މާފުށީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނައިތާ ގަޑިއެއްހާއިރު ފަހުން ޖަލު އާއްމު ހާލަތައް ގެނެސްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަމަށާއި އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަން ކަށަވަރު ކުރެވިފައިވާތީ ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ.

ޖަލު ސަރަހައްދަށް އެއްވެސް މީހަކު ނުވަންނަނީސް ޖަލު ސަރަހައްދަށް ބަޔަކު ވަން ކަމުގެ މައުލޫމާތު ލިބުނު ގޮތެއް އެއްވެސް ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މާފުށީ ޖަލު ސަރަހައްދަށް ބަޔަކު ގަވައިދާއި ހިލާފަށް ވަދެފައިވާކަމުގެ ރިޕޯޓް ލިބުމާއިއެކު ފުލުހުންނާއި ކަރެކްޝަންސް ސާވިސްގެ އޮފިސަރުން ވަނީ ޖަލުގައި ހަރަކާތްތެރިވެފައެވެ.

މިރޭ ފުރަތަމަ ރިޕޯޓް ލިބުނީ މާފުށީ ޖަލުން ދެގައިދީއަކު ނިކުތް ކަމަށެވެ. ނަމަވެސް ކުޑަވަގުތުކޮޅެއް ފަހުން ފުލުހުންނާއި ކަރެކްޝަންސް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ޖަލު ކަމަށްވާ މާފުށީ ޖަލުން ބަޔަކު ފިލައިފި ކަމުގެ ރިޕޯޓް ލިބުމާއިއެކު މިރޭ މާފުށީ ރައްޔިތުންނަށް ވެސް ބޮޑު ނުތަނަވަސްކަމަކާއި ކުރިމަތިލާން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ތީ ޖިންނި ޝައިޠާނުން ކަމަށްވާނީ،

    10
  2. ތޮރާ

    ރޯ ބުހުތާނު ދޮގު ޖިންނީންތަކެއް ކައުންސިލް އިން ތިޚާބު ބޭއްވުމަށް ތައްޔާރުކުރަން

  3. ޅަބޭ

    ރަގަޅު ރަގަޅު. ތިވަރު ކުޑަ އަދި.

  4. Anonymous

    ސެކިއުރިޓީ ވަރުގަދައީ އޭ ހަމަ ދެންނެވޭނީ 😒

    10
  5. ޓ

    ތަމްރީނު ހަދަން...ސްޓަންޓް ޖައްސަނީތޯ

  6. ސޭކްސްތާން

    ހުރިހާ ދިމާލަކުންވެސް ފެންނަނީ ނާގާބިލްކަން. އެއްފަހަރު ބުނީ ދެ ގައިދީއަކު ފިލިއްޔޭ. ދެން ބުނީ ބަޔަކު ވަނިއްޔޭ. ދެން ބުނީ ނުފިލަޔޭ. ދެން ބުނީ ބަޔަކު ނުވަދެޔޭ. ހަމައިގަތަ މިތިބެނީ މި މީހުން.

    13
  7. ކިނބޫ

    އެހެންތަ؟ ކުއްލި ހާތަށް ގެނައީވެސް އާންމު ހާލަތަށް ގެނައީވެސް މަޖާކުރަން؟ ކުއްލިކުއްލިއަށް ހަތް ހާއްޔަށް ލާފަ ހޭބަލިވަނީތަ ދެން އެހެންވިއްޔާ!

  8. އަލީ

    ކީއްވެގެންބާ ޖަލުން ސިގްނަލް ކަނޑާ ނުލެވެންވީ؟
    ޖަލަށް ފޯނު ވައްދައިގެން ހިންގާ ކުޅިގަނޑު ހުއްޓުވާބަލަ.

  9. ޖަޒްލާން

    އަޅުގަނޑު ދ.ވާނީގައި ޕޮލިސް ބޭސިކް ކޯސްގައި، ޕަބްލިކް އޯޑަރ ކޯސް ހެދިއިރު، ތިކަހަލަ ކުއްލިހާލަތުތަށް އާދޭ، ހީވަނީ ހަމަ އަސްލުހެން ފަހުން އިގެނީ ސިނާރިއޯ ތަކެއް ކަން.

  10. ފޭކް

    މިހަމަފޭކެއް ޔާމީނުމަތިއަޅުވާ ޕީޕީއެމް.އަގުވައްޓާލަން ހިންގާ ޢަމަލެއް.ޔާމީންނުފިލާނެ އެއަށްވުރެ ބަސްއަހާ އިޚްލށްތެރިއެއް.ގޮޑިދުއްވާކަށް ނުދާނެ ދޮގުހަދައިގެން