(އައްޑޫ ސިޓީ، މަރަދޫ) ކޮންމެ އަހަރަކު ސެޕްޓެމްބަރު 27 ގައި ފާހަގަ ކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް މި އަހަރު ބާއްވާނީ އައްޑޫ ސިޓީގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި މިއަދު ހެނދުނު ވަނީ ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ" ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޮޑު ހަރަކާތެއް ފަށައިފައެވެ.

ޑައިވިންގެ ބޮޑު ހަރަކާތެއް ފެށުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް މިހާތަނަށް ވެސް އައްޑޫގައި ނުބާއްވާ ކަން ފާހަގަކުރައްވައިފައެވެ.

"ރާއްޖޭގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ވަރަށް ކުލަ ގަދަކޮށް. އެކަމަކު އައްޑޫގައި އަދި ބާއްވާފައެއް ނުވޭ، އަޅުގަނޑު، އައްޑޫ ރައްޔިތުންގެ ފަރާތުން އެދެނީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގެ ބޮޑު ބައެއް މި އައްޑޫގައި ބޭއްވުމުގެ ޝަރަފު ހޯދައިދޭން." ސޯބެ ވިދާޅުވިއެވެ.

"ބްރިޓިޝް ލޯޔަލްޓީ" ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
"ބްރިޓިޝް ލޯޔަލްޓީ" ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ފަރާތުން އައްޑޫގެ މޭޔަރު ސޯދިގް ދެއްވި ދައުވަތު ބަލައިގަންނަ ކަމަށެވެ. އަދި މި އަހަރު ފާހަގަކުރާނެ ފަތުރުވެރި ކަމުގެ ދުވަހުގެ ހަރަކާތްތަކުގެ މައި ހަރަކާތްތައް އޮންނާނީ އައްޑޫގައި ކަމަށް މިނިސްޓަރު އިއުލާން ކުރެއްވިއެވެ.

"އައްޑޫ ސިޓީގެ މޭޔަރު އަޅުގަނޑުމެންނަށް މި ދިން ދައުވަތު ބަލައިގަނެ، މި އަހަރު ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް އޮންނާނީ މި އައްޑޫ ސިޓީގައި،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މި ހަރަކާތަކީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އިނގިރޭސިންގެ ދިރިއުޅުމުގެ ނިޝާންތައް އައްޑޫގައި އޮތް ކަން އެ ގައުމަށާއި އެ ގައުމުގެ ފަންނުވެރިންނަށާއި ޑައިވަރުންނަށާއި ފަތުރުވެރިންނަށް އިޝްތިހާރު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މި ކަން ވެސް ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންގެ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ހެދުން ކަމަށެވެ. މި ގޮތުން އާންމު ގޮތެއްގައި "ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން" ޝިއާރަކަށް ކިޔައި އުޅުނު ނަމަވެސް "އައްޑޫ މީހާގެ ޖީބަށް ޕައުންޑް ވެއްދުން" ވެސް އަމާޒަށް ހެދި ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަރަކާތުގެ ހިޔާލު ވުޖޫދު ކުރި ބޭފުޅަކީ އައްޑޫގައި ޑައިވިން ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ ހުސައިން މުފީދެވެ. މިނިސްޓަރު މައުސޫމާއި އައްޑޫ މޭޔަރު ސޯދިގް ވެސް ވަނީ އައްޑޫގައި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެ ހިޔާލު ވުޖޫދުކޮށް އޭނާގެ އިސްނެގުމުގެ މަތިން އެފަދަ ހަރަކާތްތައް ރޭވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނިޔާ

    އައްޑޫރައްޔިތުން ގަޅާފުލުގައި ލާން ރަގަޅު ގޮތެއް ތީ!

    14
    1
  2. ވަހުތާނު އަހުމަދު

    ކީއްވެބާ މަލިކުގަބާއްވަންނުނިން މީ ؟؟؟

    19
  3. ސިދާތާގެ ބެޑްސީޓް

    މީ އައްޑޫ މީހުން ހައްދަން ސަރުކާރުން ޖަހާ މަޅި ވޯޓާދިމާކޮށް ކަމެއް ބޭނުންވީމާ އައްޑޫ މީހުންނަށް ވަރަށް ރަގަޅުވާނެ

    24
  4. ރާއްޖެ

    އެންމެ ފަސޭހައިން ޗިޕް ޖެހޭނީ އައްޑޫ މީހުންގެ ބޮލަށް. އިންތިހާބެއް ގާތް ވޭ އެބަ.

    26
  5. Anonymous

    އިންތިހާބަށް އައްޑޫމީހުން ހެއްދަނީ

    ދެންބުނޭ ދޮންދީނި އުދުހެއޭ

    23
  6. އަޙްމަދު

    ވަރަށް ރަނގަޅު ކަމެއް! އައްޑޫ އަތޮޅުގައި ހުރި ރިސޯޓްތަކާއި ގެސްޓް ހައުސްތައް ފުރި ބަންޑުންވަނީ! ތިކަން ފާހަނގަ ކުރަން އެންމެ ރަނގަޅީ އައްޑޫ!!!

    21
    1
    • ޤައުމަށްޤައްދާރު

      އައްޑޫ އެއަރޕޯރޓުވެސް ފުލައިޓްތައް ފުރި ބަނޑުންވަނީ!

      10
      1
  7. ޑައިވަރޭ

    މިއީ ތާކުންތާކުޖެހޭ ނިންމުމެއް ކަމަކަށް ނުފެނޭ، އައްޑޫއަށް ވުރެން ގިނަ ޓޫރިސްޓުން ދަނީ ހުވަދޫއަށް ސޯ ވައި ނޮޓް އިން ހުވަދޫ؟ އައްޑޫކުދިން ގޯނިފުލައް ލާން ދޯ؟؟

    26
    1
  8. ތުއްތަ

    އަބަދުވެސް ލައްގާނީ ލައްގާ ހުރަޔަށް

  9. ކޮވިޑް

    " ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް މި އަހަރު އޮންނާނީ އައްޑޫގައި: މިނިސްޓަރު " އިންތިހާބެއްގެ ވާހަކަ ފޯރި ގަދަވާހެން ހީވާއިރަށް އަށްޑޫމީހުން ގޯނި ފުލަށް ޕަކާސް. އައްޑޫ މީހުން ހަމަ މިހާގަޅީތަ؟

    11
    1
  10. ކޮވިޑް

    އައްޑޫ މީހުން ނޭ ގަޅި ހެއްދޭނީ، އެންވެދޯ އެކަން އެކުރަނީ އައްޑޫ މީހުންގެ ހިރި ފެންވަރު ފެންނާނެތާ ދެން . ގަޅި އައްޑޫ

    9
    1
  11. ގޮނޑި ކޮއްކޮ ސަރުކާރު

    ތިޔޮތީ ވެފައެއްނު. ހަރަކާތް ބާއްވާ ސަރުކާރުން ހަރަކާތް ބާއްވާތީ އައްޑޫ މީހުން ދެމިޔަކަނުން ހެވިފަ ތިބޭ. އޮންލީ ހަރަކާތް ނޯ ޕްރޮޖެކްޓްސް. ލޮލް. ވަރަށް ފަސޭހައިން ބޯކާލެވޭ ބައެއް އަދި ހެއްދޭ ބައެއް.

  12. ސަލާ

    އެއްކަމެއް ނުވިޔަސް މިކަހަލަ ކަންކަން ކުރަން އައްޑޫމީހުން ނިކަން ފޯރިހުންނާނެ. ހިތުން އެންމެ މޮޅުމީހުން، ކަމުން އެންމެ ދޯހަޅި މީހުން، ތަރައްގީއެއް ތަހުޒީބެއްނައިސް ވަޅުވަދެފައިވާ އަތޮޅެއް.
    މިއަދު ހއ މީހަކު އައިސް މަލާމާތާއި ފުރައްސާރަކޮށްފައި ދިޔައިމާވެސް ތިބެގެން ބާރަށް އަތްޖަހަނީ.