މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ޖޫރިމަނާ ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަގެ ހުކުމް އިއްވުން ޖެނުއަރީ 14 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާ ކަަމަށް ދައުލަތުން ހުށަހެޅުމުންނެވެ.

އެ ހުކުމް ކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހައި ކޯޓުގެ ޝަރީއަތްތައް މިދިޔަ ސެޕްޓެމްބަރު މަހު އެއް ވަނަ ދުވަހު ނިންމައި މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފަ އެވެ. ހުކުމް ނުކުރެވި ތިން މަސް ދުވަސް ވެފައިވާއިރު އެއީ ޖިނާއީ އިޖުރާތާއި ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށް ވަކީލުން ބުނެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ބުނެފައި ވަނީ އެމަނިކުފާނު ހެއްކައް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ކްރިމިނަލް ކޯޓުން އިއްވި އަމުރު ގާނޫނާ ހިލާފު ކަމަށެވެ. ހާއްސަކޮށް އެމްއެމްޕީއާރްސީގެ މައްސަލައިގައި އެތައް ބައެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައި ހުރި އިރު، ހަމައެކަނި ރައީސް ޔާމީން ބައްދުގައި ބަހައްޓައިގެން ޝަރީއަށް ކުރުމަކީ ހަމަހަމަކަން ގެއްލޭނެ ކަމެއް ކަމަށްވެސް ވަކީލުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  ޔާﷲ ރައީސް ޔާމީނުއައް ކާމިޔާބުމިންވަރު ކުރައްވާށި އާމީން

  34
 2. އަލީ

  އިންޝާ ﷲ ރައީސް ޔާމީނަށް ހުރިހާ ގޮތަކުން ކާމިޔާބު ލިބޭނެ.

  34
  1
 3. އިންޑިއާ އައުޓް

  ނުޚައްޤުން ޖަލުގައި ރައީސްޔާމީން ދޫ ކޮށްލާ!

  31
  2
 4. ކާފަބޭ2020

  ހައިކޯޓުން ރައީސްޔާމީނަށް އިންސާފުލިބިދާނެ! ސްޕްރީމްކޯޓު އޮތީ ތައްޔާރަށް ޕީޖީ އިސްތިއުނާކުރާނެއިރަކަށް ފާރަލައިގެން ހުކުމްރިވިއުކުރާއިރު ދަށުކޯޓުގެޙުކުމް ރަނގަޅުކަމަށްނިންމާ އިތުރުދައުވާތަކާއެކު ރައީސްޔާމީން ޖަލުގަބާއްވައިގެންނޫނީ ނޭވާހާސްވާވަރުންމިއުޅެވެނީ!

  6
  1
 5. ނަައީމް

  ހަމައެކަނި ރައީސްޔާމީންއައް އަނިޔާކުރުންފިޔަވާ އިތުރުކަމެއްކުރާ ސަރުކާރެއްނޫން

 6. ދިވެއްސެއް ވީމަ ބުނަމޭ

  ހަގީގަތް ހާމަކުރުމަކީ އިންސާފެވެ ބުނަން ހެއްޔެވެ ދިވެހި ރާއްޖޭގެ ބައިތުލްމާލް އާ ހަވާލުވާންލިބޭ އެއްވެސް މީހަކީ އެހާ ބޮޑު ތެދުވެރި އަލިފެއް ފަދަ މީހެއްނޫނެވެ ހުރިހާ އެންމެންގެވެސް ކުށް އެބަހުއްޓެވެ ބިތުފަންގި ނުނެގޭ ބައިވަރު ކަންތައްތަކެވެ އެޔާއި އެކުވެސް ދިވެހިން ގަބޫލު ކުރަންޖެހޭ ތެދު ހަގީގަތަކީ އެކަކު އަނެކަކާ އަޅާ ކިޔާއިރު ރައްޔިތުމީހާގެ ހައްގުގައި ގިނަ ކަންތައް ކޮށްދީ ރައްޔިތު މީހާޔަށްވެސް ދީގެން ބައިވެރި ކޮށްގެން ކެއީ ކާކުތޯއެވެ މާކުންބޭ ހެން ފިލާ އިދެ ދަރިން ފައްޗަށް ނުދީ ކެއީ ކޮން ފަރާތަކުން ހެއްޔެވެ އިންސާނުންނަކީ ޝުކުރު ކުރުން މަދު ފުރެދުމުގައި ހައްދުފަހަނަ އަޅާފައިވާ މަޚްލޫގް އެކެވެ އެހެންވެ ހަދާން ކޮށްދެމެވެ ބުރިޖްވެސް ސަޅިއެވެ ބޯހިޔާ ވަހިކަން ކަށަވަރުކުރުމަށް އަޅައިދިން ފުލެޓްތައްވެސް ސަޅިޔެވެ ވަޒީފާގެ ފުރުސަތުތައް ދީގެން ޕާޓޭން ނަށް ޝަރަފްވެރި ކޮން ދިރިހުންނަށް ދަސްކޮށްދިނުންވެސް ވަރަށް ސަޅިޔެވެ ހައްތަހާވެސް ކޮށްފައިހުރީ ސަޅި ކަންތަކެވެ ޒަމާން ތަކަކަށް ދިވެހިންނަށް މަންފާޔާ ލާބަ ލިބޭނެ ކަންކަމެވެ ޝުކުރުވެރިވާން ނޭގުމަކީ ހާދަހާ ދެރަކަމެކެވެ އިހްސާން ތެރިވިމީހާޔަށް ދިވެހިން ތިޔަދިނީ ތެޔޮހަމެކެވެ ވަގުން ތައް ޝަރަފާ އިއްޒަތުގައި ހުޝާމަދު ކޮށްގެން އުދުހޭނީ ކިހާ ދުވަހެއް ވަންދެން ބާއެވެ ހައްތަހާވެސް ލިފްޓް ވަގުންތާދޯ އަލާއުއްދީނުގެ ވޮއްގަނޑާ އުދުހޭ ކާޕެޓްގައި ތިބެގެން ތިކުރާ ހުކްމް ހާދަހާ ވާ ގޯހެވެ