ބިދޭސިން ގެނައުމަށް ސައްހަ ނޫން ލިޔުންތައް ހުށަހަޅާ މައްސަލަ ބޮޑުވެ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީ އިން ވިދާޅުވީ، ރާއްޖެއަށް ބިދޭސީން ގެނައުމަށް އިކޮނަމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެެޅުމުގައި ބައެއް ފަރާތްތަކުން ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެެހޭ އިރު މިކަމުގެ މަގުސަދު ގެއްލޭ ގޮތަށް މިފަދަ ލިޔުންތައް ހުށަހަޅާ މައްސަލަ ބޮޑުވެފައިވާކަމަށެވެ.

އެ މިނިސްޓްރީން ކުުރި އިއުލާނުގައި ވިދަޅުވެފައި ވަނީ. މަސައްކަތް ކުރުމަށް ބިދޭސީން ގެންނައުމަށް އެ މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ކޯޓުގައި ރަޖިސްޓްރީކޮށް ނުވަތަ ނޮޓަރައިޒް ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކެއް ހިމެނޭ ކަަމަށެވެ.

އެފަދަ ލިޔުން ހުށަހެޅުމުގައި، ނޮޓަރައިޒް ކުރުމުގެ ބޭނުމާއި މަޤްޞަދު ގެއްލޭގޮތަށް ހުންނަ ލިޔެކިޔުން ނޮޓަރައިޒްކޮށް ، ބައެއް ފަރާތްތަކުން ހުށަހަޅަމުން އެބަ ގެންދާ ކަމަށާއި، އަދި މަޢުލޫމާތު ފުރިހަމަނުކޮށް ހުންނަ ލިޔުން، ނޮޓަރައިޒް ކޮށްފަ ހުންނަކަންވެސް ފާހަގަ ކުރެވޭ ކަމަށް އެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ނޮޓަރައިޒް ކޮށްފައިވާ ލިޔުމުގައި ހިމެނޭ މަޢުލޫމާތު ބަދަލުކުރުމަށްފަހު ހުށަހަޅަމުންދާކަންވެސް އެެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، އެފަދަ ލިޔުން ހުށަހަޅާ ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅު އެޅުމާއެކު، އެފަދަ ލިޔުން ނޮޓަރައިޒް ކޮށްދޭ ފަރާތްތަކުން ނޮޓަރައިޒް ކޮށްދީފައި ހުންނަ ލިޔުން، އެ މިނިސްޓްރީން އިތުރަށް ބަލައިނުގަންނާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެެ.

"އަދި ސައްހަނޫން މައުލޫމާތު ހިމެނޭ ލިޔުމާއި، މައުލޫމާތު ފުރިހަމަ ނުވެ އޮއްވާ ނޮޓަރައިޒް ކޮށްފައިހުންނަ ލިޔެކިޔުން، އަދި ނޮޓަރައިޒް ކުރުމަށްފަހު ބަދަލު ގެނެސްފައި ހުންނަ ލިޔުން، މި މިނިސްޓްރީއަށް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ." އެ މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ބައްލަވާ މިހާރު އިކޮނޮމިކް މިނިސްޓްރީގައި ތިބީ ކޯޓާ ދޭއިރު ފައިސާ އަށް ނުވިކޭ ފައިސާ ފެނުނީމާ ހޮޑުލަވާ ބޭފުޅުންތޯ؟ އަޑުއިވޭ ލައްކަ ގޮތްގޮތަށް. ގަބޫލު ކުރިން ކުރިން އިމިގްރޭޝަންގައި ހުރި ޔާމީނުގެ ތިމާގެ މީހަކު ކޯޓާ ވިއްކައިގެން ވަރަށް ލާރި ކޭވާހަކަ.