ހެެންވޭރު ގެއެއްގެ ތެރޭގައި އެއްޖިންސުން ގުޅުންހިންގަން ތިއްބާ ބަޔަކު ހައްރުކުރި ކަމަށް ދައުރުވަމުން އަންނަ ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

އޮންލައިން ނޫސް "ދިޔަރެސް" އިން މިއަދު ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ ހެންވޭރުގައި ހުންނަ ފަޅުގެއެއްގެ ތެރޭގައި ދެެ ފިރިހަނަކު ލިވާތުކުރަން ތިއްބާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއއީ މީގެ ދެ ދުވަސް ކުރިން ހިނގާފައިވާ ކަމެއް ކަމަށާއި، އެކަން އެ ނޫހަށް ހިއްސާކޮށްފައި ވަނީ މަންޒަރު ދުށް މީހުން ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއް ކުރަން ތިއްބާ ބަޔަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. "ދިޔަރެެސް" ނޫހުން "ހެންވޭރު ފަޅު ގޯއްޗެއްގައި ލިވާތުކުރަން ތިއްބާ ދެ ފިރިހަނަކު ހައްޔަރުކޮށްފި" މި ސުރުހީގެ ދަށުން ގެނެސްފައިވާ ޙަބަރު ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ފުުލުހުން ހާމަކޮށްފައިވާގޮތުގައި އެެވަގުތު އެ ސަރަހައްދުން ހައްޔަރުކޮށްފައިވާ ދެމީހުންްނަކީ މަސްތުވާތަކެތީގެެ މައްސަލައެއްގައި ހައްޔަރުކުރި ބައެކެވެ.