އޮޅުވެލި ރިސޯޓުގެ ގެސްޓް ކޮޓަރިއެއްގައި ރޯވެ އަނދަމުން އެބަ ދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްްއެންޑީއެފް ލޯންޗް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިރޭ 12:25 ހާއިރު ކަމަށެވެ.

އެ ކޮޓަރީގައި އަލިފާން ރޯވުމާއިއެކު ރިސޯޓުގެ ސްޓާފުންގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ރިސޯޓްތަކުގައި ހިނގި އަލިފާނުގެ ތިން ވަނަ ހާދިސާއެވެ. ޑިސެމްބަރ 29 ވަނަ ދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓްގެ އިންޖީން ގޭގައި އަލިފާން ރޯވެ ވަނީ ގެއްލުންތަކެއް ވެފައެވެ. އޭގެ ކުރިން ޑިސެމްބަރ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.