ސަން ސިޔާމްގެ އޮޅުވެލި ރިސޯޓްގައި ރޯވެ ދެކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެރިސޯޓްގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި ކަމަށެވެ. ހަތަރު ކޮޓަރީގެ ތެރެއިން ދެކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 12:25 ހާއިރު ކަމަށެވެ.

އަލިފާން ރޯވުމާއިއެކު ރިސޯޓުގެ ސްޓާފުންގެ މަސައްކަތުން އަލިފާންގަނޑު އެއްކޮށް ވަނީ ކޮންޓްރޯލްކޮށްފައެވެ.

އޮޅުވެލި ރިސޯޓަކީ މެދުފަންތީގެ ރިސޯޓެކެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ރިސޯޓްތަކުގައި ހިނގި އަލިފާނުގެ ތިން ވަނަ ހާދިސާއެވެ. ޑިސެމްބަރ 29 ވަނަ ދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓްގެ އިންޖީން ގޭގައި އަލިފާން ރޯވެ ވަނީ ގެއްލުންތަކެއް ވެފައެވެ. އޭގެ ކުރިން ޑިސެމްބަރ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅަބޭ

    ސަން ޓުރެވެލް ޝިޔާމު ތަންކޮޅެއް ގަވައިދުން މުވަޒަފުންނައް އެމީހުނައް ހައްގުވާ މުސާރަޔާ ސާވިސްޗާޖާ އެލަވަންސްތައް ހަމައައް ދޭނަމަ، ތި ރޯވުންތައް ތަންކޮޅެއް މަދުވާނެ.

  2. ަައަބޯ

    ޅަބޭކަލޭގެ އެއްވެސް ޙައްގެއް ޝިޔާމުނުދެއްވާ ހިފޭހެއްޓިތޯ އަނހާލަންވަރައްބޭނުން އެއްވެސް ޙަގެއް ނުދީއޮތްނަމަ ސާބިތު ހެއްކާއި، ޤަރީނާ އާއިއެކު ނުލިބި ވާޙިއްޤުހޯދަންމަސައްކަތް ކުރުމަކީ ތިފަރާތުގެ ޒިންމާއެއް ވީމާ، ފާޑުފާޑުގެ އަނގަނާވާ ދާންޖެހޭމަގުންކުރިއަށްދިއުން ބުއްދިވެރިވާނެކަމަށް ފެނެ!

    1
    7
    • ގާޒީރިސްވަތުނަގައިންއިނދެ ވިދާޅުވަނީ

      ސިޔާމު ގާތުން އައްސަވާ 20 ޑޮލަ ރުތޯ ސާވިސްޗާޖައް ޖެހެނީ އެހެންވިއްޔާ އަނގަނާ ހައްގު އަދާކުޜޭ ދެންވެސް މުވައްޒަފުން ކިހާ ރަނގަޅު މިހު ރިހާދުވަހު ކުންފުނި ކުޜިއަޜުވަން ކިހާމަސަތްކަތެއް ކޮއްދީފި ނަމަވެސް ލޮކްޑައުނާ ގުޅިގެން ނުކެ ރުނު 6 މަހުގެ މުސާޜަދޭން 22.000 ވަޒީފާ މުޅިއިންޑަސްޓް ރީން ނެތިދިޔައީ

  3. ޢަލީޖުނައިދު

    މުޅިންވެސް ސާވިސްޗާޖު ނުދޭ ތަންތާ ހިނގާފަހު ރި ހާދިސާ މީލައްކަ ވާހަކަ

  4. ޑައިވަރޭ

    އެންމެ ދުވަސްވީ މުސްކުޅި ރޫމްބަރީގައި ރޯވުން މިއީ އިއްތިފާގެއްބާ؟؟