ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯ (ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ)ދީފިއެވެ.

އީޔޫން ބުނީ މި އެހީއަކީ ރާއްޖޭގެ ކޮވިޑް-19 މެނޭޖް ކުރުަށް ދިން އެހީއެއް ކަަމަށެވެ. އެގޮތުން މިއެހީން، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް އައިސީޔޫ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި މީގެ އިތުރުން، މި އެހީން ރީޖަނަލް އައިސީޔޫއެއް ގާއިމުކުރާނެ ކަމަށާްވެސް ބުނެފައި ވެއެވެ. އަދި ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީއަށާއި އައިސީޔޫ އަށް ގެންދާ ބަލިމީހުންނަށް ދެވޭ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.

މި އެހީ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑް-19ގެ ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ވަރަށް ގާތުން އެ މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އާއި އީޔޫ އަދި އަވަށްޓެރި ގައުމުތަކުން ދިން އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    ތިޔޫރޯ ވަންނާނީ ބޮޑުންގެ ޖީބަށް. ތިޔޫރޯގެ ވާހަކަ ދައްކާނެކަމެއްނެތް.

  2. ދޮންކެޔޮ

    ތިޔޫރޯ ދައްކަން ޖެހޭނީ ނިކަމެތި ރައްޔިތުން

  3. ދޮންކެޔޮ

    ތިޔޫރޯ ދައްކަން ޖެހޭނީ ނިކަމެތި ރައްޔިތުންނަށް

  4. ޙ

    ޙެލްތް މިނިސްޓަރ އަކީ މިގައުމު ދުށް އެންމެ ބޮޑު ޚާއިނު
    ޢަދި ކަރަޕްޓް މީހާ

  5. ސަޓޯ

    ކޮވިޑް އެލަވަންސް ގެނޭ ވަގުއިބުރޭ