ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިއެވެ.

އެ ދުވަހަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރުބަންދުވަހެއްކަމުގައި އަންނަނީ ކަނޑައަޅުއްވަމުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމަށްވާ 2021 ފެބުރުވަރީ ހަތަރެއް ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސް ރިޔާސި ބަޔާން އިއްވަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާްކޮށްފައި ވެއެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އެއަހަރަށް ސަރުކާރުން ކަނޑައަޅާ މުހިންމު ސިޔާސަތުތައް ހާމަކުރައްވަން ޖެހޭނެކަަމަށްވެސް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލާފައި ވަނީ ޑިސެންބަރު ހަތަރު ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ކަލޯ މިސޮރު ދުބާއީ އަށް މި ދިޔައީ މި ޖަލްސާ އަށް މޭކަޕް ކޮށްލަން ދޯ؟ ކިތައްމެ މަތި އޮމަން ކުރިޔަސް ތިވާނީ ހަމަ ތިޔަށް ނަމުން ސޯލިހު ކަމުން ނާޤާބިލް

    30
    6
  2. ހުސޭނު

    މަޖުލިސް 24 ގަޑި އިރު ހުޅުވާފަ ބަހައްޓަބަލަ!!!!

    16
    3
    • ޔޭސް

      އޭރުން ނުޖެހޭނެ އިތުރަށް ހުޅުވާކަށް ދޯ ބަރާބަރު

  3. ރައީސް އޮފީސް

    އިއުލާން،

    (މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅޭ)

    ކިޔާލަން ކަމުދާ ބާ ރިޔާސީ ބަޔާންގަނޑެއް ބޭނުންވެއްޖެ.

    17
    2
  4. އައްޑޫ

    ފެބްރުއަރީ 7 ، ކޮންމެ ވެސް ގޮތަކުން ފާހަގަކޮށްލާނެ. ރައީސް ނަޝީދު ގެ ވެރިކަން ބަދަލު ކުރުމުގެ އުފާ ފާޅު ކުރާ ދުވަސް.