ފްލެޓު ލިސްޓަށް އަމިއްލައަށް ޝަކުވާ ހުށަހަޅަން ނޭނގޭ ފަރާތްތަކަށް ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާއްމުންގެ އެކުވެރި ގުޅުމުން މިއަދު އެހީތެރިކަން ފޯރުކޮށްދީިފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން މިއަދު ވަނީ "ހެލްްޕް ޑެސްކެއް" ބަހައްޓައިގެން ގިނަ ބަޔަކަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެޖަމިއްޔާ އިން ބުނީ މިއަދު 18:00 ގައި ޝަކުވާ ހުށަހެޅުމުގެ މަސައްކަތް ޖަމިއްޔާ އިން ހުއްޓާލިއިރު އަދިވެސް ޝަކުވާ ހުށަހެޅުމުގައި އެހީ ބޭނުންވާ މީހުން ތިބުމުން މާދަމާވެސް މިމަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ މާދަމާ ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް މ.ކުރިގަމް އެއްވަނަ ފްލޯގައި އޮންނާނެ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގައި އާއްމުންނަށް އެހީތެރިވުމުގެ ގޮތުން ހެލްޕް ޑެސްކެއް ބަހައްޓާނެ ތަނެއް ޖަމިއްޔާއަށް ނުލިބިގެން އުޅެނިކޮށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސަވައި ދެއްވި އިންތިޒާމްތަކަށް އާއްމުންގެ ޖަމިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާ މަޝްރޫއުގައި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިން މިންގަނޑު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުކުރުމަށް ފަހު އާއްމުކުރުމުން އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި، އާއްމުންގެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފެށުމުން ފްލެޓް ކޮމެޓީން ވަނީ އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން އެ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ޙާލަތު" ބައިން ޕޮއިންޓް ދެވިފައިވާ ގޮތުގެ މިންގަނޑު ކޮމިޓީއިން އިޢުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން އެ ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ރައީސް އޮފީސް ވެބްސައިޓްގެ ހާއްސަ ލިންކެއް މެދުވެރިކޮށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެއެވެ.

ޝަކުވާ ހުށަހަޅަން ބޭނުންކުރާ ލިންކް

ޝަކުވާ ހުށަހަޅަން ދީފައި ވަނީ މަދު ވަގުތުކޮޅެއް ކަމުން ގިނަ ބަޔަކަށް ޝަކުވާ ހުށަހަޅަން ދަތިވުން އެކަށީގެންވާކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙހހހ

    ޝަކުވާ ހުށަހެޅިއްޔާ އަޑުއިވޭނެތަ ، ޖާހިލުންނަށް ، ދަފްތަރު ކެޓަގަރީގެ ޝަކުވާ ހުށަހަޅާފައި އޮންނަތާ 4 މަ ސްވަނީ ، ޚަބަރެއްނުވޭ ،ޤައިމު ހަލާލު ފައި ސާ ކައިގެން ތިބިމީހުން އެތާތިބޭނެދޯ

    7
    1
  2. ކެލާކުރޮޅި

    އެއްކޮޓަރި ލިބޭ މީހުންގެ ހައްގު ކޮބާ މިވާހަކަވެސް ދަށްކަންވާނެ އޭރުން އިންސާފު ވެރިވާނީ

  3. އާދަމުގެދަރި

    ފެށުނީ ކިހިނަކުން ކަން މިހާރު ހަނދާން އެބަހުރިތޯ؟ މުޅި މާލެ ކުޑައަށް ލައިފައި ޖަހަމުން ދުވީ ނަނާ ހުވަފެން ދުށީމޭ ނޫންތޯ؟ ރައްޔިތުން ބޭނުންވީ ނަނާ ހުވަފެން ބަލަން. ކުރިން އޮތީ އެއްފަހަރު ބަލާފައި. އިބްރަތެއް ލިބިނުގަނެ އަނެއް ފަހަރު ފުރުޞަތު ދިނީ. މިއަދު މިދަނީ އެ ހުވަފެން ބަލަމުން. ގޭގެއަށް ހިނގައިގެން ހާލަތު ބަލާއިރު މީހާ ދިރިއުޅެމުން އެދަނީ އެ މީހާގެ އަމިއްލަ ގެއެއްގައިތަ؟ ތަނުން ފެން ލީކުވިޔަސް ނުވިޔަސް ކުއްޔަށް ހިފާ މީހާއަށް ކުރެވޭނެ ކަމެއް އެބައޮތްތަ؟ ތަނުން ނުކުންނާށޭ މިއަދު ބުންޏަށް ނުނުކުމެ ކުރެވޭނެ ކަމެއް އެބައޮތްތަ؟ މިހެން އޮތް ކަމެއްގައި ވަގުތީ ޖިފުޑިގަނޑު ބަލަން ދިޔައީ ދުނިޔޭގެ އާޖުފާޖު ނުދަންނަ މަރުކޮހުންނާއި ނާޗާރުވެފައި ތިބި ބޭޗާރާއިން. މި ކަހަލަ ބަޔަކަށް ބަޔަކު މީހުންގެ ހާލަތު ވަޒަންކުރެވޭނެތަ؟ މިއީ މުއިއްޒު ފޯމުލާން ހުޅުވާލުމެކޭ މިއެކޭ ތަފާތެއް ނެތް. އޭރު މިނިސްޓްރީ ކައިރީގައި ބޯބޯމަތިން އަރައި ކިޔޫގައި. މިހާރު ޝަކުވާ ހުށަހަޅަން މީސްމީހުން ކައިރީގައި އާދޭސްކުރަމުން ސަލާންޖަހަމުން ކިއޫގައި.

  4. ބުތު

    މިކަމުން ވެސް މިއެގެނީ ކަންކަން ނޭގޭމިންވަރު.....ދެންހުރިހާ ކަމެއް ޑިގިޓަލް ކުރީމަފުދޭތޯ؟

  5. ސަލީމް

    ފައިނަލް ލިސްޓް ނިމުނުއަހަރު ޑިސެމްބަރ ނިމުމުގެ ކުރީން ޢާންމުކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު ޢެލިސްޓް އަދިވެސް ޢާންމު ނުކުރައްވަނީ ކީއްވެތޯ؟ ތިޔަލިސްޓުގެ އިންތިޒާރު ހާދަ ދިގެއް އެބަވެޔޭ!!!

  6. ާައަހުމަދު

    ކުރީސަރުކާރުން ދިރިއުޅުމުގެ ހާލަތައް 24 ދީފަވަނިކޮން މިނާގާބިލް ކޮރޮޕްޓް ސަރުކާރުން ދެވަނަފަހަރައް ހާލަތުބަލާފަ ދިނީ 6.86. ދިރިއުޅުމުގެ ހާލަތައް އައިބަދަލަކީ އާއިލާ އައް ދެމެންބަރުން އިތުރުވުން،ލިބެމުންދިޔަ އާމްދަނީ މަދުވުން