ރޭ މ. މުލިން ފުރައިގެން ދިޔަ ސީއެމްބިއުލާންސް އަކާއި މާލެއިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ޖެެހި ހިނގި އެެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މި އެެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އަންނަނީ އައިޖީއެެމްއެެޗްގައި ފަރުވާ ދެމުންނެެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެެޗްގެެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އެެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެެ.
އެގޮތުން މި ތިން މީހުންގެ ތެރެއިން އަނިޔާވެގެން ގެނައި 43 އަހަރުގެ ދިވެެހި ފިރިހެނަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން ކަމަށާއި އިތުރު ދެމީހުންނަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށް އޭޭނާ ވިދާޅުވިއެެވެެ. އޭޭނާ އިތުރަށް ވިދާޅުވީ، ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކުރަން ނޭގޭޭ ކަމަށެެވެ.
ރޭ 1:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ އިތާފުށި ކައިރިންނެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސީއެެމްބިއުލާންސް ލޯންޗާއި ޖެެހި އެކްސިޑެންޓު ވެފައި ވަނީ، މާލެ އާއި ފ. ފީއައްޔާ ދެެމެދު ދަތުރުކުރަމުން އަންނަ "ޑްރީމް" ނަަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
ސީއެމްބިއުލާންސްއިން ދަތުރު ކުރި އަށް މީހުންގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އަދި ޑްރީމް ނަމަކަށް ކިޔާ ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ލޯންޗް ކެޕްޓަންއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަަކޮށްފައެވެ.
މީހަމަ ބަލާވެރި ސަރުކާރެއް! މުޞީބާތުން ފުރިގެންވާ ވަގު ސަރުކާރެއް! 17 ނޮވެންބަރ 2018 ން މިއަދާ ހަމަޔަށްވެސް މިފަދަ މުޞީބާތެއް ނުހިނގާ ދުވަހެއް ނާދޭ!
ތީ ހަމަ ތެދެއް ސި ރާތު. ސި ރާތު އައް ކިޔޭނުކިޔޭވެސް ނޭނގޭން ފެށީ މިސަ ރުކު އައިފަހުން! ދޯ ސި ރާތޫ (:
ކަނޑު ކުޑައީ ބޮޑު ނޫކުލާގެ ލައިޓެއް މަތީގަ އެބު ރޭ އި ރުވެސް ނުފެންނަނީ ދެލޯކަނުވީމަ🚔🚑އެމަގެންސީގަ ދަތު ރު ކު ރާ އުޅަދުތަކަ ތަންދޭންޖެހޭ
އަނިޔާވި މީހުންނަށް މާތްﷲ އަވަސް ޝިފާ.ދެއްވާާށިި. އާމީން.
ގަޑިއަކު 30 ނޯޓިކަލް މައިލްއަށް ވުރެން ބާރަށްދުއްވޭ އުޅަނދުތައް ރޭގަނޑު ދުއްވާނަމަ ރާޑަރ ހަރުކުރަން މަގުބޫރު ކުރަންވީ. މީގެ ކުރިންވެސް ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި.
ސީ އެންބިއުލާންސްގަ އެއްގަމު އެންބިއުލާންސްގަ ހުންނަ ކަހަލަ ސައިރަން ލައިޓް ސިސްޓެމް ހުންނަން ޖެހޭކަމަށްފެނޭ
ލައިޓު ދިއްލާފަ ހުއްޓާ ގޮސް އެ ރީ
ސަރުކާރު ސަރުކާރު ސަރުކާރު.. ލޯންޗެއް ދުއްވިޔަސް ކާރެއް ދުއްވިޔަސް ދުފާ ކުޅުގަނޑެއް ޖެހިޔަސް ސަރުކާރު... ބަލަ ކޮމެންޓު ލިޔުނަސް ތިވަރު ތަންކޮޅެއް ބޮޑު..