސް ވަނީ އިންތިހާބު ނުބާއްވާ ފަސްކޮށްފައެވެ. އިންތިހާބު ބޭއްވުން އޭރު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުންނެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ.

އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އިންތިހާބު ބޭއްވުމަށް ބަޖެޓު ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  ރައްޔިތުން ވޯޓުއަޅައިފި..އިންތިޙާބުގެ ނަތީޖާއިން ޕޕމ ބޮޑުތަނުން ކާމިޔާބުކޮއްފި..މޭޔަރުކަމަށް މުއިއްޒު ހޮވިއްޖެ...

  46
  9
  • ޒަކް

   ހުވަފެން ބަލަން ތިއްބަވާ.. ހުވަފެނުގަ ތިކަން ވާނީ.. އަންޑަ އެސްޓިމޭޓުކޮށްގެން ހިޔާލީ ފޮލާ ކައްކަ ކައްކާ ތިއްބާ ބޮޑުތަނުން ބަލި ވަނީ ކޮންމެ ފަހަރަކު.. އަދިވެސް ދަސްނުވޭދޯ؟

   7
   21
  • ބޭކާރު

   ކަތިބު ސިސްޓަމު މާރަނގަޅު. ކައުންސިލް އިންތިހާބަށް ބޭކާރު ލާރި ހަރަދުކުރާނެކަމެއް ނެތް

   32
   1
  • މޑނ

   ތިމޭރުމުން ޕޕއމ އަންހެންވެރިން ނިމިދިޔަ ރިޔާސީ އަދި މަޖުލިސް އިންތިހާބު ތަކުގަ ވާހަކަތައް ހުރީ. ހެހެހެ.

   4
   8
 2. އަޙްމަދު

  ސަރުކާރު ވެއްޓުމުގެ ކޮޅުމަތި

  58
  4
 3. އަޙްމަދު

  ޝުކުރިއްޔާ!!!

  15
  17
 4. ދަހިވެތި

  މިފަހަރު ކިހާވަރަކުން ދަާނެބަާ

 5. ހުސޭނުބޭ

  ލައްބަ! ....... ހަމަ ބުއްޅަބޭ އަންގާ ގޮތަކަށް!

  19
 6. ކޮވިޑް

  ﷲ އަށްޓަކާ ތި ކުޅޭ ޑްރާތަށް ހުއްޓާލަފަ މި ޤައުމައިގެން އުޅެބަލަ، ހެޔޮނުވާނެދޯ މިނޫން ދުވަހެއް ވެސް އޮތް ކަން ކުޑަކޮށްވެސް ހަނދާނަށް ގެނެބަލަ.

  23
 7. ގަންޖާ

  މި5 އަހަރަކު މި ކޮވިޑް ނުނިމޭނެ މި5 އަހަރަކު މި ކޮވިޑް ނުނިމޭނެ މި މަހުގެ 10 ގައި ކިޔެވުން ފެށޭނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކަމަށްވެސް އެޑިއުކޭޝަން އިން ވަނީ ވިދާޅުވެފަ. އިންތިހާބު ތައް ނުބޭއްވެނީ މީ އަރަތެއް!! ބިރުގަތަ ސްބޮޑުވަރު

  31
  1
 8. ނުކެރޭނެ

  މިސަރުކާރަކައް ނުކެރޭނެ ކައުންސިލްއިންތިޚާބުބާއްވާކައް އެއީ ބޮޑުތަނުންބަލިވާނެކަން އެނގޭތީ ދެން ގާނޫނުގެވާހަކަކަލޭމެންދައްކާނެކަމެއްނެތް

  26
 9. ކޮރަލް

  ފައިސާ ބޭނުން ވެގެން އުޅޭ ބައެކެވެ.

  17
 10. ރާފިޢު

  ޝަރީފޫޫޫޫޫޫޫ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 11. މުރާދުބޭ

  ޔަޤީނޭ ހަމަ ޔަޤީނޭ! ޕީޕީއެމް/ޕީއެންސީއިން އިންތިޚާބުގެ %90 ކާމިޔާބު ކުރާނެތީ ބިރުން. މިފަހަރުގެ ވޯޓު އަނބުރާ ނުލެވޭނެކަން ޔަޤީންވާތީ. އަބުރާލެވޭނެ އެއްވެސް އަލިމަގެއް ނެތިގެން. ދެން ކީއްވެ ނުބާއްވަންވީ މީހުންއެއްކޮށްގެން އެހެން ހުރިހާ ސަކަރާތެއް އެބަޖަހާ.

 12. ފަސްމާމުލުންގެ ފަސްވަގު

  މި 5 އަހަރަކު ނުކެރޭނެ އެއްވެ ސް އިންތިހާބެއް ބާއވާކަށް ތިގޮތަށް ހިފަހައްޓާލެވޭނީ ތިޝަރީފުއަށް ކިހާދުވަހެއްވާންދެންބާ ކަލޯ އިންތި ހާބުބޭވިއަ ސް ލާހިކެއްނުބޭއްވިއަޔަ ސް ތިވަގުންތައް ސަލާމަތް ވާނެކަމަށް ހީނުކުރާތި ނޫން: ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

 13. މޯޑީ

  ނުވާވަރުން މީހުން ލައިގެން ދޭލާރި ކައިގެން ފަހުވަގުތު ފެންނާނީ އިސްތިއުފާދޭ މަންޒަރު. މިފަހަރު އިންތިހާބަށް އަދި ޝަރީފަށް ލާރިކޮޅެއް ދޭނެ މީހަކު ނުވެގެން އުޅޭހެން ހާދަ ހީވެއޭ. ކޮންމެ ހުކުރުދުވަހެއްގައި އިލެކުޝަނުން ކަޕްކޭކު ވިއްކައިގެން ފަންޑު ހޯދައިގެންވިޔަސް މިސޮރަށް އެހީގެ އަތެއް ދިއްކޮށްލަބަލަ.