އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު ނުވަތަ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އިމްރާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިސްލާހު އޭނާ ހުށަހެޅުއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގެ ހިމެނޭ ދީނީ އިލްމުވެރިންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ޕާޓީގެ ދުސްތޫރުގައިވާ ގޮތުގެ މަތިން މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާ އެކު ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ލިޔުއްވާފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ޝަރުތުގެ ތެރޭގައި ފިރިހެނަކަށް ވުން ހިމަނާފައި އޮތީ ދީނީ ގޮތުން ލާޒިމު ކުރާ ކަމަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުން ބޭނުން ވަނީ އެ ގޮތަށް ކަމަށް ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް އޭރު ފެނިވަޑައިގަތުމުން ކަމަށެވެ.

"މި ވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރާއި ބަލައި ޕާޓީ އިތުރަށް ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހި ކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށަހަޅައިފިން،" އިމްރާން ލިޔުއްވާފައިވެއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި އެ ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން އެ ޕާޓީއަށް ފިޔަވަޅު އެޅުމުގެ އަޑުތައް ވެސް މި ދޭތެރެއިން ގަދަވިއެވެ. އަދި އެ ޕާޓީގެ ބައެއް އާންމު މެންބަރުން ވެސް އެކި ކަންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އީސީއިން ވަނީ އޭގެ ފަހުން އަދާލަތުގެ ލީޑާޝިޕްއާ ބައްދަލު ކުރައްވައި އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އަބިދަރީންވެސް ގުރުބާންކުރާނެ ދުނިޔެއަށްޓަކައި

  23
 2. ޅަބޭ

  ތި އަދާލަތު ޕާޓީތެރޭ ދެޖިންސު މަސާޖުކުރާ ޕާލާއެއް ހުޅުވިޔަސް މަ ހައިރާނެއް ނުވާނެ.

  29
  2
 3. ޙހހހ

  ތިޔަ އުޅެނީ އަނބިކަނބަލުންނަށް އެމަޤާމް ދެންތޯ ، މަކަ ރުވެރިޔާ

  22
  2
 4. ީކައި

  ތިޔައީ ނަމަކަށް އޮންނަ ޕާޓީ އެއް ދޯ ސަރުކާރަށް ބޭކާރު ހަރަދެއް. އިންތިހާބެއްގަ ނެތް ކާމިޔާބީ އެއް ލިބިފަވެސް

  20
  1
 5. ނާޅި

  ސުއްނަތް ޖަމާޢަތުގެ ޢިލްމު ވެރިން އިއްތިފާޤު ވެލައްވަނީ ޖަމާޢަތެއްގައި ފިރިހެނުންނާއި އަންހެނުން ތިބިނަމަ އިމާމް ކަމަށް ފިރިހެނަކު އިސްކުރުމަށް، އެޖަމާއަތުގައި ތިބީ ހުސް އަންހެނުން ކަމުގައިވާނަމަ އަންހެން ބޭކަބަލަކު އިމާމު ވެ ހުރުމަށް ! ރާއްޖޭގެ ޤާނޫނީ މަސްދަރަކީ އިސްލާމް ދީން ޢަދި ސުއްނަތް ޖަމާޢަތުގެ ޢިލްމުވެރިން އެކަމެއްގައި ބުރަވެ ލައްވާ ގޮތް !

  31
  1
 6. ލލ

  ޢަދާލަތުންވެސް ގޯސްކޮށް ކަމެއް ކޮށްފިއްޔާ އެވާނީ ހަމަ ގޯސްކަމަކަށް ! ތިޔައީ ގޯސްކޮށް ކުރާކަމެއް !

  18
 7. މުހުންމާ

  ދުނިޔެއަށްޓަކައި އާހިރަތް ވިއްކާލި މީހުންގެ ޕާޓީ. ތިމާމެން ފޭހުނު އިލޮށި ތިވަންނަނީ ތިމާމެންގެ ލޮލަށް. ދެންތިބޭ ބިކިނީގައި ތިބި ކުދިންނާއި އެކު ވައްމޭޒު ޖަލްސާހަދަން ތައްޔާރަށް.
  އަނެއްދިވެހިރާއްޖޭގެ އިލްމްވެރިންގެ ޕާޓީވެސް ތަފާތުވާނެ.

  8
  1
 8. ޛިންސް

  ބަލަ ހުރިހައި ޖިންސަކަށް ކުރިމަތި ލެވޭގޮތް ހަދަނީ ކަމުގައިވަނީނަމަ އަންހެނުންނާ ފިރިހެނުން އަދި ޚުންސާ ވެސް ހިމެނެން ޖެހޭނެ އެއިރުން ޢަދާލަތު ތިކަމުގައި ހިމެނިގެންދިޔަކަމަށްވާނީ