ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ ޕްރޮފެޝަނަލް ކަމެއް ނެތް، ސިޔާސީ އެކްޓިވިސްޓެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ޗެނަލް-13 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އާއިއެކު ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ކައުންސިލް އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސާފުކުރެއްވެވި ކަމަށެވެ.

އެބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނަށް ހުރަސް އެޅުމަށް އެޗްޕީއޭ އިން ކުރަމުން އަންނަ ކަންކަން ފާހަގަ ކޮށްފައި ވާނެ ކަމަށް މުންދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއިއެކު ކެމްޕޭން ކުރައްވަން ރަށްތަކަށް ވަޑައިގަންނަވާއިރު އިދިކޮޅު ފަރާތްތަކަށް އެފުރުސަތު ނުދޭކަން ވެސް އެމެރިކާގެ ސަމާލުކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގެނެސްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މާޗު މަހު ސަރުކާރުން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހޯމަ ދުވަހު ވަނީ އަނެއްކާވެސް އިތުރު ކޮށްފައެވެ. މިއީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 10 ވަނަ ފަހަރެވެ. މި ފަހަރު ވެސް އިތުރު 30 ދުވަހާ އެކު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދަމަހައްޓައިފަ އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމާ ނެރުއްވި ޤަރާރުގައި ވިދާޅުވީ ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަމުން ގެންދާތީ ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތެއް ވަނީ ނުވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ބައެއް ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ގޮތަށް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަމުން ދަނީ އިލެކްްޝަންސް ކޮމިޝަނަށް އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަަކަށް ދީފައި އޮތުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިހާލަތުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް މަގުފަހި ކުރުމަށް ޤާނޫނަށް ބަދަލެއް ގެންނަން ޖެހެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލިސް ޖަލްސާތައް އާއްމު އުސޫލުން ދެން ފަށާނީ ފެބްރުއަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިއަފު

    އެންމެން ދަންނަ ސިއްރެއް އެޔޫ ބޮރަދަރ ،،، އަބަދުވެސް އެ ދައިތަ އުޅެނީ ހަމަ އެގޮތަށޭ ... ތިމާގެ މީހުންނަށާއި ތިމާ މީހާ ގެ ވަޒީފާ ދަމަހައްޓަން ވެގެން އެމަންޖެ އެކުޓިވިސްޓަކަށް ވާންޖެހޭނެތާ ،،،

    17
    3
    • ފަލި

      މިހާރުވެސް ފަޒުނާއަށްވުރެ ކުޅަދާނަ. މާ ގާބިލު ތެދުވެރި، މަކަރެއް ހީލަތެއް ނުހަދާ ވެރިންގެ އަމުރަށް ކިޔަމަންވޭ އެއީ ތަ ތިޔާ ބުނާ ސިޔާސީ ވުމަކީ މުންދު ތީ މަގާމުގަ ހުރިއިރު ވެރިންގެ އެންގުމަށް ނޫނެކޭ ބުނި ބޭފުޅެއްތޯ

  2. ކޮވިޑް

    މައިމޫނާ އަކީ އެންޓި ކޮވިޑް ހުއްދަ އެއް. މައިމޫނާ ދޭ ހުއްދައިން ކޮންމެތާކަށް ދިޔަސް ކޮވިޑް ނުޖެހޭ އަދި ނުވެސް ފެތުރޭ... އެންޓި ކޮވިޑް ޕަރމިޓް މައިމޫނާ.....

    18
    3
  3. ހަވާސާ އިބޫ

    މުންދުއަށް ހާދަ އެއްޗެއްނޭންގެޔޭ ޤާނޫނުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތަށް ދީފައިވާ ބާރު ބޭނުން ފުރިހަމަޔަށް ހިފަން ތިޔަ އެއްވެސް ޕާޓީއަކުން ފުރުސަތެއްނުދޭ ، މިހާރު މިކޮވިޑުގެ ހާލަތުގައި ނަންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތު ނަމަވެސް ހުރިހާ ނިންމުމެއް ނިންމަނީ ރައީސް އެކުލަވާލާފައިވާ ޓެގުޓީމުގެ ޚިޔާލާއެކު ސިޔާސީމީހުން ތިޔަ ބުނާ މައިމޫނާއެއް ސޮއިކުރަނީ!

    10
    3
  4. ހަވާސާ ހަމީދު

    އެމެރިކާ ތީކޮންބަޔެއް ޕެންޑަމިކެއް ކޮންޓުރޯލް ކުރަން ނޭގުނުބައެއް ވަސީލަތާއި ޕޮރޮފެސަނަލް މީހުންތިބެ ގައުމުން ލައްސަލައްކައިން މީހުންމަރުވިއިރުވެސް ތިޔަ ކިޔާ ޑިމޮކުރަސީގެ ވޯޓާހެދި ހަލާކުވީ މުންދު މެންނަށް އެންގޭނީ ސިގިރޭޓް ހިފައިގެން ދުވަން، އެމެރިކާއަކީ ޑިމޮކުރަސީގެ ނަމޫނާދެއްކޭވަރު ގައުމެއްނޫން! އެފުރިކާގެ ގައުމެއްގެ ކޮންގޯގެ ދަރަޖަދޭންޖެހެނީ!

    11
    3
  5. Happy

    ކޮންއިނތިހާބެއްތަ ބާއްވާނެކަމެއްނެތް މިހާލަތުގަ.. ފައިސާ ގިނަވެގެންނޫޅުން.. ބޭކާރުކަމެއް

    11
    5
  6. ޒައިކް

    ވަގުންނަށް ހީވާނި ދެންތިބި އެންމެންނަކީވެސް ވަގުންނޭ..އެގޮތަށް ހުރިހާކަމެއް ސިޔާސީ ކުރާ މުންދޫދު މެންކަހަލަ ސިޔާސީ އެކްޓިވިސްޓުމްނަށް ހީވާނި މުޅިންވެސް ތިބޭނި އެކްޓިވިސްޓުންނޭ..

    9
    12
  7. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ މީނަގެ ފިރިމީހާ ބުނާ ގޮތަށޯ މީނަ ހުރިހާ އެންގުމެއް އަންގަނީ އެއީ ތެދެއްބާ؟

    • ޒައިކް

      އޭނާގެ ފިރިމީހާ އެއީ އެމްޑީޕީއާ އެންޓި ޢައްސާނުގެ އެއް އަތް.. އެހެން ވީމަ ޢައްސާނު އަންގާ ގޮތަށްތާ ތި ހަދަނީ.. ބުނަން ޑީޖީއަކީ ސޮއިކުރަން ހުންނަ މީހެއް ހުރިހާ ނިންމުމެއް ނިންމަނީ މިނިސްޓަރާ ސިޔާސީ ވެރިން

  8. މުންޑު

    މުންދު އަކީ ބޮޑު ވައި އަނގައެއް. ތިއީ ބޮޑުތަނުން ފެއިލްވެފައި ހުރި މީހެއް. ރަނގަޅުވާނީ ދޫމައިތިރިކޮށްގެން ހުރުން.

    3
    2
  9. ޖަލީލު

    މި އަންހެނާ މަޤާމުގެ މުސާރައަށްޓަކައި ކުރަމުން މިގެންދާ ކަންތައްތައްވެސް އަދި ބެލޭނެ އިންޝާއަﷲ!

  10. ނަޒުލާ

    ތީ ކޮވިޑައް ވުރެވެސް ބޮޑު މުސީބާތެއް ބޮޑު މުސްކުޅި ދައިތަ ގަނޑެއް

    1
    2
    • ހެހެހެ

      ދައިތަ ނުނިދާ އުޅެނީ ކަލޭމެނަށްޓަކައި އެ ފަކީރު ކުރާ މަސައްކަތް ދެނެވޮޑިގެންވާނީ މާތް ﷲ

  11. ދެންލަލަލާ

    ދެންރުޅިނާދެ ލޭމައްޗައްހިނގައިދާނެ އެކަމަކު މަވެސްބުނާނީ މުންދުބުނިހެން މައިމޫނާއަކީ ސިޔާސީ އެކްޓިވިސްޓެއް އަނެއްކާ ކޮވިޑްފްރީހުއްދަދޭ ބޭކަނބަލެއް އެވެސް ހަމައެކަނި ސަރުކާރުގެފަރާތްތަކައް

    2
    1
  12. ގައުމީ ލޯބި

    މުންދު ގެ އާއިލާ އަކީވެސް ދައުލަތް ކަވާލާފައިވާ އާއިލާއެއް ދެން އެހެންމީހުނާއި ދިމާލަށް ކޯޗެއް ކިޔާކަށް..؟

    ސުނާމީދުވަހު ހީހީފައި ޓީވީގައި ވާހަކަ ދެއްކި ނުބައި ނުލަފާ މީހާއެއް ނޫ ތީކީ؟

    މޫނު މަތީންވެސް އެގޭ މީހާގެ އަސްލު ސިފަ..؟

    ދައުލަތުގެ މަތީ މަގާމުލިބެނީ ހަމަ މޮޅުކަމުންތޯ ނުފޫޒުން ނޫންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ.. ؟

    5
    1
  13. މުރާދުބޭ

    ޤާނޫނުވެސް ބާއްވާ! އިންތިޚާބު އަނެއް އަހަރަށް ފަސްކޮށްފަވެސް ރައްޔިތުން މަސައްކަތްކުރާ މައުޙައުލަށް ފަސޭހައިން ދެވިފައި މަސައްކަތައް ރުޖޫޢަވެވޭނެ އިންތިޒާމެއް ޤާއިމުކޮށްދީ! ސިޔާސީ ސަކަރާތްޖެހުން ފަހަތަށް ޖައްސަވާފަ ނިކަތިވެ ފަޤީރުޙާލަށް ވެއްޓި ދަރާތިބި ގެސްޓުފެސިލިޓީ ތެރޭމަސައްކަތްކުރާ މީހުން ބަންދުންކަނޑުވާލަދީ! ޭ އެތަންތާކު ނެތް ކަރަންޓީނުކުރާން މަސައްކަތުމީހުން ބޭތިއްބޭކަށް. ގެސްޓުހައުސްތައް މަޑުޖެހިފައި ކައުންސިލް ތަކުގެ އުދަގޫ އެހާބޮޑު.

  14. ވގ ޔނ

    ކަލޭތަ މިނިވަން ދުވަހުގެ ޖާފަތް ތައްޔާރުކުރީ ހާދަ ފައިސާއެއް ލިބުނު ކަމެކޭދޯ މިހާރު އެކަހަލަ ކަމެއް ނުލިބޭތަ އެހެންވެ ކަމަކުނުދޭދޯ މިސަރުކާރު