ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

އަދި މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ގެންދަނީ ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ ކަމަށް ވިދާޅުވެ ވާހަކަދައްމުންނެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބު ވީހާސް އަވަހަށް ބޭއްްވުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަަމަ، އެކަން ކުރުން މުހިންމު ކަމުގައި އެމަނިކުފާނު ދެކޭ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމީ މިއަދު އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ވިދާޅުވީ، ފެބްރުއަރީ ތިނަކާއި ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން ހިނގައްޖެނަމަ މާރިޗް ހައެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް މީގެ ކުރިންވެސް ޝަރީފް ވިދާޅުވިއެވެ.، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ އޭނާ ކުރިން ވިދާޅުވެފައި ވެއެވެ. އަދި އިންތިހާބު ބޭއްވުމަށް ބަޖެޓު ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މަސްއޫދު

  މި ދޮގުހަދާ ކަލޭގެ އަޑީގައިހުރެގެން ކައުންސިލް އިންތިޚާބު ލަސްކުރުމަށް މަސައްކަތްކުރަނީ! ރައްޔިތުންނަށް އެހެންމޫނެއް ދެއްކުމަށް ޓުއިޓުގައި ތަފާތުވާހަކައެއް ދައްކަނީ! މި ދޮގުހަދާ ކަލޭގެ ދައްކާ ވާހަކަ ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ! ކޮންމެ އިރަކުން ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ ރައްޔިތުން ވޯޓުން ބަލިކުރާނެ!

  21
  1
 2. ސުލޭމާނު ؟5 ޖެނުއަރީ ؟2021

  އެއްގޮތަކަވެސް ކައުންސިލްއިންތިހާބުވެސްބައްވާނެކަ މެނެ ތިއިތްޗެހިހަދާނެގޮތެ ހަދަން ރައްޔިތުންނަ ހަދާނެހާ ގޮތެހަދާ ކޮމެގޮހެޔަސްއަރެމެންގެ ވޯޓު އެމްޑީޕީ މީހުންނަކައަހަރެމެން ޖަހާސަލާމެ އަޑެނުއިވެ އެމީހުތްޖަހާ ސަލާމެވެސް އަހަރެމެންނަކަނުއިވޭނެ އަހަރެމެންނަކީ ނިކަމެތިންނަ ހަދާފަތިބެނީ ނިކަމެންކާރިޔަކަމުސަދިން އަންނާކަތްނުޖެހޭނެ

  15
  1
 3. ނާޅި

  ރިޔާސީ އިންތިހާބު، ރައްޔިތުންގެ މަޖިލިސް އިންތިހާބު، ރަށު ކަތީބުންގެ މަޖިލިސް އިންތިހާބު މި ތިން އިންތިހާބުވެސް އެއްދުވަހެއްގައި ބާއްވަންވީ ހަރަދު ކުޑަވަނެ ގަތު ސަލަމަތްވަނެ 2023 ގައި ބޭއްވީމާ !

 4. ބަބުރުންޖީ

  ދޮގުހެދުމުން ޕްރޮފެސަރެއްގެ ލަގަބު ލިބިފައި ހުރި މާޅޮހެއް ދައްކާ ވާހަކަ މި ޖީލުގެ މީހުން ގަބޫލެއް ނުކުރާނެ. 21 ވަނަ ގަރުނަށް އަލިވިލުނުއިރު ފީވެފައި އޮތް މީދާކޭ އުނބަކު ދައްކާ ވާހަކައަށް ހެއްލޭނެ މީހުން ނުތިބޭނެ. ކައިރީގައި އުޅޭ އައުވާނުންނަށާއި ބާގައިގެ މީހުންނަށް މިޖެހެނީ އަބަދާއަބަދު މީނާއަކީ މުސްލިމެއްކަން ސާބިތުކޮށްދޭން މަސައްކަތްކުރަން.

  10
 5. ރާޙަތު

  ކޮވިޑްގެ ޙާލަތު އެތަކެއްގުނަޔަށް ބޮޑުވެފައިވާ ދަނޑިވަޅުގައި އެމެރިކާ ، އިންޑިޔާ ، ސްރީލަންކާ ފަދަ ޤަވްމުތަކުގައި ބައިބޯކޮށް އިންތިޚާބުބޭއްވިއިރު މިރާއްޖޭގައި އިންތިޚާބު ނުބޭއްވުމަށް ކޮވިޑު ސަބަބަކަށްހެދުން އެއީ ސަރުކާރުގެ ލަދު ފޮރުވަން ހިންގާ ޖަރީމާއެކެވެ. ކިތަންމެވަރަކަށް ދެންމިއަސް އިންޝާއަﷲ ސަރުކާރު ބޮޑުތަނުން ވަނީ ފެއިލްވެފައެވެ. އިންތިޚާބުންވެސް ބޮޑުތަނުން ސަރުކާރު ބަލިކުރުމަކީ ރައްޔިތުުންގެ ޢަޒުމެވެ. އިރާދަފުޅާއެކު މި މަންޒަރު ފެންނާނެއެވެ.

 6. ބެއްޔާ

  އޭގެ މާނައަކީ ކައުންސިލް އިންތިޚާބު ލަސްކުރަންޖެހޭކަން. ނަޝީދަކީ އަބަދުވެސް އިދިކޮޅަށް ވާހަކަ ދައްކާމީހެއް.

  12
 7. އަޙްމަދް

  ޢުމަރު ނަޞީރު ވިދާޅުވިއެވެ.
  ސިޔާސީ ޖާހިލުންގެ އަތްމައްޗައް ޤައުމުދޫކޮއްނުލާށެވެ

  8
  1
 8. އަޙްމަދު

  ކޮން ކައުންސިލް އިންތިހާބެއް ނުބޭއްވިގެން އުޅޭބައެއްތަ! ކަތީބުން ލާފައި ބާއްތިއްބާ!!! އޭރުން ކަލޭމެން ބޭނުންބަޔަކު ލައިގެން ހިންގިދާނެ ނޫންތޯ!

 9. ރައްޔިތުން

  އެއްކޮޅުން ގުޑުވާލީ މާ އަނެއްކޮޅުން ހައްލާލާ. މެދަށްލާ ފިއްތާލީ މާ ވެސް މިވާގޮތެއް ނޭގި ބިއްޖެހިފާ އެން މެން ތިބެނީ

 10. އެލެކުސް

  އެބުނީ ނުބާއްވާށޭ ވަރަށްސާފު ބަހުން ވަލްހަ މްދު ލިއއލާހި

 11. ހަވާސާ އިބޫ

  ޔަގީނުންވެސް ލަސްކުރަންއެނިންމީ: މި ދޮގުހަދާ ކަލޭގެ އަތުގައި ދޮގުހެދުމުގެ ޕީއެޗުޑީ އޮވޭ އަޑީގައިހުރެގެން ކައުންސިލް އިންތިޚާބު ލަސްކުރީ! ޔާﷲ އަންނިގެ މިބަލާވެރިކަމުން މިގައުމާއި ދިވެހިރައްޔަތުން ސަލާމަތްކުރައްވާށީ އާމީން

 12. ސަޅި

  ދޮގެއްހެދެން އޮއްވަކާ ތެދެއް ނަހަދާނެ ހުރިނަސޭހަތެއް ދެއްވާފަ ދައްކަވާހަކަސަޅި މިމަރުނުވާނެ ކަމަށް ބަލާ އަދި ހެއްދެވިފަރާތެއްވެސް ވާކަން ޤަބޫް ނުކުރާމީހން ތެދެއްނަހަދާނެ . ބަލަމިހާރު ކަލޭމެން ދައްކާވާހަކަ ޤަބޫލެއްނުރުކާނެ މިހަމަރޭވިގރން ހިންގާ ޢަމަލެއް ކައުންސިލްއިންތިޙާބްގެ ޔަޤީންކަންނެތުމުން ޖަހާޗައްކަރުކަން ރައްޔިތުންނަށް އެގޭބަލަ. އެމް.ޑީ.ޕީ އިން ބިލެއްފާސްކުރަން ބޭނުންނަމަ ހޭލާތިގެން މަޖިލީހުން މީހުންބޭރުކޮށްފަވެސް އެކަމެއްކުރާނެކަންއެގޭ މިކަންނުކުރެވޭނީކީވެތޯ.

 13. އަގަ

  ކަލޭ ބުނެގެން ލަސްކުރީ، ޑިމޮކުރަސީއޭ ކިަޔައިގެން، ލާމަރުކަޒީއޭ ކިަޔއިެގްނ މިގައުމު ހަލާކުކޮށްފިޔޭ، އޭ ދާންއުޅޭ