މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 37 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 26 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން އެކަކު، ރިސޯޓްތަކުން ހަތް މީހުން އަދި ސަފާރީތަކުން ތިން މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،967 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ އެންމެ އަށް މީހުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 13،225 މީހުންނެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އަދި ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު އެކްޓިވް ކޭސްތައް ނުވަތަ މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 687 އަށް އަރައެވެ. މީގެ ތެރެއިން 40 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު 37 މީހުން ކޮވިޑް-19 އަށް ފައްސިވީ 2،444 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ޑިސެމްބަރ 11 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު