ކ. މާފުށި ޖަލުން ދެ ގައިދީއަކު ފިލައިފި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ފުލުހުން އެކަން ދޮގުކޮށްފިއެވެ.

މާފުށި ޖަލުގައި ކަމެއް ހިނގައިގެން އުޅޭކަން ކަރެކްޝަންސް އިން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި ފުލުހުންވެސް ކަރެކްޝަންސް އާ ގުޅިގެން ހަރާކާތްތެރިވަމުންދާކަން ފުލުހުންވެސް ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެހެން ނަމަވެސް ހިނގައިގެން އުޅެނީ ކޮން ކަމެއް ކަން އަދި މި ދެ އިދާރާއިންވެސް ސާފްކޮށް ދެއްްވާފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން، ފުލުހުންނާއި ކަރެކްޝަންސް އިން ހަރަކާތްތެރިވަމުން ދަނީ ޖަލުން ދެ ގައިދީއަކު ފިލައިފިކަމަށް ރިޕޯޓް ލިބުމާއި ގުޅިގެންނެވެ.

ޖަލު ފަޅާލައިގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ޖަލަށް، އަދި ގޮޅިއަކަށްވެސް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ދިން ބައެއް މީހުން ބުނާ ގޮތުގައި ދެގައިދީއަކު ވަނީ ފިލާފައެވެ. ދެ މީހުން ފިލައިގެން ދިޔަ ކަަމަށް ބެލެވެެނީ މޫދާ ވީ ފަޅިން ކަމަށާއި އެ ފަޅިން ފިލައިގެން ދިޔަކަމުގައިވާނަމަ ދެވޭނީ ފާރުމަތިން އަރައިގެން ކަމަށް މާފުށީ ޖަލުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

"މާފުށި ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ޕްރިޒަން އޮފިސަރުންނާއި، ފުލުހުން ގުޅިގެން ސާޗް އޮޕަރޭޝަނެއް އެބަ ކުރިއަަށް ގެންދަން" ފުލުހުންގެ މީޑިއާ އޮފިޝަލެއް، ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ، މާފުށީ ޖަލުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު މިވަގުތު މަދު ނޫން ކަމަށް ކަރެކްޝަންސް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  ގައިދީން އިތުރެއްނުވޭތަ..

 2. ވިސްނާ

  ޖަރީމާ، ކޮންމެވެސް ކަންތަށްގަޑެއް ހިންގާލަން އުޅެނީހެން ހީވޭ! އަބަދުވެސް ކަންކަން ކުރަން ރާވަނީ ޖަރީމާގެ އުސޫލުން. އެހެންތާވާނީ ވަކަރުގޭ ކުދިން ކޮޅެއްވިއްޔާދޯ!

 3. ިމުހައްމަދު

  މާފުށީ ޖަލުން ގައިދީން ފިލުމާއި ގައިދީން މަދެއް ނުވުމާއި އެއީ މުޅިން ދެކަމެކެވެ. ތިޔަ ތަނުން ގައިދީން މަދުވި ދުވަސްވަރެއް މިއިން ޒަމާނެއްގައިވެސް ވޭތުވެގެން ގޮސްފައިވޭ ބާވައެވެ. ދުވަހެއް ދުވަހަކަށް ހައްތާވަނީ ގިނަ ނޫންހެއްޔެވެ؟

 4. ބާކޮލި

  ހެހެ. މަދުވިޔަސް އިނގޭނެތަ؟ ލޮލް.