ފުުލުހުންގެ މުއަސަސާ ފެއިލްވެފައިވާ ކަމަށާއި އެ އިދާރާއިން ދަނީ ސަރުކާރުން ޖަހާހައި މިއުޒިކަކަށް ނަށަމުން ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

"ޗެނަލް 13" ގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޖަމީލް ވަނީ ސަރުކާރުގެ ނުފޫޒު ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފޯރަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފުލުހުން އަމަލު ކުރަމުންދަނީ ސަރުކާރުގެ "އޯޑަރުތަކަށް" ކަމަށެވެ. ސަރުކާރުގެ އިސް ބޭފުޅުން ބޭނުންފުޅުވާ ސިޔާސީ މަންފާތައް ހާސިލް ކުރުމަށް ވަކި ކޮޅަކަށް ބުރަވެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެކި ރަށްރަށުގައާއި ކަންމަތިތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރީތައް ކުރަމުންދާ ކުދިން ފުލުހުންނަށް ނުފެންނަނީތޯ ޖަމީލް ވަނީ ސުވާލުއުފައްދާފައެވެ. އަދި އެއްވެސް ވަޒީފާއެއް އަދާނުކޮށް "ތިން ހަތަރު ކާރު ގަނެ، ބޮޑެތި ބޮޑެތި މުއްސަނދިކަން ހޯދަމުންދާއިރު" އެފަރާތްތަކަށް އާމްދަނީ ލިބެނީ ކިހިނަކުންތޯ ފުލުހުން ބަލަމުން ނުދަަނީ ކީއްވެތޯ ވެސް ޖަމީލް ސުވާލު އުފައްދާފައިވެއެވެ.

މި ސުވާލުތައް އުފެއްދުމަށް ފަހު، ޖަމީލް ވިދާޅުވީ ދިވެހި ފުލުހުންގެ އިދާރާ ވަނީ ފެއިލްވެފައި ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައި އިސްކޮށް އުޅުއްވާ ފަރާތްތަކުގެ މައިގަނޑު "ފޯކަސް" ހުރީ ސަރުކާރުން ބޭނުންވާ ސިޔާސީ ކަންކަން ހާސިލްކުރުމަށް އެ އިދާރާ މެދުވެރިކޮށް ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެކަނި ކަމަށާއި ވިދާޅުވިއެވެ.

"ހަގީގަތަކީ ދިވެހި ރާއްޖޭޣެ ފުލުހުންގެ އިދާރާ މިއަދު ވަނީ ފެއިލްވެފައި. ހަގީގަތަކީ ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގައި މިއަދު އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައިގަނޑު ފޯކަސް އޮތީ އެންމެ ކަމަކަށް ކަން. އެއީ ސަރުކާރުނ ޖަގްލަރީ، އެބޭނުންވާ ކަންކަން ހިންގުމުގަ، ސަރުކާރު ޖަހާހާ މިއުޒިކަކަށް ނަށަން އޮތް އެއްޗެއް ފުލުހުންނަކީ މިއަދު ހިތާމައާއި އެކު." ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާއިން ވެސް އަދި ރާއްޖޭގެ ޝަރުއީ ކޯޓަކުން ވެސް އިންސާފު ހޯދަން ބޭނުން ނަމަ ވެރިކަން ކުރާ އެމްޑީޕީއަށް ތާއީދުކުރާ ފަރާތަކަށް ވާން ޖެހެއެވެ. ޖަމީލް ވަނީ ދައުލަތުގެ އެކި އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބޮނޑިބަތްގަނޑު މިހާރު ހަމަ ބޯގޯސް ވެއްޖެ. ޢަދިވެސް ވެރިކަން ލިނޭތޯ؟؟؟

    4
    4
  2. Anonymous

    ނިއްކުރިބެ

    3
    2
  3. ނިކްޖޯނަސް

    ކުށެއްނެތި ފުލުހުން ވަޒީފާއިން ވަކިކުރަން އެކަނި ޖަމީލު މެންނަށް އެނގެނީ .

    2
    3