ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަނެފިއެވެ.

އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް ޞާލިހު ދުބާއީއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙިމް ހޫދު ވިދާޅުވީ ރައީސް ޞާލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ރައީސް ޞާލިހް ބައްދަލުކުރައްވާފައި ވެއެވެ.

ހޫދު ވިދާޅުވީ ޔޫއޭއީގެ ވަލީއަހުދުއާއި ރައީސް ޞާލިހް ބައްދަލުކުރެއްވީ އެޕޮންޓްމެންޓެއް ލިބުމުން ކަމަށެވެ. މި ބައްދަލުވުމުގައި ދުނިޔެ ކުރިމަތިލަން ޖެހިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދެގައުމުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދެކެވިފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޔޫއޭއީއާއި އެހެން ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ހޫދު ވިދާޅުވިއެވެ.

ރައީސް ޞާލިހްއާއި އެކު މިނިސްޓަރު ޝާހިދުވެސް މިއަދު ރާއްޖެ ވަޑައިގަނެފައިވެއެވެ. ނަމަވެސް ޝާހިދު ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި ކަމަށާއި ރައީސް އާއި އެކު ނޫން ކަމަށް ހޫދު ވިދާޅުވިއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަހުން ބޯޑަރު ހުޅުވާލި ފަހުން ރައީސް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީ ހިމެނެއެވެ. އެހެންވެ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އާންމު މަންޒިލަކަށް ވެސް ދުބާއީ މިހާރު ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދުންތަރި

  މިބައިމީހުން ކަރަންޓީނުވާކަށްނުޖެހޭތަ؟ ހަމަ އެކަނި ކަރަންޓީނުވާންޖެހެނީ މާޖޭގަ ދިރިއުޅޭ ނިކަމެތިރައްޔިތުންރަށަކަށްދިޔާމަތަ؟ މީހާދަ އިންސާފުވެރި ކަމެކޭދޯ މީ ސަދޫމުގެ އިންސާފުބާ؟؟

  25
  • ކޮވިޑް

   ނުޖެހޭނެ ކަރަންޓީން ވާކަށް އެއީ އެންޓި ކޮވިޑް މައިމޫނާ ހުއްދަ އޮތީމަ. މައިމޫނާ މި ހުއްދަ ދެނީ ވަރަށް މަދު ބަޔަކަށް އެއީ މުޅި މިސަރުކާރު އެއްކޮށް ތާކަށް ދިޔަސް ދެވޭ ހުއްދަ އެއް . ނިކަމެތި ރައްޔިތުން ފިޔަވާ. އެ ހުއްދައިގާ އިންނަ ކަމަށް ވަނީ "އެންޓި ކޮވިޑް މައިމޫނާ ޕާރމިޓް."

   18
 2. ޝީލާ

  ނާށިގަނޑުހިފައިގެން ދުނިޔެ ކުޑަކުރާ ދެގޮލައި!

  23
 3. ކޮވިޑު

  އެއްމިލިޔަން ޔޫރޯ ޑަބްލިޔް އެޗް އޯ އިންދީފިކަމައްވަނީ އަނެއްމިލިޔަން ޔޫރޯ ލިބެންދެން ކޮވިޑު ބަލިމީހުންގެޢަދަދު ދުވަހުން ދުވަހައްދާނީމައްޗައް

 4. ސސ

  ޝާޑު މިފަހަރު ކިހާވަރެއްތޯ ލިބުނީ !

 5. އ

  އަމިއްލަ ދަތުރޭ ކިޔައިގެން ރާވައިގެން ހިންގާ ޖަރީމާ ނޫނޭވާ މަކަރުވެރި ޖީވަން ޝާހިދު

 6. އަނގަ

  އަމިއްލަ ދަތުރުތަކުގަ ލިބޭ މިންވަރު ހާޟަނުކުރެވޭނެ އެއީ އަމިއްލަ އެއްޗެއް މީ މިމީހުން މިޖަހާ ސަކަރާތަކީ