މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 26 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 11 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހުން، ރިސޯޓްތަކުން 11 މީހުން އަދި ރާއްޖެ އިން ބޭރުން އައި އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 13 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،893 އަށް އަރާފައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވީ މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 13204 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 634 އެވެ. މީގެތެރެއިން 32 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ރާއްޖެ އިން 26 މީހުން ކޮވިޑް-19 އަށް ފައްސިވީ 2،901 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.