މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް އަންނަ އާދީއްތަ ދުވަހު ފެށޭއިރު، ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް 10 ޖެނުއަރީ 2021 ގައި ފެށޭއިރު، ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ކިޔެވުން ނުގެންދާތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ފުރަތަމަ ނިންމީ ނާސަރީން ފެށިގެން މަތީ ގްރޭޑްތަކަށެވެ. އިއްޔެ ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ފެށުމާއިމެދު ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް މިއަދު ވިދާޅުވީ ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ވެސް އާދީއްތަ ދުވަހު ފަށާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިއަ އަހަރުގެ މާޗު މަހުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރި އެވެ. އޭގެ ފަހުން ކިޔަވައިދިނީ އޮންލައިންކޮށާއި ޓީވީ މެދުވެރިކޮށެވެ. ޖުލައި މަހު މާލޭގެ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންދިޔަ އެވެ. ނަމަވެސް އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވާން ފެށުމުން، ސްކޫލް ބަންދުކުރިއެވެ. ދެން ގްރޭޑް އަށަކުން މަތީގެ ކުދިން ސްކޫލަށް ގެންދަން ފެށީ އޮކްޓޯބަރު 19 ގަ އެވެ. އޮކްޓޯބަރ މަހު ގްރޭޑް ހަތެއްގެ ދަރިވަރުން ވެސް ސްކޫލަށް ގެންދިޔަ އެވެ.

ނަމަވެސް މާލޭ ސަރަހައްދުގައި ގްްރޭޑް ހަޔަކުން ފެށިގެން ދަށުގެ ކުދިން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސްކޫލަކަށް ނުގެންދެއެވެ.

މާލޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށްފަހު ފާއިތުވި ދެހަފްތާއެއްހާ ދުވަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސަ

    މީނަ މިހާރު ވެއްޖެ ތިޔަ ތަނުން ބޭރު ކުރަން. ތިޔަ މިނިސްޓްރީއަކީ މިހާރު ކުޅޭ ކުޅޭ ތަނަކަށް ވެއްޖެ. އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި ކުއްލި ކުއްލިއަށް ކަންތައްތައް ނިންނާ ދެ އިރު ދެ ދަޅަައަށް ކާ ބޭހެއްހެން ހެނދުނު ގޮތަކަށް ހަވީރު ގޮތަކަށް ކަންތައްތައް ނިންމަމުން ދިއުމަކީ މިނިސްޓަރުގެ ޤާބިލުކަމާމެދު ސުވާލު އުފެދޭކަމެއް.

    16
  2. ޕޭރެންޓެއް

    އަނެއްފަހަރު ގޯހެއް ނަހައްދަވާ... މި ދައްކަނީ ޅަ ކުދިންގެ ވާހަކަ...އަންނަން އޮތް ޖީލުގެ ވާހަކަ...

    15
    • ޢަހި

      ޢެހެންވީއިރު ރައްރަށަށް ގޮސް ކީއްވެތޯ ކަރަންޓީން ވާން ޖެހެނީ

  3. Anonymous

    ދަރިން ފޮނުވވާނެކަމެއްނެތް! އަދިވެސް ކޮވިޑުގެ ބިރުފިލީކިނޫން. ކޮބާހޭ ވެކްސިން؟؟ ވެންޓިލެޓަރުގޮތަަށް6 ދިރުވާލީތަ؟ ތިހެންތިބެފައި ނުބުނައްޗޭ 2024ގެ ކުރިންވެކްސިން7 ލ

    11
    1
  4. ސަލީމާ

    އެކަމަކު ކޮވިޑާހުރެ އިންތިޚާބު ބޭއްވޭކަށްނެތޯ؟ ޢަޖައިބެއްނު؟ މިހާރު ބާއްވަމުން މިގެންދާ ބައިބޯ ބައްދަލުވުންތަކާ ބައިތުނި ބައްދަލުވުންތަކާ ސްކޫލުތަކުގެ ކްލާސްޜޫމުތަކުގައި ދަރިވަރުންނާ ޓީޗަރުން އެއްވެތިބުމާ ބޭނުން ދިމާއަކަށް ބޭނުންތަނަކަށް ބޭނުންއިރަކު ސަރުކާރުގެވެރިން ދަތުރުކޮށް މަޖާނެގުމާ މޫދަށްއެރިއުޅުމާ ކައްކާ ކެއުމާ ޙަފްލާތައް ބޭއްވޭއިރު ކޮވިޑަކަށް ނޭގެޔޯ ބަޔަކު އެބަ އުޅޭކަމެއްވެސް!!!!

    11
  5. ށަހފ

    ކިހާދެރަކަމެއް ރޯގާފެތުރުން ކޮންޓުރޯލު ނުވެގެން ދުނިޔޭގެ ބޮޑަތި ގައުމުތައް ބަންދު ކުރާއިރު މިސަރުކާރުން ބޭރުން ފަތުރުވެރިން ގެނެއްސަ މީހުންްްގެ ޅަދަރިން ސުކޫލު ތަކައް ގެންދަން މިއުޅެނީ ކިހާބޮޑު ކަމެއް މިދެން

    15
    2
  6. ޖަނާޒާ

    ދެވަށް ދޮންކެޔޮ އަދި ބިލްތައް @ ސާބަހޭ

  7. ސައިފް ބިން ޒީއަޒަން

    މަ އަދި ތެޔޮބިޑި ނުބޮން މަގޭދަރިޔަކު ވެކްސިން ނުލިބެނިސް ނުފޮނުވާނަން