ލ. ކުނަހަންދޫ ކައިރީގައި އޮންނަ ކުޑަފުށި ކިޔާ ފަޅުރަށެއްގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

“ވަގުތު” އަށް މައުލޫމާތު ދެމުން ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވީ، ފައްސިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ކަން ކުރައްވާފައިވާ މުޖުތާޒް ފަހުމީ ކަމަށެވެ.

ޝާހީން ވިދާޅުވީ، އޭނާ ފައްސިވެފައިވާ ކަން އެނގިފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު ކޮވިޑް-19ގެ އަލާމާތްތަކެއް ހުރެގެން ލ. ގަމުގައި ހުންނަ ކޮވިޑް-19ގެ ފެސިލިޓީއަށް ދައްކައި ހެދި ޓެސްޓުން ކަމަށެވެ.

“އެބޭފުޅާ ހުރީ ހާލުބެލުން ޕޯޓަލް ގައި ރަޖިސްޓަރ ކޮށްގެން އެރަށުގައި ކަރަންޓީނުގައި. ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓް ކުރިއިރު ފައްސިކަން އެނގުނީ“ ޝާހީން ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ، އެބޭފުޅާ މިވަގުތު ހުރީ ގަމުގައި ހުންނަ ފެސިލިޓީގައި ކަމަށާއި އެތަނުން ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13,930 މީހެކެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 657 މީހަކަށެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން 48 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަފީސާ

    އެބޭފުޅާގެ ވަނަވަރު ހާމަކުރަން ޖެހޭތޯ؟

  2. އައިސަތު ވާރިޔާ

    މަޝްހޫރު ބޭބޭފުޅުން ގެނަން ހާމަކުރެވިދާނެ މިސާލަކައް ރައިސްކަން ކޮއްފަ ހުރިމީހަކު ގާޒީއަކު މަޖުލިސް މެންބަރަކު ފިލުމުސްޓާރަކު ޕާޓީ ތަކުގެ ނަންމަށްހޫރު ކުދިން

    • ޯައޯކޭ

      ޢޭ ކައެ އަށް ކޯއްޗެއް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި