ހުޅުމާލެ ފޭސް ދޭއް ގައި ފިއުލް ޝެޑް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެޗްޑިސީން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި މި ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ އަދެއްދެއްގެ އާއްމު ރައްޔިތުންތަކެއް އާބާދު ވާނެ ސަރަހައްދެއްކަމުން ފޭސް ދޭކަށް ބަދަލުވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިގޮތުން ފޭސް 2 ގައި ދެ ޕެޓްރޯލް ޝެޑެއް ގާއިމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއްޔެ ވަނީ އިއުލާނުކޮށްފައެެވެ.

ޒަމާނީ ފެންވަރެއްގައި ޕެޓްރޯލް ޝެޑް ހެދުމަށް މިފަހަރު އިޢުލާން ކުރެވިފައިވަނީ ހުޅުމާލޭ ފޭސް ދެ ގެ ޕްލޮޓް RD-4(a) (7،327.20އަކަފޫޓު) އާއި, N4-24(C) )10،179.31 އަކަފޫޓު) ބިން ކަަމަށް އެޗްޑިސީން ވިދާޅުވިއެވެ. މިގޮތުން RD-4(a) ޕްލޮޓްގައި ގާއިމްކުރާ ޕެޓްރޯލް ޝެޑްގެ އިތުރުން ކާރ ވޮޝްއެއް ހިމެނޭ ގޮތަށް ތަރައްގީ ކުރާނެ އެވެ. އަދި N4-24(C) ޕްލޮޓްގައި ޤާއިމްކުރާ ޕެޓްރޯލް ޝެޑްގައި ފުރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ވަނީ ކަނޑައަޅާފައެެވެ.

އަދި ޤާއިމްކުރެވޭ ދެ ޕެޓްރޯލް ޝެޑުންވެސް ސެލްފްސާވިސްގެ ޙިދުމަތާއި ފުރޮޅަށް ވައި ޖެހޭނެ އިންތިޒާމު ލިބޭނެ ގޮތަށް ތަރައްގީކުރުމަށް ވަނީ ކަނޑައެޅިފައެވެ.

އެޗްޑިސީން ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައެވެ.

އަދި މި މަޝްރޫ އާއި ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް މީޓީންގ 18 ޖަނަވަރީ 2021 ވަނަ ދުވަހުގެ 14:00 ގައި ބޭއްވުމަށް ނިންމާފައިިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު