‏ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދައުވާކުރީ އެމްޑިޕީ އާއި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވީ, މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ, އެމަނިކުފާނު ޖަލުގައި 400 ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މި ސަރުކާރުގެ ލާއިންސާނީ އަނިޔާ ތަޙައްމަލްކުރައްވައިފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ..

"ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ. 5 އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ". ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ.

އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއްވެސް ވަނީ އުފުލާފައެވެ. އެއީ މަނީ ލޯންޑްރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ރާގޮޑިރާޖަ

  ޖަމީލާ ކަލޭ ޔާމީނާދިމާއަށް ހަޅޭލެވީ ކޯއްޗެއްހާވަންތަ.

  15
  4
 2. ގުއިއުދުޅި

  ތިވިދާޅު ވަނީ ކަނޑަ އެޅިގެން ދޮގެއް މި ސަރުކާރުގަ ތިބީ ހަރާން ލާރި ކާބައެއްނޫން.

  13
  13
  • Anonymous

   މިސަރުކާރުގަ ތިބީ މީހުން ކާމީހުން

   4
   3
 3. މަރީ

  އިގިރޭސް ވިލާތުގާ ހު

 4. Anonymous

  މިސަރުކާރުގަ ތިބީ މީހުން ކާމީހުން

  1
  3
 5. މީނާ

  މި ސަރުކާރަކީ ކީރިތި ކުރައްވާ ސަރުކާރު، މި ސަރުކާރަކީ ބަދަލު ދިނުމުގެ ސަރުކާރު
  މި ސަރުކާރަކީ މަ ސްވެރިންނާއި ދަނޑުވެރިން ބަނޑަށް ޖައް ސާ ސަރުކާރު
  މި ސަރުކާރަކީ ކޮރެޕްޝަނަށް ޒީރޯޓޯލެރެން ސް އެކަމަކު ކޮރެޕްޝަން އިންޑެކް ސް 6 ގުނަމަތި ސަރުކާރު

  މި ސަރުކާރަކީ މަތި ބަރު ޚަރަދު ބޮޑު ސަރުކާރު
  މި ސަރުކާރަކީ ކުއްލިއަކަށް ކުންފުނިތަކުން ފައި ސާ މިލިއަނުން ގެއްލޭ ސަރުކާރު
  މި ސަރުކާރަކީ ފުލުހުންނާއި ސިފައިންގެ އަގުވައްޓާލި ސަރުކާރު
  މި ސަރުކާރަކީ ރޯޔަލް ރޭޕް ކުރުމުގެ ރިކޯޑް އޮތް ހަމައެކަނި ސަރުކާރު
  މި ސަރުކާރަކީ ހު ސްވާހަކައިގެ ސަރުކާރު
  މި ސަރުކާރަކީ ހިތައްއެރި ދީނަކަށް އުޅުމުގެ ފުރިހަމަ އިޚްތިއާރު ދިނުމުގެ ވި ސްނުން ގެންގުޅޭ ސަރުކާރު
  މި ސަރުކާރަކީ އަމާބުނީތީ ފަރަށްދާ ވައްތަރުގެ ސަރުކާރު
  މި ސަރުކާރަކީ މަޖާކުރާ ސަރުކާރު އ.ސ

  2
  5
 6. އަލްޖިބްރާ

  ތިމާ އަމިއްލައަށް ތިމާގެ ސޯޓު ބާލާއިރުވެސް ތިހުންނަނީ ހަމަހޭގަތަ ؟ މަޖްލީހަށް ހާޒިރުވާށޭ ބުނީ އެމް.ޑީ.ޕީ އިންތަ ؟ ޔާމީނަށް ފިލައިގެންގޮސް އެމް.ޑީ.ޕީގެ ތައްޕާހަށް ބޯމަހާލީ އެމް.ޑީ.ޕީ ނާޤާބިލު ވެފަ އޮތީމަތަ ؟ އެމީހުން ހިމާޔަތް ދިނީމަ އެމީހުންގެ ތައްޕާހުން އުޅެ ޔާމީނު ވެރިކަމުން ފޭލްވީމަ އަނެއްކާ ހިމާޔަތް ދިން މީހުންގެ ގައިގާ ކޮޅުފައިން ޖަހާފަ ޔާމީނޭ ، ޔާމީނޭ ގޮވިއަސް ކަލެއަކަށް މިޤައުމުގެ ވެރިކަން ހަވާލު ކުރާނެ ބަޔަކު ނެތް !

  6
  2
 7. ކާފަ

  އެއްކަލަ މަރުމޯލް އެއްޗެކޭ ގޮވަނީ.. ކަލެއަށް ނައިބްކަން ދިނީމަވެސް އުޅުނީ ބަޢާވާތްކުރަން.. ފަހުން ރާޑި އަރާގެން ގޮސް މެލޭސިޔާގައި ސިހުރު ހަދަންއުޅުނީ ރ ޔާމީން ވެރިކަމުން ބައިލަން.. މަގޭވެސް ވޯޓުންނޭ ހޮވުނީ ކިޔައިގެން.. ރުޅިއައިސްގެން ހަތަނުން ކެކޭ އުނދުނަކަށް ވާވަރު މީހުންނަށް ކިހިނެއް މިކަންވާނީ.. އިސްތައްޓޭ ނުގޮވައްޗޭ..

  5
  1
 8. ހޮނޑާފުށީ ބޮޑުހުސޭނު

  ފަޅި ބަދަލުވީ އެހިސާބުން ޔާ މިނު އަލުން ވަގަކަށްވެ ، ހަތުރުން މިތުރުންނަށް ވެދޭ ، އެހެންވެގެން މިހާރު ތިޔައީ ސިޔާސީ ރަންޑިއެއް ،

  4
  1
 9. Anonymous

  ރައީސް ޔާމީނަށް ދައުވާކުރީ އެމްޑިޕީގެ ނާގާބިލްކަން ފޮރުވަން - ޖަމީލް..........ދުެން ރ. ޔާމީން ކެއިހާ ލާރިޔޯ.. އެވެސް ނާގާބިލު ކަމުން! 😡