ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެެ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މަންމަ މަރިޔަމް އަހުމަދު ނިޔާވެއްޖެއެވެ.

އަބްދުއްރަހީމްގެ މަންމަ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ފައިސަލްއާއި ޕީއެންސީގެ ކައުންސިލް މެމްބަރ އަބްދުލްހަސީބުގެ މާމަ މަރްޔަމް އަހުމަދު ނިޔާވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

އަދުރޭގެ މަންމަ ނިޔާވުމުން އިދިކޮޅު ކޯލިޝަނުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ އަދުރޭގެ އާއިލާއަށް ކުރިމަތިވެފައިވާ މިފުން ހިތާމައިގައި ކޯލިޝަންގެ އެންމެހާއި މެމްބަރުން ބައިވެރިވާ ކަމަށެވެ. އަދި އަދުރޭ އާއި އަދުރޭގެ އާއިލާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއި ކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެމްބަރުންނާއި، ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި، ދެ ޕާޓީގެ މެމްބަރުންގެ ނަމުގައި ތައުޒިއްޔާ ދަންނަވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވެސް ގެންދަވަނީ މީސް މީޑިއާގައި އަދުރޭގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހިޔާލު

  انا لله وانا إليه راجعون
  މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

  59
 2. ހެދޭބޭ

  ކީރިތި ﷲ މަރުޙޫމާގެ ފުރާނަޔަށް ހެޔޮރަޙްމަތްލައްވާ މަރުޙޫމާއަށް ސުވަރުގ މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަމާ ތަނަވަސްކަން މިންވަރުކުރައްވާށި! އާމީން

  39
 3. އިބްރާހީމް

  انا لله وانا إليه راجعون

 4. ރާކަނި

  انا لله وانا إليه راجعون
  މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ޢަބްދުއްރަޙީމެއް، ޔާމީނެއް، ނަޝީދެއް ނޯންނާނެ. ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެ.

 5. Anonymous

  اللهم اغفرلهما وارحمهما

 6. ކިން

  انا لله وانا إليه راجعون
  މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

 7. މުހައްމަދު

  އަދުރޭގެ މަންމަވެސް އެ ނިޔާވީ އަދުރޭވެސް އަދިއެހެން ބޭފުޅުންނަށްވެސް އެކަން އަންނާނެ ބުއްދިވެރިއަކީ ކުށެއް ކުރެވިފައިވާނަމަ އަވަހަށް އައުބާވާ މީހާ ދޫ ރައްކާތެރި ކުރާމީހާ އަނެކާއަށް އިހުތިރާމުކުރާމީހާ އަދުރޭވެސް އަދިއެހެން ބޭފުޅުންނަށްވެސް މިއީ ވިސްނާލުމަށް ލިބުނު ފުރުޞަތެއް.

 8. ޙުސައިން

  انا لله وانا إليه راجعون

 9. ސާ

  انا لله وانا إليه راجعون