ނިރުބަވެރި ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތައް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅައިފައިވާ ލިސްޓަށް ބަދަލު ނުގެނައުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، 2019 ވަނަ އަހަރުގެ އޮކްޓޯބަރު 31 ގައި ރައީސް ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، މުރާޖަޢާ ކުރުމަށްފަހު، އެ ލިސްޓުތަކަށް އުނިއިތުރެއް ގެނައުމަށް މިހާރަށް ނުފެންނަ ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާ ކަމަށެވެ.

އެހެންވެ އެ ތާރީޚުގައި ކަނޑައަޅައިފައިވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން، ރައީސް ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާންމުކުރާ ކަމަށް އެ އެއިއުލާނުގައި ވެއެވެ.

ޓެރަރިސްޓް ޖަމާޢަތްތައް

1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

2. އަލް ޤައިދާ

3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

4. ލަޝްކަރޭ ޠައިބާ

5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

7. އަބޫ ސައްޔާފް ގްރޫޕް

8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް

9. އަލް ޝަބާބް

10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

13. ޖައިޝޭ މުޙައްމަދު

14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

16. ޖަމާޢަތު މިއްލަތޭ އިބްރާހީމް

17. ވިލާޔަތް އަލް ސޭލާނީ

18. ހައިއަތު ތަހްރީރު އަލް ޝާމް

19. ހުއްރާސް އައް ދީން

ހަނގުރާމަވެރި ސަރަޙައްދުތައް

ސީރިޔާގެ ހުރިހާ ސަރަޙައްދެއް

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  😤

 2. Who

  😤😤😤😤😤

 3. މޯދީ

  އައިސިސްގެ ލީޑަރ ރާއްޖޭގައި ސިޔާސީ ޓްވީޓް ކުރަން އުޅެނީ..

  4
  1
 4. ބަޑިއެދުރު

  އިޔާޒްމެން ވަރަށް ކޯފާވާނެ..

  5
  3
 5. ހުސޭނުބޭ

  20- ސާކް ސަމިޓް ބޭއްވިއްޔަނުދޭން މާލޭގައި ބޮންގޮއްވި މީހުން
  21- އިސްލާމީ މަރުކަޒު ގޮއްވާލާފައި އެތަނުގައި ފައްޅިއެއް އަޅަން ރޭވި މީހުން

  މިއީ ސޯލިބެޔަށް ހަދާންނެތިގެން ތި ލިސްޓުގައި ނުލިޔެވި ހުރި ބަޔެއް!