22:02

ރާއްޖެ އިން އިތުރު 37 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:24

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑް-19 އަށް ފައްސިވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި.

19:35

މިހާރު ބޮލީވުޑް ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ޔޫކޭގެ ބަތަލާ ބަނީތާ ސަންދޫ ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:23

ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން ނިންމިކަން އިންގްލޭންޑުން ދެންމެ އިއުލާނު ކޮށްފި.

18:59

ކުނަހަންދޫ ކައިރީގައި އޮންނަ ކުޑަފުށި ކިޔާ ފަޅުރަށެއްގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:32

ބަހްރައިންގެ އެއް އާއިލާއެއްގެ 31 މެންބަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:09

އަންހެނުންގެ ފުޓުބޯޅައިގައި އެންމެ މަޝްހޫރު އެއް ތަރި ކަމުގައިވާ އެމެރިކާގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަނެއް ކަމުގައިވާ އެލެކްސް މޯގަން ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:06

އެޗްޕީއޭއިން ލިޔުންތައް ފޮނުވިކަން ނޭންގޭތީ ކުރެއްދޫ މައްސަލާގައި ދައުވާއެއް ނުކުރި.

11:45

ބޭބީ ނާސަރީ އަދި ނާސަރީގެ ކިޔެވުން ވެސް އާދީއްތަ ދުވަހު ފަށަން ނިންމައިފި.

09:20

މައިމޫނާ އަކީ ސިޔާސީ އެކްޓިވިސްޓެއް - މުންދު


ކޮވިޑް-19 ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، އަދި ބައެއް ގައުމުތަކުން ވެކްސިން ދެމުން ގެންދިޔަ ނަމަވެސް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދަށް މަދުނުވެ ހާލަތު ދަނީ ހައްތަހާ ގޯސްވަމުންނެވެ.

މިއަދު ވެސް އިނގިރޭސިވިލާތުން ވަނީ ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައެވެ. އިޓަލީވިލާތުގެ ހާލަތު ވެސް ކޮންމެވެސް ވަރަކަށް ރަނގަޅުވުމަށް ފަހު މިއަދު އަނެއްކާ ވަނީ ފައްސިވި މީހުންގެ އަދަދު އިތުރުވެފައެވެ. ފްރާންސާއި ސްޕޭންގެ ހާލަތު ވެސް އަދި ދަނީ ގޯސްވަމުންނެވެ.

އެންމެ ގިނަ މީހުން މިހާތަނަށް ފައްސިވެފައިވާ އެމެރިކާގެ ހާލަތު ވެސް ރަނގަޅެއް ނުވެއެވެ. މިއަދު މިހާތަނަށް އެމެރިކާ އިން ފައްސިވި މީހުންގެ އަދަދު 82000 އަށްވުރެ ގިނަ މީހުން ފައްސިވެފައެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ރާއްޖެ އިން 37 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 20 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު ރިސޯޓްތަކުން 15 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ އިތުރުން އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުން އަދި ސަފާރީއަކުން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނާތީ އެކްޓިވް ކޭސްތަކުގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 658 އަށް އަރައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 41 އަށް އަރާފައެވެ.

މިއަދު 37 މީހުން ކޮވިޑް-19 އަށް ފައްސިވީ 3088 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިއަދު ފައްސިވި މީހުންގެ ތެރެއިން 20 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު ރިސޯޓްތަކުން 15 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ އިތުރުން އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުން އަދި ސަފާރީއަކުން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

  2. Anonymous

    ވަރަށް ހަމަޖެހިލައިގެން އިނދެ މި ޣަޒަލް އަޑުއަހާލަބަލަ. މި ޣަޒަލްގަ ކިޔާއެއްޗެއްގެ މާނަ ސްކްރީންގަ ލިޔެވެމުންދާނެ