22:37

ރާއްޖެ އިން އިތުރު 21 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:48

ގއ.ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިން ހާލަތައް ގެނެސްފި.

14:26

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،266 މީހަކު މަރުވެއްޖެ.

11:52

އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށްފަހު މިހާރު އަންނަނީ ފައްސިވާ މީހުންނާއި، ބަލި ޖެހިފައި ތިބި މީހުންނާއި އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އިތުރު ވަމުންނެވެ.

މިއަދު އިތުރު 37 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 687 އަށް އަރައެވެ. މީގެ ތެރެއިން 40 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު އެކްޓިވް ކޭސްގެ އަދަދު 499 އަށް މަދުވުމަށްފަހު އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު އެންމެ ހާލަތު ގޯސް އިނގިރޭސިވިލާތުގެ ހާލަތު އަންނަނީ އަދިވެސް އިތުރަށް ގޯސްވަމުންނެވެ. ފްރާންސް، ރަޝިއާ އަދި އިޓަލީވިލާތުން މިއަދު ފައްސިވި މީހުންގެ އަދަދު ވެސް ވިހިހާހަށްވުރެ ގިނައެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ޔޫރަޕްގެ ގިނަ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުން ވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު