މ. މުލިން ފުރައިގެން މާލެއަށް ދަތުރު ކުރި ސީ އެމްބިއުލާންސް ލޯންޗްއަކާއި، މާލެ އިން ފުރައިގެން ދަތުރު ކުރި ލޯންޗެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މިރޭ 1:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ އިތާފުށި ކައިރިންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މި އެކްސިޑެންޓްގައި ބައެއް މީހުންނަށް އެކި ވަރުގެ ގެއްލުން ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ސީއެމްބިއުލާންސްއިން ދަތުރު ކުރި އަށް މީހުންގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އަނެއް ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ލޯންޗް ކެޕްޓަންއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު އެކްސިންޓް ހިނގި ސަރަހައްދަށް އިތުރު ސީއެމްބިއުލާންސެއް ދަތުރު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބެ

    ބެލުންތެރިކަން އިތުރުކުރަންވީ ރަންގަޅުވާނެއޭރުން

    11
  2. ސަމްސިއްޔާ

    ކަނޑުދަތުރުކުރުމުގެ ޤަވާއިދުވެސް ބަދަލުކުރަންފެނޭ. ވަކިވަރަކަށްވުރެން ބާރަށް ދުއްވޭ އުޅަނދުފަހަރަށް ރޭގަނޑު ދުއްވޭނީ ރާޑަރ ހަރުކޮށްގެން އެކަނިކަމަށް.