22:49

ކޮވިޑް-19: އިނގިރޭސިވިލާތުން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، އިތުރު 830 މަރު.

20:36

އަރުމޭނިއާގެ ރައީސް އާމެން ސަކިސިއަން ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:14

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯ (ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ)ދީފި.

17:46

15:32

ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒު ޚާނާއި ސުހައިލް ޚާނާއި އޭނާގެ ދަރިފުޅު ނިރުވާން ޚާން ކޮވިޑް-10ގެ އުސޫލުތަކާއި ޚިލާފުވުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފި.

15:10

ކޮވިޑް-19ގެ ސަބަބުން އިޓަލީގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި

11:44

ތުރުކީގެ ޤައުމީ އެއާލައިން ކަަމަށްވާ ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފި.

11:13

ކޮވިޑް-19: އިނގިރޭސިވިލާތުގެ މީހުން ޗުއްޓީއަށް ގައުމުން ބޭރަށް ދިއުން މަނާކޮށްފި.

09:25

މިހާރު ހުރި ވެކްސިންތަކުން ދެކުނު އެފްރިކާގައި ފެތުރޭ އާކޮވިޑް-19 އިން ސަލާމަތް ނުވެދާނެ!

01:43

ކޮވިޑް-19 އާ ގުޅިގެން އިންގްލޭންޑް ފުރަބަންދުކޮށް، ގެއިން ބޭރަށް ނުކުތުންމަނާކޮށްފި.


މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް ދިއުމަށް ފަހު މިއަދަކީ އަނެއްކާވެސް އަދަދު މަދުވި ދުވަހެވެ. މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވީ 11 މީހުންނެވެ. ނަމަވެސް މުޅި ރާއްޖެ އިން 26 މީހުން މިއަދު ފައްސިވިއެވެ.

މިއަދު މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހުން، ރިސޯޓްތަކުން 11 މީހުން އަދި ރާއްޖެ އިން ބޭރުން އައި އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 13 މީހުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ފައްސިވީ މީހުންގެ ޖުމްލަ ޢަދަދުވަނީ 13،893 އަށް އަރާފައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވީ މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 13204 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 634 އެވެ. މީގެތެރެއިން 32 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ރާއްޖެ އިން 26 މީހުން ކޮވިޑް-19 އަށް ފައްސިވީ 2،901 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.