(އައްޑޫ ސިޓީ، މަރަދޫ) އައްޑޫ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރުގެ ބަދަލުގައި ޕައުންޑުވެސް ވައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގިރޭސި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ" ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބޮޑު އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތުގައި ތަފާތު ގޮތްގޮތަށް ގުނާލެވޭ ބައެއް ކަމަށެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް، އެއްވެސް ހުރަހަކާއި ނުލައި ވައިގެ މަގުން ގަން އެއާޕޯޓަށް ފަތުރުވެރިން ޖެއްސުމުގެ މަގު ހުޅުވުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް މިނިސްޓްރީން ކުރަމުން ދާކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.
މި ގޮތުން އާންމު ގޮތެއްގައި "ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން" ޝިއާރަކަށް ކިޔައި އުޅުނު ނަމަވެސް "އައްޑޫ މީހާގެ ޖީބަށް ޕައުންޑް ވެއްދުން" ވެސް އަމާޒަށް ހެދި ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާންމުކޮށް ކިޔާއިރު ކިޔަނީ ރައްޔިތުންގެ ޖީބުތަކަށް ޑޮލަރު ވަންނަ ވާހަކަ. އެހެންނަމަވެސް އައްޑޫ ސިޓީގެ އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނެއޭ އިރާދަކުރެއްވީއާ." ޑރ. މައުސޫމް ވިދާޅުވިއެވެ.
މި ހަރަކާތަކީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އިނގިރޭސިންގެ ދިރިއުޅުމުގެ ނިޝާންތައް އައްޑޫގައި އޮތް ކަން އެ ގައުމަށާއި، ގައުމުގެ ފަންނުވެރިންނަށާއި ޑައިވަރުންނަށާއި ފަތުރުވެރިންނަށް އިޝްތިހާރު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
މި ކަން ވެސް ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ރައްޔިތުންގެ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ހެދުން ކަމަށެވެ.
މައުސޫމަށް ކިޔާނެއެއްޗެއްކިޔިދާނެ އެކަމަކު އެއްޑޫމީހުންގެ ޖީބަށް ދެން ޕައުންޑް ވަންނާނެ ދުވަހެއް ނުގެނެވޭނެ.
ކަލޯ މައުސޫން މިހާރުވެސް ޕައުންޑް ވަދެ ބާރުވެފަ އެ އަށް ހަދާނެ ގޮތެއްނެތިފަ މި ޕައުންޑް ތައް އިންވެސްޓް ކުރަނެ ބަޔެކޭ އައްޑު މީހުން ނުލުބިގެން އުޅެނީ... ޕަކާސް،،،،،،،، އައުސޫމް ، ސޯލިހް ހަމަ އެއްވަރުގެ ނަންތައްދޯ ސަހަލު އެކަނުވެސް ވެތް.
ތިވަރުން ދަންޏާ ދިރުހަމް ވެސް ވައްދާފަ ހުއްޓާނި
އައްޑޫ ރައްޔިތުންނޭ އަވަހަށް ބޮޑެތި ދެޖީބުލީ ގަމީސްފަހާ ޕައުންޑް ރައްކާކު ރަން ތައްޔާ ރުވޭ. ގޯނި ގޯޏްނާއި ހުސްފޮއްޓާއި، ހުސްޑަބިޔާ ހޯދާ. ޕައުންޑްތައްވާނެ ކައުންސިލް އިންތިޚާބުގެ ކު ރިން އަޅާ ފު ރަން. ގުނބޯ ހެއްދޭނީ ތިކަހަލަ ގަޅި ގޫބައްޑާމެން.
އައްޑޫމީހުން ވައްދާ އެއްޗެހި މަދީތޯ؟؟؟؟؟ ގުނބޯހައްދަނީ. ކެލާނާޅިވެއްދޭނީ..ޕައުންޑެއްވެސް ނޫން..
އޭތް ގަމާރާ! ޕައުންޑް ކިޔަނީ ރާތާ ގާބަރިއަށް! އައްޑޫ މީހުންގެ ޖީބަށް ރާތާ ގާބަރިއެއް ވެއްދީމާ އެމީހުން ތަރައްޤީގަ ހާދަ ބަރުހެލިވާނެޔޭ! ކަލޭމެން ކަހަލަ ބޮޑެތި ދޮގުވެރިން ސްޓަލިން ޕައުންޑް ވާހަކައެއް ނުބުނަމޭ ބުނެ އެކަހަލަ އެއްޗެއް ހަދާފާނެ!
މިނަ ނުބުންޏަސް އައްޑޫމީހުންނަކީ ޖީބައް ޕައުންޑު ވަދެފަ ތިބި ބައެއް މާކުރިންވެސް އައްޑޫމީހުންނަކީ ބުރަމަސައްކަތުން ފައިސާ ހޯދައިގެން މުއްސަނދި ވެފަވަ ބައެއް މުޅި މާލެއަށް ބެލިޔަސް އެކަން އިނގޭނެ އައްޑޫ މީހުންނޫނީ ފިހާރަ ގަނޑެއް ހުޅުވި ބަޔަކުވެސް ނެތް
ތިޔަ ބުނަ ޕައުންޑް ވަންނާނީ ޖީބަށް ތޯ ނޫނީ އެހެން ތަނަކަށް ތޯ ދުވާލު އުފެދޭ. އަދި ޕައުންޑް ތޯ ނުނީ އިންޑިއަން ރުޕީ ތޯ ދުވަލު އުފެދޭ. އިންތިހަބެއް ބޯމަތީގަ އެބައޮތް. ކޮންމެ އިންތިހަބެއްގަ ތިޔަކަހަލަ ހުވަފެންތައް ބަލަމުންދަނީ. އާކަމެއް ނޫން.
އައްޑު ރައްޔިތުން ޖީބުތަކަށް ވަންނާނީ އިންޑިޔަން ރުޕީސް. ތިތިބީވާނެ
ހައެއްޗެއްވެފަ.
އިބުރާހީމް މުޙައްމަދު ޞާލިޙް ވަނީ މަސްވެރިންގެ ޖީބަށް ޑޮލަރުތައް އަޅާއި ދުނިޔޭގައިވާ ހުރިހައި ޑޮލަރެއް ހުސްކޮށްފައެވެ. މިހާރު ބާކީ ހުރީ ޕައުންޑެވެ. އެ ބައިވަރުތައް އައްޑޫ ރައްޔިތުންގެ ޖީބައް އަޅާ ހުސްކޮށްލާނެ މީހަކު މިހާރު ވީއެވެ. ދެން ޕައުންޑުކޮޅު ހުސްވުމުން ދެން އަންނަ ދޮގުވެރިޔަކު ދުނިޔޭގައި ހުރި ހުރިހައި ޔޫރޯއެއް ދަނޑުވެރިންގެ ޖީބަށް އަޅާ ހުސްކޮށްލާނެއެވެ.
އިބުރާހިމް މުހައްމަދު ސާލިހު ސަޅިކަޑާގޮތައް ސަޅިނުކަޑާ ހުރެވޭތޯ ބަލާބަލަ! ކުރިންވެރިންކުރި މީހަކު ކަމެއް ހަވާލުކުރީމައި ނުކުރެވުނު މީހެއްތީ! ގެސްޓުން ރާއްޖެ އަންނަންފެށީ އާއަހަރާ ދިމާކޮށް އެއީ ތިމާކުރި މޮޅުކަމަކުން ވީކަމަކަށް ހަދައިގެން އުޅުއްވާނެކަމެއްނެތް! މީގެކުރިންވެސް ރާއްޖެއަށް މާގިނަ ފަތުރުވެރިން އާދޭ! ބުނަންތަ ކަލެއަކަށް އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑެއް ނުލެވޭނެ!
މިމީހުން ވާޅެއް ނުވޭތަ ދޮގު ހަދާ؟ އިންތިހާބެއް ކައިރި ވާއިރަށް އައްޑުއަށް އައިސް އުޑުން ތަރި ބާލުވާ މިއޮތްބޮޑު ކަނޑުވެސް ހިއްކާދޭނެ. އިންތިހާބް ނިމުނީމަ އައްޑޫއެއް އޮންނަ ކަމަކަށްވެސް ނުވޭ. މަތިމައްޗަށް ދޮގުހުވާ.
އެހެން މީހެއްގެ ޖީބަށް އެއްޗެއް ވަންނާނީ ކަލޭމެން ސަރުކާރުގެ ބޮޑުން ކާފައި ބާކީވިއްޔާ
އަށްޑޫ ރައްޔިތުންގެ ޖީބަށް ތޯ 40 ވަގުންގެ ޖީބަށް ތޯ
މިހާރު އެނގިެއްޖެ މީ ކޮހެއްކަން.
ކޮންމެ ޑޮލަރެއްގެ ފަހަތު ފުލުހެއް ބެހެއްޓުމާއި، ރިސޯޓްކުދިން ނިދަން ރަށަށް ދިއުމާއި، އަލަށް އުފަންވާކުދިންނަށް ހަދިޔާދިނުން، މީ އެމްޑީޕީގެ ޝިއާރުތައް. ހުސްހޮޅިހެއްލާނީ. ޕައުންޑުން ޖީބުފުރުންތީ އަނެއްކާ އަލަށް އުފަންވި ޝިޢާރެއް. މިނިސްޓަރުގެ ޖީބު ޕައުންޑުން ފުރޭނީ.
މައުޑސޫމާ އައްޑޫއައްރައްޔިތުންނަ. ނުލިބެނި ކޯޗެއްތޯޑޮލަރާ ޕައުންޑާކޯޗރއްތޯ ކޮންކަމެއްތޯއ އައްޑޫރައްޔިތުން ކަންކަން ފުރިހަމަކަމުން ގޭދޮރުމަތިން ހެނދުނު ބެލެވިގެން އަންނައިރު ދޮރުމަތީ ތިބެނީ ޑޮލަރު ބޮނޑި ބޮނޑި މިވީ 2.ތެރޭ ފުރިގެން ސޮނިފައިބާފަ ތިބެނީ ވާވްވާވް މިތިބެނީ ރައްޔިތު ގުބޯހައްދާނެ ކުޅަދާނަ ވެރިނ ތަ
ތިގޮތައްވާހަކަ ދެއްކިޔަސް ދެނެއް އައްޑޫ މީހުން ނުހެއްދޭނެ ކޮންމެ އިންތިހާބަކާދިމާކޮއް އައްޑޫމީހުންގެބޮލައް ޗިފްޖަހަންނޫޅޭ
ހެހޭތް... މަގާތައް އަންނަނީ އަމަށަކު ހިންޏެއްނޫން.... 🤣🤣🤣 ޕަކާސް
އެންމެމޮޅު ކަމަކީ ގިނައިން ވައްކަންކޮށްފަ ހުދުކާފޫރައް ވެފަ
ލާހެއްދެވިހާ ދޮގެއް ހަދާއިރުވެސް އެވަރެއްނެތޭ ހިތާތީ. އެކަމަކު އަލިފާނުން ފިހުނީމަ އެއީފިނިކަމުން ވީގޮތްކަމުގަ ހިއްސުތައް ސަލާމަތުންހުރެ ،ބުއްދިސަލާމަތުން ހުރިއިންސާނަކު ގަބޫލުކުރަންޏާ އަލަކުން ދައްކާނެ ވާހަކައެއްނެތް. އެކަމަކު ދަސްކުރަންވެއްޖެކަމަކީ އިންތިހާބެއް ބޯމަތިވާއުޅޭއިރައް ތަރިބާލާލެއް ގިނަވާކަމާ ފަސްދީ ދިއުމުން ވައުދުތްއް ގަނޑުފެންވިރޭހެން ވިރިފޭދިގެންދާކަން.
ތިވާހަކަ ދެއްކީމަ ސޯބެ ހުރީ އަށްޖަހަން. ހަމަ ހިނިއަންނަނީ. ޓުައަރިޒަމް މިނިސްޓްރީގެ ޑެސްކަކުން ޕުރިންޓުކުރާ ޕައުންޑު ވަންނާނީ އައްޑޫ މީހުންގެ ޖީބަށް. ސްޓާރލިން ޕައުންޑެއް ނުވަންނާނެ. ތިގުނބޯ ހައްދަން ފެށީ ލޯކަލް ކައުންސިލް އަށް ކަން އައްޑޫރައިޔަތުން ހަނދާން ބަހައްޓާނެ،