ފާއިތުވު ވިއްސަކަށް ދުވަސްތެރޭގައި ކޮތަރުކޮށި ފައުޖުން ވަނީ ވަރަށް ބޮޑެތި ގިނަ ކަންތައް ތަކެއް ކޮށްފައިކަމަށް ބުނެ އެގްރޫޕް ހިންގާ އާއްމުންގެ އެކުވެރި ގުޅުމުން ކާމިޔާބީ ފާހަގަކޮށް ބަޔާނެއް ނެރެފިއެވެ. ‏

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ "ހިޔާ ފްލެޓްތައް" މިހާރު އަލުން ބަހަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ފްލެޓް ގެއްލޭ މީހުންގެ ޙައްޤުތައް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ އާއްމުންގެ ޖަމިއްޔާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މައިގަނޑު ތިންކަމެއް ފާއިތުވި ވިއްސަކަށް ދުވަހުގެ ތެރޭގައި ކާމިޔާބު ކުރެވުނު ކަމަށެވެ.

އެއްކަމެއްގެ ގޮތުގައި ޖަމިއްޔާ އިން ފާހަގަ ކުރީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓުދިން އުސޫލު ހާމަ ކޮށްފައި ނުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ބަލަން 6 ޑިސެމްބަރުގައި ޖަމްއިއްޔާއިން ގޮވާލައި އެކަމަށް ކޮތަރުކޮށީގެ މެންބަރުން ކުރި ޕްރެޝަރުގެގެ ނަތީޖާއެއްގެ ގޮތުން، ގޮތްދޫނުކޮށް އެއްއަަހަރު ހިފެހެއްޓި ފްލެޓު ކޮމެޓީ މަޖްބޫރު ހާލަތަަކަށް ވެއްޓި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން އުސޫލު އާއްމު ކުރުމެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓުދިން އުސޫލު ހާމަކުރިއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާތީ ދެވަނަ ކަމަކަށް މެންބަރުން އަވަސްވެގަތީ އެ މައްސަލަ އޭސީސީ އަށް ވައްދަން ކަމަށާއި ދެދުވަސް ތެރޭގައި 200 އަށް ވުރެ ގިނަ މީހުން ސިޓީލައި އެކަން ކާމިޔާބުކޮށް ޝަކުވާ ހުށަހެޅުމުގެ ހައްގު ދޭން ފްލެޓު ކޮމެޓީއަށް މަޖްބޫރުކޮށް އެ ހައްގު ހޯދުން ވެސް ޖަމިއްޔާ އިން ވަނީ ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

ތިން ވަނަ ކާމިޔާބެއްގެ ގޮތުގައި ޖަމިއްޔާ އިން ބުނީ ގަސްތުގައި ނުވަތަ ގަސްތަކާއި ނުލައި ނަމަވެސް ކޮމެޓިން ޕޮއިންޓުދީ، އޭގެ އިންސައްތަ ހަދާފައިހުރީ އާންމު މީހަކަށް އެހިސާބު ހަދަން ނޭނގޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން މި ދެދުވަހު ހެލްޕް ޑެސްކު ބަހައްޓައިގެން ޖަމިއްޔާ އިން ވަނީ އެކަންވެސް ކާމިޔާބު ކަމާއިއެކު ކޮށްފައި ކަމަށް ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

"‏މިހާ ކުރު މުއްދަތެއްގައި މިކަންކަން ކާމިޔާބުވެވުނީ ވަރަށް ގިނަ ބައެއްގެ މިންނަތް މަސައްކަތުންނެވެ. އެގޮތުން ސަން ނޫހުގެ ޝަފްނާ، ދިޔަރެސް ނޫހުގެ ޝިފްޒާން، ވަގުތު ނޫހުގެ ނަވާޒު، ވޮއިސް ނޫހުގެ މުއައްލިމް އަދި ހަބަރު އޮންލައިން ނޫހުގެ ނަން ފާހަނގަކޮށް ޝުކުރު ދަންނަވަމެވެ. ބަދަލުގައި އަޅުގަނޑުމެންނަށް ދެވޭނެ އެއްޗެއް ނެތް ހާލުގައިވެސް ތިޔަ ފަރާތްތަކުން އަދި ނޫސްތަކުން ވަނީ އާންމުގެ އަޑު، އެވެރިންގެ ޝަކުވާއާއި، ކެކުޅުމުގެ އަޑު އިއްވައިދީފައިއެވެ." ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖަމިއްޔާ އިން ބުނީ މިތިން ކަންތައް 20،000 އަށް ވުރެ ގިނަ ފްލެޓުވެރިންނަށް ކާމިޔާބުވީ ނޫސްވެރިން ކޮށްދެއްވި މަސައްކަތުން ކަމަށެވެ. އަދި ނޫސްވެރިންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހުސެއިން، އަހުމަދު ޝިޔާމު އަދި ކޮށީގެ ޝީޒާ، ފާރިހު އަދި ޝަފްރާޒް އަބަދުވެސް ވަމުންދާ އެހީ ފާހަނގަކޮށް އެފަރާތްތަކަށް ވެސް ޖަމިއްޔާ އިން ޝުކުރު އަދާކޮށްފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ދެން އޮތީ ފްލެޓު ކޮމެޓީން ހޭލާތިބެ އެއް ރެއިން ހެދި ތާކުންތާކު ނުޖެހޭ އުސޫލުތައް، އަދި އެ އުސޫލުތަކުގެ ސަބަބުން އެތައް ނިކަމެތިންނެއްގެ ހައްގު ގެއްލިފައިވާ އުސޫލުތައް ސަމާލުކަމަށް ގެނެސް އެބަދަލު ކުރުވަން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ. "ﷲގެ ވާގިފުޅާއިއެކު އަޅުގަނޑުމެން އެކަން ކުރަން ކުރަންޖެހޭ ހުރިހާކަމެއް ކުރާނަމެެވެ. ކުރިއަށް ކުރަން މިއޮތް ކަންތަކުގައިވެސް ތި ހުރިހާފަރާތެއްގެ އެހީ އަޅުގަނޑުމެން ބޭނުންވާނެއެވެ." އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއާމް ސައުދުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާ ފްލެޓްތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު ވަނީ ހަމަވެފައެވެ. ވަގުތު ހަމަވިއިރު ޝަކުވާ ހުށަހެޅި މީހުންގެ އަދަދެއް އަދި ފްލެޓް ކޮމެޓީން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދުންތަރި

  ކުރީ ސަރުކާރުތަކުން ޕޮއިންޓުދޭ އުސޫލު މިހާ ފުރިހަމަކޮށް ރަށްޔެތުންނަށް ދެއްކިބާ ؟؟ %80 އައްވުރެން މަތިން ލިބުނު އެތަށްމީހުނަކީ ހަގީގަތުގައިވެސް ޝަރުތުހަމަނުވާ ބައެއްކަން އެބައިނގޭ، އެއީ ރަށްޔެތުންނަށް ތެދުވެރިވީމަ ފުލެޓް ދޭގޮތްތޯ

  6
  23
  • ކޮވިޑް

   ދުންތަރި އަށް ބުނެލަން އޮތީ ކުރީސަރުކާރުގެ ވާހަކަ ނުދައްކާށޭ. ކުރީ ސަރުކާރުން ކޮތަރު ކޮށި އަޅާ އެއޮތީ ދީފަ މިސަރުކާރަސް އެތަން ކަމުނުދިޔައީ، ދެން މިސަރުކާރުން ގަނޑުވަރު ފެންވަރުގެ ފްލެޓް އަޅާފަ މިސަރުކާރަށް ތާއީދު ކުރާމީހުނަށް ދީބަލަ ކޮތަރު ކޮށި ކުރީސަރުކާރުން ދީފަ ތިބި މީހުނާ ހަވާލު ކޮށް ބަލަ.ފްލެޓް ލިބުނު ކާކުބަ ޝަކުވާކުރީ ކޮތަރު ކޮށި ވެގެން. ދެން ހަމަ ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔާލަ ކިޔާލަ ދެ އަހަރު މިވީ ފްލެޓް އެއް ނޭޅުނުތާ ނިމިފަ ހުރި ފްލެޓް ތަށް ހަވާލު ކޮށް ނުލެވުން ސަރުކާރެއް މީ. ދެން ކޮން ކުރީ ސަރުކާރެއް.

   15
   1
  • ގ

   ކުރީ ސަރުކަރުން ދިން ބޭނުން ވަރަށް ބޮޑަށް ޖެހިފަ ތިބި ނިކަމެތިންނަށް... މި ސަރުކާރުން ހަވާލު ނުކުރާތީ ދެރައީ...

   8
   1
  • ކޮތަރުކޮށި

   މިސަރުކާރުން ހާމަ ކުރީއެއް ނޫން! ހާމަ ކުރަން މަޖްބޫރު ކުރުވީ! މީހުންތައް ދޮޅު އަހަރު ގަނަތެޅުމަށްފަހު އެކަން ކުރެވުނީ އެންމެ ފަހުން އެސީސީ މެދުވެރިކޮށް!

 2. އަބްދޫ

  ފްލެޓް އެޅިސަރުޖާރުން އޮތީ ދޭންވާބަޔަކު ހޮވާފަ.މިސަރުކާރުން ފްކެޓްއަޅާދޭންވާބަޔަކު ހޮވާ ދިންނަމަ ނިމުނީ.

  12
 3. ބޮޑު މުއްލާ

  ހުރިހާ ރައްޔަތުންނަ ހަމަހަމަ ކުރުމުގެ ގޮތުން ތި ފުލެޓުތަށް ތަޅާލާފަ ތިތާގަ ހުރިހާ ރައްޔަތުންނަށް ބޭނުން ކުރެވޭ ގޮތަށް ބޮޑު ސުއިމިން ޕޫލެއް އަލަން ފެންނަނީ އޭރުން އެއްމެންނަށް ވެސް ބޭނުން ކުރެވޭނެ ޢެހެން ނުނީ އެންމެންވެސް އިންސާފު ހޯދަންށޭ ކިޔާފަ ތިތަނާ ތަޅާޕެޅާ ވަރުވާނީ

  1
  6