ލޯކަލް ކައުންސިލް އިންތިހާބުު ފަސްކޮށްފައި ސަރުކާރުން ކުރަމުން އަންނަނީ "ޚުދުމުހުތާރު" ވެެރިކަމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުގެެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްް ވިދާޅުވެއްޖެ އެެވެ.

އާދަމް ޝަރީފް ރޭޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ލާމަރުކަޒީ އުސޫލުތައް ތަންފީޒު ކުރުމަށް މިހާރުު ތިއްބެެވި ކައުންސިލަރުންނަކީ ބާރުތައް ހަނިކުރެވިފައިވާ ބައެއް ކަމަށެެވެެ. މިހާރު ތިއްބެެވި ކައުންސިލަރުންނަކީ ސަރުކާރު ނުރުހިއްޖެ ނަމަ ވަކިކުރެވޭ ގޮތަށް "މޮހޮނަށް އޮޑި" ދިން ފަދައިން ތިބި ބައެއް ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި މިހިނގަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ މާޗު މަހުގެ ހަވަނަ ދުވަހު ނުބޭއްވޭނެެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެެ. އިލެކްޝަން ކޮމިޝަނުން މިހެން ނިންމާފައި ވަނީ ކައުންސިލް އިންތިހާބު ބާއްވާ ކަމަށްވާނަމަ މިހާރު ފެތުުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮއްވާ އިންތިހާބު ނުބޭއްވޭނެ ކަމަށް އެެކޮމިޝަނުން ތަކުރާރުކޮށް ވިދާޅުވަމުން އަންނަނިކޮށް އަންނަ މަހުގެެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުުރުކުރުމާއި ގުޅިގެންނެެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބާއްވާ ކަމަށް ވާނަމަ ދެން ޖެހޭނީ ގާނޫނަށް އިސްލާހު ގެންނާށެެވެެ. ރައްޔިތުުންގެ މަޖިލީހުުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ރޭ ވަނީ ކުރިން ކަނޑައެެޅިފައިވާ މުއްދަތުގައި އިންތިހާބު ބޭއްވުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވެެފައި ވަނީ، މިހާރު އޮތް ގާނޫނުގެ ތެރެއިން އިންތިހާބު ބާއްވާ ކަމަށްވާނަަމަ ކުއްލި ނުރައްކަލުގެެ ހާލަތު އިންތިހާބު ބާއްވާ ތާރީހުގެެ، މަދުވެގެން ދެމަސް ކުރިން އުވާލެވެން ޖެެހޭނެެ ކަމަށެވެެ.

އިދިކޮޅުން އަންނަނީ އިންތިހާބު ނުބޭއްވޭނެކަން ހާމަކުރުމުން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެެން ނަމަވެސް އިންތިހާބު ބޭއްވުމަށް ޤާނޫނަށް ބަދަލު ގެނައުމަށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވގ ޔނ

    ތިކަން އެންމެ ފުރަތަމަކުރީ ދޮޅިއާދަނުމެން ދޮިޅއާދަނުމެންނުކުރާ ކަމެއް އަދި މިގިއުމަކު އެހެން މީހަކައް ނުކުރެވޭ

  2. ޒީރޯ ޓޮަލަރަންސް

    އެމެރިކާގަވެސް އިންތިޚާބު ފަހެއްނުކުރޭ؟ އިންތިޚާބު ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް. ގައުމުއޮތީ އިރާދަކުރެއްވީތީ الله سبحانه وتعالى ގެ ތަނަސް ރަޙުމަތުން އާދައިގެ ހާލަތުގަ.