"ވަގުތު" ގައި "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި ޝާއިއުކުރި ރިޕޯޓަކާއި ގުޅިގެން މީސް މީޑިއާގައި "ވަގުތު" ނޫސްވެރިންނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލުންނާއި މޯލްޑިވްސް ޖާނަލިސްޓިކް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ކުށްވެރިކޮށް އެމައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލައިފިއެވެ.

"ވަގުތު" ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުން ގެންދާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާތީ، އިންޒާރު ދިނުމުގެ ނާތަހުޒީބު ޢަމަލު ކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

"ވަގުތު" ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުމަކީ މީޑިއާ ކައުންސިލުން ނުހަނު ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ވިދާޅުވިއެވެ. "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަށްވީހިނދު، ޤާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫނެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މައްސަލަ ހިނގާފައިވާގޮތެއް ބަލައި ތަހުޤީޤުކޮށް، ކަމުގެ ހަޤީޤަތް ހާމަކޮށްދެއްވައި، އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ރައްޔިތުންނާއި ހަމައަށް ޚަބަރާއި މައުލޫމާތު ގެނެސްދެއްވުމަށް ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ ޝުކުރުދަންނަވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓިކް އެސޯސިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި "ވަގުތު" ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން "ވަގުތު" ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މިކަން މި ޖަމިއްޔާ އިން ވަރަށް ބޮޑަށް ކުށްވެރިކުރަން އަދި މި މައްސަލަ ވީހާ ވެސް އަވަހަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން." ޖާނަލިސްޓިކް އެސޯސިއޭޝަނުން ވިދާޅުވިއެވެ.

"ވަގުތު" ނޫސްވެރިންނަށް އިންޒާރު ދެމުން ގެންދާ މައްސަލަ "ވަގުތު" އިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިމީޑިއެޓްލީ

    އަވަސް އެކްޝަނެއް އެސްއޯއީ ޕޮލިހުން ނެގުމަށް ގޮވާލަން...ހަރުކަށި ފިކުރުގެ ބައިގަނޑުގެ ހަމަލާދޭން ފަސްނުޖެހޭނެ..ހިފާފަހުރި އަގީދާއެއްގެ ސަބަބުން..

    34
    22
    • ތަފާތު

      މިނިވަން ފިކުރަށް ވުރެއް ހަރުކަށި ފިކުރު ނުރައްކާ ވާ ހަމައެކަނި ތަންކޮޅަކީ އެއީ.. އެހެން ނޫނީ ދެފިކުރުވެސް ގާތް ގަނޑަކަށް ހަމަހަމަ.. ހަރުކަށި ކުދިންގެ ހަޖަމުގެ މައްސަލައެއް އުޅޭނި އިދިކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހެއްގެ ބޯ ކަނޑަން އެބައި މީހުން ބޭނުންވާނެ.. މިނިވަން ފިކުރު ކުދިންނާ އިދިކޮޅަށް އެއްޗެތި ގޮވިޔަސް ހަޖަމުވާނެ ގިނަ ފަހަރު. އެކަން ދޮގު ކޮށްލާފަ ދެން ބުނާނެ އެއީ ޑިމްކްރެސީއޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމޭ..

      2
      2
  2. ޑ.ރ ރިޔާޒް ޙަސަން

    ދިވެހި ފުލުހުން ޖެހޭނެ ވަރަށް ވަރުގަދަޔަށް ނުކުންނަން..މަރުގެ އިންޒާރުދިނުމަކީ މީހާ ޖަލައްލާންޖެހޭވަރުކަމެއް..ތުއްތުކުއްޖަކު ރޭޕްކުރި ރަށެއްގެ ވާހަކަ ވަގުތުއިން ތަފްސީލާއެކު ބަޔާންކުރި
    ދުވަހުވެސް..ކޮންމެވެސް ޖާނަލިސްޓަކަށް ހަމަލާދޭން ކޮންމެވެސް ޒުވާނެއްއުޅުނު..ނޫސްވެރިން ހިމާޔަތް ކުރަން ޖެހޭނެ ފުލުހުން

    39
    11
  3. ހަމީދު

    ނާހަމަ ތެދެއް.. އިންޒާރު ދެނީ..؟ ގަބޫލެއް ނުކުރެވޭ. އެ ކީއްވެތަ..؟

    9
    5
  4. ހ

    އެ ރިޕޯރްޓް ގެ ހެޑްލައިން ކިޔާލާފަވެސް އިންގުނު މިކަން މިހެން ހިންގާނެކަން،ސާބަހޭ ވަގުތު،ބިރުނުގަނެ ޖެހޭނެ އެކަހަލަ ކަންކަން ކުރަން

    12
    11
    • ށަމް

      ބިރުނުގަނެ ކެރިގެން ކުރިމަތިލާ މީހުންނަކީ ބަތަލުން...ޝަހީދު ޙުސައިން އާދަމް ވަސަންތީ މަރާލީވެސް އެކަނި

      8
      3
      • ލޮލްލް

        ލޮލުން ދުއް މީހެއް ނެތް...ހުސް ސަޅި ވާހަކަ...ހުސައިން އާދަމް ގަދަ އެކަމަކު

  5. ސިނެކް

    މީނުރައްކާތެރިކަމެއް ވަގުތުނޫސްވެރިންގެ ހިމާޔަތުގަ ހުރިހާނޫސްވެރިން ތެދުވާންޖެހޭ

    9
    11
  6. ޢަދުރޭ

    މި ރާއްޖޭގައި ނަން ނުޖަހާ އޮޕަރޭޓް ކުރަމުންދާ އަލްޤައިދާ ޔާ އައިސިސް ޖަމާޢަތް ރިޕްރެޒެންޓް ކުރާ ސަލަފް ޖަމާޢަތް ހުއްޓުވޭނެ އެންމެ ގޮތެއް އޮތީ. އެއީ ޤާނޫނު އަސާސީގައިވާ ދިވެހި ދަވުލަތުގެ ސިފަ އެއް ކަމުގައި ދިވެހިރާއްޖޭގެ ދަވުލަތަކީ އިސްލާމީ މަދަނިއްޔަ ދަވުލަތެއް ކަމުގައި ކަނޑައަޅައިގެން . މޮރޮކޯޔާ ތޫނިސް އެއީވެސް އިސްލާމީ މަދަނިއްޔަ ދަވުލަތްތައް .. މަދަނިއްޔަ ދަވުލަތެއްގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންނާއި ރައްޔިތުންގެ މުދަލާއި ގެދޮރު ޙިމާޔަތްކޮށް ދިނުން. އެހެންނޫނީ މި ރާއްޖޭގެ ދަވުލަތަކީ ދީނިއްޔަ ދަވުލަތެއް ކަމުގައި ހަދާފަ ސަލަފް ޖަމްޢިއްޔާ އާ ރާއްޖެ ހިންގަން ޙަވާލްކުރޭ... ކޮންމެސް އެއްގޮތަކަށް މިކަން ނިންމާ

    6
    18
  7. "ވަގުތު" ހަމަ ހަބޭސް'

    "ވަގުތު"ނޫ ސް ކިޔާފަ ހަޖަމް ނުކުރެވޭކުދީން އެނޫ ސް ނުކިޔައެއްނުތިބެވޭ ތޯ؟؟؟

    6
    8
  8. ލަމްމި

    ނޫސްވެރިން ރައްކާތެރިކޮށްގެން އަހަރެމެން ރައްކާތެރި ވާނީ ✌️ އެމީހުންނާ ހެދި ކަންކަމާ ގުޅޭ ތެދު މައުލޫމާތު ފޯރުކޮށްދީ މީހުން ހޭލުންތެރިވެ ރައްކާވެ ތިބެނީ. ލިޔާ ހަބަރަކާ ދޭތެރޭ ހިތްހަމަ ނުޖެހުމަކީ މައްސަލަ އެއް ނޫން އެކި މީހުންގެ ވިސްނުން ތަފާތު ވެދާނެ އެކަމަކު ބިރު ދައްކާ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ވަގުތު ނޫހާ ޖައްސާލައިގެން އުޅޭ މީހުންގެ ލިސްޓުވެސް ދިގުވަނީ އެހެންވެ،،،، އެއްވެސް ބިރަކާ ނުލައި ތެދު ހަބަރު ފޯރުކޮށްދޭތީ. ދެން ރޯޔަލް މީހުންނާ ހަރުކަށި ފިކުރު މީހުން ތިބެބަލަ ރޭސް ވެފަ. މިފަހަަރު ފުލުހުންނާއި ސިފައިން ޖެހޭނެ މި އައިއެސްއޭ ބައިގަނޑު މިޤައުމުން ނައްތާލަން . ބޮޑު ދުއްޕާނަކަށް ވެެއްޖެ މިހާރު. އެމީހުން ކުރާކަމެއް ސީރިޔާއަށް ގޮސް ކޮށްބަލަ ނޫނީ އިންޑިޔާ މީހުންގެ ބޮލަށް އެރިގެން ގެންދެބަލަ . އަހަރެމެންގެ ދިވެހިން ދޫކޮށްލާ. އަދި ދިވެހި ފުލުހުންނާއި ސިފައިންނަށް ބުނެލަން ބޭނުން، ވަގުތު ނޫހުން ފޯރުކޮށްދިން މައުލޫމާތު ތަކާއެކު ވީހާވެސް އަވަހަށް އައްޑޫގައި ތިބި ޓެރަރިސްޓު މީހުން ހައްޔަރުކުރަން އެހެންނޫނީ ވަގުތު ފާއިތު ވެދާނެ

    8
    8
  9. ސޭހް

    ހަރުކައްޓޭއާ މަޑުކައްޓޭގެ ތަފާތު ވަގުތަށް އެނގިއްޖެދޯ މިހާރު

    10
    5
    • ސޭކު

      ތީވެސް އޭގެ މީހެއް. ހަރުކަށި އައިއެސްއޭގެ ފިކުރުން ހައްދުފަހަނަ އަޅާފަ

      2
      6
  10. ނަން

    ޢައިސިސް އަކީ އެމެރިކާ އައި ސައުދީ ގުޅިގެން ހިންގާ ޖަމާއަތެއް ގޮތަށް. ތި ފިކުރު ތިއީ އމޑޕ ރޫހާނީލީޑަރ ބެލުމުގެ ދަށުން ޤައުމު ބައިކޮއް ސެކިއުލަރ ދައުލަތެއް އެމީހުން ބޫން ގޮތަކަށް މަސްތުވެ، ދަރިން މައިންގަޔަށް އަރަން ހުއްދަ ކޮއް، އެއްޖިންސުން ގުޅުންހިގަން ހަލާލު ކޮއް، އިސްލާމް ދީން ނޫން އެހެން ދީންތަކާއި ދީން ދޫކުރާމީހުން ހިމަޔަތް ކުރުމުގެ މަސަކަތުގެ ބިންގާގެ ފުރަތަމަ ސީޓެވެ. އާހިރުގައި ނިމޭނީ މި ޤައުމު އިންޑިޔާއަށް ހަދިޔާ ކޮއްގެން. ލާދީނީ ހައްދު ފަހަނަ އަޅާފަވައިވާ ޤައުމު ފަސާދަ ކުރާ ޓެރަރިސްޓުން ނާމެދު ރިޕޯޓެއް ވެސް ހަދާބަލަ.

    6
    3
  11. ބުއްޅަބޭވެސް

    ވަގުތު ޓީމުން ކުރީ މުހިއްމު މަސައްކަތެއް.
    ނަމަވެސް ފުރަތަމަ ތި ރިޕޯޓް ފުކުހުންނަށް ހުށަހަޅައި އެކަމަށް ފިޔަވަޅު އަޅައި ނިމުމަށްފަހު ދެން ރިޕޯޓް ޕަބްލިޝްކުރިނަމަ އިންޒާރުދޭކަށް ބަޔަކު ނުތިބޭނެ.

    1
    1
  12. ށުމަން

    ތިބުނާ ހަރުކަށި ފިކުރަކީ ޜޫހާނީ ލީޑަރ ފަންޑު ކޮއް ބަލަހައްޓާ ބަޔެއްކަން ވ ސާފް ކޮއް އިނގޭ.. ސިޔާސީ ބޭނުމަށް ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ބޭނުން ކުރާ ޓޫލެއް އެއީ.

    3
    2
  13. ހަރުކަށިފިކުރު ނަސީދު

    ނުބެހޭ ކަންކަމުގެ ތެރެއަށް ބޭނޭނަމަ އިންޒާރު ދޭނެ.

    1
    3
    • ޢަދުރޭ

      އިސްލާމް ..ދީނަކީ .. މި .. ރާއްޖޭގެ .. އެންމެންގެ.. ވެސް .. ދީން.. އެއީ .. ހަމަ .. އެކަނި .. ފައިކުރި .. ބުރި ..ކޮށްފައި .. ތުބުޅިލާފަ ..މަތިމަސް .. ބާލައިގެން .. އުޅޭމީހުންގެ .. އެކަނި .. ދީނެއް .. ނޫން
      .އެއީ . ޥަޤުތު 26 .. ޓީމްގެ .. ވެސް .. ދީން. .. އަހަރުމެން.. އިސްލާމް .. ދީނުން .. ނެރެފަ .. އެއީ .. އަހަރުމެންނާ .. ނުބެހޭ. .ކަމަކަށް .. ހަދަން .. ބޭނުމިއްޔާ .. އަހަރުމެންނަށް .. ކޮންމެސް .. އެހެންގޮތެއް .. ދައްކާ.. ކޮންމެސް .. ދީނެއް. . ޢަހަރުމެންނަށްވެސް .. ދީ .. ! ތިހެން .. ނަހަދާ ... އިސްލާމްދީން ... އެއް ކޮށް .. އަތަށް .. ކަހާލާފަ.. ނުބުނޭ ... ތީ ... އިސްލާމްދީނާ .. ބެހޭ .. ބައެއް .. ނޫނޭ..

  14. ޟުހަންމަދު

    ޢަވަހަށް ކުރިއެރުން އަދި ބޮޑު އިނާމް ހޯދަން ބޭނުންނަމަ ޕީޕީއެމްއަށް އަދި ޔާމީން އަށް ހަޑި ހުތުރު ބަހުން ބަވާ! ޥަގަށް ގޮވާ،! ޢަބުރު ކަތިލާ !