އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ކިޔެވުމަށް ހުރަސްއެޅިފައިވާ ދަރިވަރުންނަށް އެ ދަރިވަރުންގެ ކޯހުގެ ބާކީ ބައި އެހެން ސްކޫލަކުން ފުރިހަމަ ކުރުމަށް ދާން ޖެހޭ ހަރަދު އެ ސްކޫލުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އޭއޭއޭ ސްކޫލްގެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ވިދާޅުވީ، އޭއޭއޭ ސްކޫލްގެ މެނޭޖްމަންޓްގެ އިތުރުން އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނާއި ކަމާ ބެހޭ ވުޒާރާތަކާ ވެސް މަޖިލީހުގެ ކޮމިޓީއާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ވަރަށް ފުނަށް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ އެއީ 2015 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދިމާވަމުން އައި މައްސަލައެއް ކަމަށާއި މައްސަލަ ގޯހުން ގޯހަށް ދިޔައީ އެއިރުން ފެށިގެން ވެސް ދައުލަތުގެ އިދާރާތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިގެން ކަމަށެވެ. މިއަދާ ހަމައަށް އައި އިރު ވެސް އެ ސްކޫލްގެ ދަރިވަރުންގެ ހައްގުތައް ގެއްލިގެންދާ އެތައް ކަމެއް ސްކޫލްގެ އިހުމާލުން ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ސްކޫލަކުން އެ ދަރިވަރުން ކިޔަވަމުންދާ ކޯހުގެ ނުނިމި އޮތް ބައި ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށާއި ސަރުކާރުގެ ހަރަދުގައި އެ ކަން ކުރުމަށް ނިންމާފައިވަނީ ސަރުކާރެއްގެ ހައިސިއްޔަތުން އެ ދަރިވަރުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ގަބޫލު ކުރައްވާ ކަމަކީ ފްލައިން ސްކޫލްއިން އެ ހަަރަދުތައް ދީ، ސްކޫލަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފާހަގަކުރެވުނު ކަމަކީ ސްކޫލްއިން ވެސް އެ ސްކޫލްއަށް ހަރަދު ނުކުރެވޭ ވަރަށް ދަރިވަރުން ސްކޫލްއަށް ވައްދައި ކިޔަވައި ދޭން ފެށި ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. އެހެންކަމުން އެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދެވޭނެ މާލީ ހާލަތު ނެތުމުން ދަރިވަރުންނަށް ދަތިކޮށްގެން ވެސް މާލީ ހާލަތު ރަނގަޅު ކުރަން އުޅުނީ ކަމަށް ވިދާޅުވިއެވެ. އެކަމަކު ވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"2018 ހާއިރު ސްކޫލަށް ބޭނުންވާ ވަރަށް އިތުރަށް ދަރިވަރުން ނަގަން ޖެހޭ ވަރަށް ވުރެ ގިނަ ދަރިވަރުން ވައްދަން ޕްރެޝަރުތަކެއް ކުރިމަތިވި ކަމަށް. މިހާރު ދިމާވެގެން މި އުޅޭ މައްސަލައަކީ ސްކޫލްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކިޔަވައިދޭނެ މާލީ ފެންވަރު ނެތީ. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ، އޭގައި ދަރިވަރުންގެ މައްސަލައެއް ނެތޭ، ދަރިވަރުންނަށް އެ ކަންކަން ސްކޫލްއިން ހަމަޖައްސަން ޖެހޭނޭ،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އެ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެގެން އެ ސްކޫލްގައި ކިޔަވާ 86 ދަރިވަރަކު ވަނީ ކަމާ ބެހޭ އިދާރާތަކަށް ޕެޓިޝަންއެއް ހުށަހަޅައިފައެވެ. އެކި ސަބަބުތައް ދައްކައިގެން އެ ޕެޓިޝަންގައި ސޮއިކުރި ބައެއް ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވެއެވެ.

މީގެ އިތުރުން އެ ސްކޫލްގެ ދަރިވަރުންގެ އަތުން ފީ ނަގަނީ ވެސް ޑޮލަރުންނެވެ. މި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ. އެމްއެމްއޭ އާއި ފުލުހަށް ވެސް މި މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ސްކޫލް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ދިނެވެ. އެކަމަކު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އެ މިނިސްޓްރީން ވެސް އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަޅާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވަނީ އެ ސްކޫލްގެ ދަރިވަރުން ކިޔަވަމުންދާ ކޯހުގެ ފުރިހަަމަ ނުވެ އޮތް ބައި އެހެން ސްކޫލަކުން ފުރިހަމަކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. އެކަމަކު އެ ކަން ކުރުމަށް ބޭނުންވާ މައުލޫމާތު ވެސް އައްޑޫގައި ހުރި އޭއޭއޭގެ ފްލައިން ސްކޫލްއިން ނުދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟަރު

    ދާޣިރާ އަށް ވަލާލާތު ކުރަން ނޭނގޭ މީނައަށް

  2. ސުއްޓާ ޒަކީ

    އޭއޭއޭއޭ ޢެއެ އޭއޭއޭއޭއޭއޭ ! ކައޭތީ ކާކު އެހެން ބިނިން. ކައޭ ޤަބޫލު ކިރިޔަސް ނިޖެހޭނެ.

    • ތަކުރުފާނު

      😂😂

  3. ދެކުނުތަރި

    ކިޔާލަން ވަރަށްރީތި ސުރުޙީއެއް. ވައްﷲ ޢައުލަމް.. ފެއިލްވެފައިވާ ސްޓޭޓެއް.