ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް އައްޑުއަށް ވެއްޓިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ބެލޫން ނެގުމުގައި އިސްކޮށް އުޅުނު ޒުވާނަކު ބުނީ މި ބެލޫން ވެއްޓިފައިވަނީ ސައުތް ޕާމް ރިސޯޓާއި 11 މޭލު ބޭރުން ކަމަށެވެ.

އެ ޒުވާނާ ބުނީ، ބެލޫން ވެއްޓުމުގެ ކުރިން ގޫގުލް އިން އެފަރާތާއި ކޮންޓެކްޓް ކޮށް ލޭންޑް ކުރާ ކަމަށް ބުނެފައިވާ ކަމަށެވެ. މިހާރު ބެލޫން އޮތީ ގޫގުލްގެ އެންގުމެއްގެ މަތިން ވަކި އެއްޗެއް އަންގަންދެން ސަދަން މޯލްޑިވްސް ޑައިވާސްގެ ބެލުމުގެ ދަށުގައެވެ.

"އެމީހުން ވަނީ ބެލޫން ވެއްޓޭނެ ކަން ވަޓްސްއެޕް ގްރޫޕެއް މެދުވެރިކޮށް އަޅުގަނޑުމެންނަށް އަންގާފައި. އަޅުގަނޑުމެން އެ ބެލޫން ނެގީ މިރޭ 19:20 އެހާކަންހާއިރު" ޒުވާނާ ބުންޏެވެ.

މިރޭގެ ވަގުތެއްގައި މިބެލޫން ވެއްޓިފައިވާއިރު، މިދިޔަ ސެޕްޓެމްބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައިވެސް މީގެ ތިން ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ ވެއްޓިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ގޫގުލް ބެލޫންތައް މި އުޅެނީ ދިވެހި ރާއްޖެޔާ ހިތާވެގެންތަ؟

    47
  2. ޑައިވަރޭ

    ގޫގުލްއިން ލޫން ޕްރޮޖެކްޓް" މިވަނީ ބޮޑުތަނުން ފެއިލްވެފައި... މަލީހުކާރީގަ ބުނެގެން ވިޔަސް ބާކީ ހުރި ބެލޫން ކޮޅު ރާއްޖެ ސަރަހައްދުން ބޭރުކުރަން ޖެހޭ.

  3. މައުސޫމް/

    މިނިސްޓަރ މައުސޫމް ބުނީ އައްޑޫ ރައްޔިތުންގެ ޖީބުތަށް ޕައުންޑުން ފުރާލަމުން މިދަނީ ގޫގުލް ބެލޫން ތަށް އައްޑޫއަށް ތިރި ކޮއްގެނޯ...މައުސޫމް އައްޑޫއަށް ވައްޓާލާ ކޮންމެ ބެލޫންއެއްގައި އެތަށް މިލިއަން ޕައުންޑެއް އިންނާނެޔޯ..އައްޑޫ ރައްޔިތުން ތެއްޔާ ބާލިދީ ހިފައިގެން ނުކުންނާށޯ ޕައުންޑު ހޮވަން. ކޮންމެ ސަރުކާރެއްގައިވެސް އެންމެގަދަޔަށް މޮޔަހައްދާފަ ބައިތިއްބާ ބަޔަކީ އައްޑޫ ރައްޔިތުން..

  4. ބޭކާރު

    ތިއީ ކިހާ ބޮޑު ކަމެއް ؟
    ރާއްޖޭގެ ވައިގެ ސަރަހައްދައް ތިގޮތަށް އާލާތް ހަރުކޮށްފައި އެއްޗެހި ފޮނުވީމާ ވާނީ ކިހިނެެއް.
    މަސްވެރި އުޅަނދެއް، ސްނޯކްލިންއަށް ގޮސް އުޅޭ ފަތުރުވެރިޔަކު ނުވަތަ ގެއެއްގެ ފުރާޅަޔަށް ތި ވެއްޓިއްޖެއްޔާ ދެން ކީއްކުރާނީ.
    އެމީހުންނަށް އަންގާ ތިބަލާވެރިކަން ހުއްޓާލާފައި އެހެން ކަމެއް ކުރަން.

  5. ޖުސް

    ފެއިލް ވެފައެއް ނޫން. ރާއްޖޭގެ އަމިއްލަ ބަޔަކާ ގުޅިގެން ކުރާ ކަމެއް މީ. ރިކަވަރީ ކޮސްޓު ރައްޔިތުންގެ ފައިސާއިން!!!!! ފްރީ!!!!!!

  6. ހަޒަމް

    އަނެއްކާ ސަރުކާަރުގެ ބޮޑެތި މީހުންގެ ކުދިން ކޮޅެއްގެ ކުންފުންޏަކަަށް ފައިދާ ވަނީތަ؟ ތިކަން މިހާރު އާދަޔަކަށް ހަދައިފި. ވައްޓާލަނީ. ވެއްޓެނީކީ ނޫން. އެހެންވީމަތާ ވަޓްސްއެޕް އިން ދުރާލާ ބުނަން އެނގޭނީ؟؟/ ރާއްޖޭގެ އެއަރސްޕޭސް ވައިލޭޝަން.މިއޮއް ހުރިހާ ދުވަހު ރިކަވަރީ ހެދީ ކޯސްޓުގާޑުން އަހަރުމެންގެ ޓެކްސް ފައިސާއިން.
    އަނެއްކާ ރާއްޖޭގެ ފްލައިޓްތަކާއި އެއްޗިހި ގިނަވާ ދުވަސްވަރު މިކުޅި ކުޅުނީމަޔޯ؟
    ގެސްޓުން ތިބި ރިސޯޓެއްގެ ބީޗަށް ވެއްޓިއްޖިއްޔާޔޯ ވަޓްސްއެޕުން އަންގާފަ؟
    މިކަން ހުއްޓުވަން އެބަ ޖެހޭ.
    ވަގުތު ނޫހުން މިކަން ސީރިޔަސް ކޮށް ބަލައިދީބަލަ. ޕްލީޒް.

  7. ގަލަން ތުނޑު

    ކިހިނެތް ކަލޭމެންނާ ވަކިން ގޫގުލްއަށް ގުޅަން އެނގުނީ

  8. ފފފފ

    މީ ރާވައިގެން ކުރާކަމެއް ބަލާލަ ހިނިއައިސްސަ ތިބި ވަރު