ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް ދެނެއް ރައްޔިތުންގެ ފިކުރެއް ބަދަލު ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަނުން ވިދާޅުވި ޙަބަރު ޓްވީޓާގައި ހިއްސާކުރައްވަމުން އާދަމް ޝަރީފް ވަނީ އިންތިހާބު ފަސްކުރަނީ ސަރުކާރުން ރާވައިގެން ގަސްތުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވާފި ނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރައްޔިތުންނަށް ހާމަވެގެން ދާނެ ކަމަށެވެ. އަދި އިންތިހާބު ފަސްކުރަނީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ މިންވަރު ހާމަވެދާނެތީ ކަމުަގައި ފާހަގަކުރެއްވިއެވެ.
"މީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާ ކަމެއް. އިންތިހާބު ބާއްވައިފި ނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި، ހާމަވާނެތީ ކުރާ ކަމެއް. ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް، ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލެއް ނުވާނެ. ރައްޔިތުން ތިބީ މާޔޫސްވެފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.
Miee sarukaarun raavaigen qasdhugai kuraa kameh. Inthihaabu baavvaifinama, sarukaaru fail vefaivaa minvaru rangalhah engi, haamavaanethee kuraakameh. #LCE faskuriyas, rayyithunge mihaaruge fikuru badhaleh nuvaane. Rayyithun thibee maayoosvefai. https://t.co/EAfHeMV0ur
— Adam Shareef Umar (@Adamshareefz) January 4, 2021
ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ. މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ވިދާޅުވީ، ފެބްރުއަރީ ތިނަކާއި ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ މާރިޗް ހައެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
އަދި އެއާއި ގުޅޭގޮތުން ނިންމުންތައް ނިންމާނީ، ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު ވެސް ވަނީ އިންތިހާބު ނުބާއްވާ ފަސްކޮށްފައެވެ. އިންތިހާބު ބޭއްވުން އޭރު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުންނެވެ.
ދޮޅި އާދަނުމެން އިންތިހާބް ފަސްކުރީ ކާކުގެ ފިކުރެއްބަދަލްވޭތޯ ބޮޑުތަނުން ބުނީ ތީ ވަގު ސަރުކާރެކޯ
ގުންޑާ މޑޕ އިންތިޚާބު ފަސް ކުރަމުނދަނީ ރައްޔިތުން
މަޅީގައި ޖައްސައި ހީލަތް ހެދުމުގެ ބޭނުމުގައެވެ.
ތި ފިކުރު އޮށްވާ ދޯ މަޖްލި ސް އިންތިހާބު ނިމިގެން ދިޔައީ . ގުއި އަގަ ނުތަޅާ ތިބެވޭތޯ ބަލާބަލަ.
މިސްކިތްތައްވެސް ވަގުވާނެ ދޯ ވޯޓް އޮޅުވާ ހުޅު ގްރޫޕަށް. މަ ހައިރާނެއްނުވޭ.
އެމް.ޑީީ.ޕީ ކިހިލި ޖަހާލައިގެން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަމޭވެސް ކަލޭމެންގެ ނިހާނު ނުކުމެ ގޮވަމުން ހަޅޭއްލެވި ! ވީގޮތް ހަދާން އެބަހުރިތަ ؟ ކަމެއް ކުރެވެންދެން އަގަނުގަޅާ ހުރިއްޔާ މާ ތާހިރުވާނެ !
އެއްކަލަ ލާދީނީ ރީނދޫ ބޮޓުން. ސަހާދެއް. ހާދަ ވަރެއްވވެފަ ތިބޭބބަޔެކޭ ދޯމީ
ރައްޔިތުންތިބީ އަންނިއާ އެއްކޮޅަށް. ރައްޔިތުންނަކީ ލާރިދީގެން ގަނެވޭނެ ބައެއް.