ގއ. ވިލިނގިލީ ޒުވާނުން ރަށުގެ ކައުންސިލް އިދާރާ ކުރިމަތީގައި ފުޓުބޯޅަ ކުޅެފިއެވެ.

މިއަދު ހަވީރު އެރަށު ޒުވާނުންތަކެއް އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯގައި ޒުވާނުންތަކެއް ފުލުހުންނާއި ވާހަކަދައްކާ މަންޒަރު ފެނެއެވެ. އަދި އެ ސަރަހައްދުގައި ފުލުހުންގެ ވެހިކަލް އޮތް މަންޒަރުވެސް ފެނެއެވެ.

އެ ޒުވާނުން ތަރު އަޅާފައިވާ އެ މަގުމަތީގައި ފުޓުބޯޅަ ކުޅެފައި ވަނީ ކުދި ގޯލުވެސް ބަހައްޓައިގެންނެވެ.

އެ ވީޑިއޯއިން ފަހުން ފެނިގެން ދަނީ އެ ޒުވާނުން އެ ތަނުގައި ފުލުހުން ތިއްބާ ގޯލް މަގު މެދަށް ގެނެސް އަނެއްކާ ބޯޅަ ކުޅެން ފަށާ މަންޒަރެވެ. އަދި ފަހުން އެ ސަރަހައްދުން ފުލުހުން ވެހިކަލްގައި ދާ މަންޒަރުވެސް ފެެނެއެވެ.

އެ ސަރަހައްދުގައި ޒުވާނުން ފުޓުބޯޅަ ކުޅެމުންދިޔައިރު، ބައެއް އާއްމުންވެސް ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަނޑުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ރޯކޮށްލާފައެވެ. އެކަމާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ، އެ ދަނޑުގައި ރޯކޮށްލާފައި ވީނަމަވެސް އެދަނޑުގައި ޓާފް ނާޅާނެ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ދަނޑުގައި ބަޔަކު ރޯކޮށްލާފައިވަނީ މެޓްގެ ބަދަލުގައި ދަނޑުގައި ޓާފް އަޅައިދިނުމަށް ސަރުކާރުގައި އެ ރަށު ޒުވާނުން އެދުނު ނަމަވެސް އެ ކަން ސަރުކާރުން ނުކޮށްދިނުމުން ޒުވާނުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެނެވެ.

މިނިސްޓަރު މަހްލޫފު ވިދާޅުވީ ވިލިނގިލީގައި ފުޓުބޯޅަ ކުޅޭ ބޮޑު ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހެން ކަމުން ފުޓުސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެ ކަން އެ ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

މަހްލޫފު ވިދާޅުވި ގޮތުގައި އެ ގޮތަށް ސަރުކާރުން ނިންމީ ރަނގަޅު ފުޓްސަލް ދަނޑު ވެސް ނެތް ރަށްރަށް ހުރުމުން އެފަދަ ރަށަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ވިލިނގީލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ވެސް ލަސްވާ ކަން ގަބޫލު ކުރައްވައި އޭނާ ވިދާޅުވީ އެ މަސައްކަތް ލަސްވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުންނައި ދަނޑުގެ ސަބް ބޭސް ރަނގަޅު ކުރަން ޖެހުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ލާލް ސިންގް

    ޒުވާނުން ތިހެދީ ހަމަ ރަނގަޅައް ، ތާއީދު

    41
    89
    • ޗޮމްޕީ ޓޮމްޕީ

      ކަލޭމެން ކަހަލަ މީހުންނާ ހެދި ޒުވާނުން ހަލާކުވަމުން އެދަނީ. ނުލަފާ ކަމެއް ކޮއްލާ އިރަށް އެކަމަށް ތާއީދުކޮށް އަތްޖަހާ ހިތްވަރުދީ. ހަމަ ބުއްދި ހުރި މީހުން ނޫޅޭނެ އެވައްތަރަކަށް. ފުޓުބޯޅަ ނުކުޅެވިގެންދޯ މިއުޅެނީ އަދިވެސް ޕެންޑެމިކް ތެރޭ

      70
      9
      • ކިނބޫ

        ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ނޫންތަ އެ ދެއްކީ؟ ސާބަހާއި އައްސަރިބަސް ދޭންވީމަ ކޮން ރުޅިއެއް ތިއަންނަނީ!

        8
        26
        • ނައިކް

          ބަލަ ބޮޑު ސިންގާ ފުޓު ބޯޅަ ދަނޑެއް އެބަ ހަދައޭ ފީފާ އެޕްރޫވުޑް ޓާފްއަޅައިގެން ދެން ކޮން ފުޓު ބޯޅައެއް މަގުމަތީގަ ކުޅޭކަށަތަ ފުޓްސެލްޓާފެއް ނެތިގެންނޭ ކިޔާފަ.. ރީތިކޮށް އޮތް ދަނޑެއްގަ ހުޅުޖަހާފަ.. ދެން ކައުންސިލު ބަޖެޓުން އެކަން ކުރޭ.. މިނިސްޓީލައްވާ އިސްރާފުކުރުވަން ނޫޅޭ

  2. ފީފާ

    ދެން ކުޅޭ ގޭދޮރުމަތީގަ .
    ބަލމީ ޔާމީން ސަރުކާރެއް ނޫނޭ ތަންތަން ހަލާކު ކުރީމަ އަނެއް ދުވަހު ހަދާދޭކަށް.

    30
    8
  3. ޕުޗުސް

    ތިތާ ހުންނާނެ ދަނޑުގައި ރޯ ކޮއްލި މީހާ ވެސް.

    48
    4
  4. ގައުމު

    ވ ވ ދެރަ ކަންކަން ހިތާމަ ހުރި ކަންކަން އެއްވެސް ސިޔާސީ ޕާޓީ އަކުންވެސް ބަޔަކުވެސް މިބާވަތުގެ ނާތަހުޒީބީ ކަންކަމަށް ހިއްވަރު ދީގެންނުވާނެ ގައުނުގެ މުސްތަގުބަލް ހަލާކުވެ އަމާންކަން ގެއްލި ގާނޫނު ނުހިގާ ތަނަކަށް މިގައުމު ވެގެންނުވާނެ.

    38
    8
  5. މަޖުނޫނު

    100 ތާއީދު.. މައުމޫނު ވެރިކަުގައި މަސްތައް އޮފީހަށް އަޅާލަން އޯކޭ.. މިހަރު އޯކޭ އެއް ނޫން.. ކިހާ ހެއްވާ.. ކުޅުދުއްފުށީގަ ވެސް އެބައޮތް އަނިޔާވާ މެޓެއް.. ޓާފްދަނޑު މިހާރު ހަލާކުވެފަ..

    25
    5
    • ޒައިޒައި

      އެ މަސް ކިރުވޭނެ އެއްވެސް ގޮތެއް ނެތި އެތަށް ހާސްޓަނެއްގެ މަސް ކުނިވީމަ ދޯ؟؟ ކޮވިޑް ކަހަލަ ހާލަތެއް ވެސް ދުނިޔެއަށް ކުރިމަތިވެފަ ނެތީސް..އެވެސް ގޯސް.. މިހާރު ފުޓުސެލް ދަނޑެއް އޮއްވާ އަމިއްލައަށް ރޯކޮށް އަދި ބޮޑު ދަނޑެއްގަ ފީފާ އެޕްރޫވްޑް ޓާފުއަޅައިގެން ހަދަނިކޮށް މިވައްތަރު ޖެއްސީމަ ތި ބުނާ ހާލަތާ އަޅާ ނުކިޔޭނެ..

  6. ބޯދުޅަ

    ދެން ތިބޭ ދަނޑުގަ ހުލުޖަހައިގެން ހުންނާނީ ރާކަނިމަސް ކެވިފަ

    46
    6
  7. ޢަލީ

    ޒުވާނުންނަކީ ތިފެންވަރަށް އަޚްލާގީ މިންގަޑު ދައްބަޔަކަށް ވެގެންނުވާނެ ،

    45
    6
  8. މަނީމަނީ

    ކުޅެކުޅެ ތިބެދާނެއްނޫ

    39
    2
  9. ބާބުލްއަވާލީ މަލިކު

    ރަށު ކައުންސިލް އިދާރާ ދޮރުމަތީ އޮތީ ޓާރފް އަޅާފަ ތަ؟ ހަހަހަހަހަ..

    41
    3
  10. މިސްޓާރ ޓޭ

    ބޮޑާ ހާކާ ކުޑަ ކުދިން

    32
    4
  11. Anonymous

    ޔާސިރުގެ ފުވާދު ކަލޭ މަހަށްދޭ މިފަހަރު އެމްޑީޕީ އަށް ވޯޓު ނުދޭނަން.

    8
    3
  12. ކުލްދީޕް

    ހަރުކަށި ފިކުރުގެ ޒުވާނުން އުޅޭ ރަށެއް. ކަމެއް ވާއިރަށް ތަންތާ ހުޅު ޖަހާ ބިރުވެރިކަން އުފައްދައި ގަދަބާރުން ކަންކަން ކުރުވަން އުޅުން. މަހުލޫފު ދޫ ނުދޭތި. މަ ނަމަވެސް ޓާފް ނާޅާން ތިވަރު ބަޔަކަށް

    17
    3
  13. ކިނބޫ

    ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ނޫންތަ އެ ދެއްކީ؟ ސާބަހާއި އައްސަރިބަސް ދޭންވީމަ ކޮން ރުޅިއެއް ތިއަންނަނީ!

    7
    13
  14. ރީލޯޑުވަޒީރު

    ހަލާކެއް ނުކުރޭ ހުޅެއް ނުޖަހާ. ދަނޑު އަޅައިދެވޭވަރު ބަޔަކު ނެތީމަ ގާބިލުކަމެއް ނެތީމަ ކައި ހުސްކޮށްފަ އޮތީމަ ހުޅު ޖެހީއޭ ކިޔައިގެން ބަހުލޫލޭ ފުފުނީމަ އެވީތަ؟

    6
    8
    • ރާސްޓަސްވަޒީރު

      ގާބިލުކަން އޮތަސް ތިވަރު ބަޔަކަށް އެކަން ކޮށްދޭކަށް ނުޖެހޭ. ކަމެއް ބޭނުންވީއޭ ކިޔާފަ ހަމަ ޖެހުން ހިންގާކަށް ނުޖެހޭނެ. މޮޔަ ކުދިން އުޅޭ ރަށެއްތީ ހަމަ. އޭގެ މީހުން ބައިތިއްބާ ތަނެއް އަޅަން ވީ. ހަހަހާ

  15. Happy

    ފުޓުސަލް ދަނޑު ޓާފަށް ބަދަލު ކުރާނެކަމެއްނެތް... ތިކަހަލަ ދަށުދަރަޖައިގެ އަމަލުތަށް ކުރަންޏާ

    10
    4
  16. އ މ ރ ބ

    ތިހެދީ ހަމަރަގަޅަށް، މާވެސް ތާއީދު

  17. އަންނި

    ރާއްޖެތެރެރެ މީހުން ހަމަ ނުލަފާކަން ދައްކަނީ.... ނަސީބެއް ރައްތައް ތަރަގީ ނުވާކަން.....

  18. ބޮލުރޮދިން

    ބައިތިއްބާ. މެޓަށްވުރެ ތާރު ފައްކަލީ ކަންނޭނގެ. ދަނޑުގަ ވެސް ތަރު އަޅާދީ.