މާލޭގެ ގެެއެއްގެ ފަސް ވަނަ ފަންގިފިލާގައި ގޭސް ފުޅިއަކުން ގޭސް ލީވްގެ ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހ. ތިން ނޫނޫ ގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކްގެ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި މި ހާދިސާގައި ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:31 ހާއިރު އެވެ.

މި ހާދިސާގައި ފިހިގެން ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ވިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފިހުނީ ދެ ދިވެހި ފިރިހެނުންނެވެ. އެ މީހުން ފިހުނީ ގޭސް ލީކް ވެގެން ހުޅުފަޅައިގެން، ގޮސް އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގީ ގޭސްފުޅު އާ ގުޅާފައި އިން ނަޓެއް ދޫވެ، ގޭސް ލީކް ވެގެން ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ރިޕޯޓްކޮށްފައި ވަނީ އެ ގޭގެ މީހުން ރޯވި އަލިފާން ނިއްވާލާފައި ހޮސްޕިޓަލަށް ދަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު