2023 ގައި ރާއްޖޭގެ ހާލަތުވެސް އެމެރިކާގެ ހާލަތަށް ދިއުމާއި ވަރަށް ގާތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާާޅުވެފައިވަނީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ އެލެކްޓޯރަލް ވޯޓާއި މެދު ގޮތެއް ނިންމުމަށް އެ ގައުމުގެ ޤާނޫނު މަޖިލީހުގައި ތާވަލް ކޮށްފައި ވަނިކޮށް އިންތިހާބު ނާކާމިޔާބުވި ރައީސް ޑޮނާލްޑް ޑްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގްއަށް ވަދެ، ރޭ ހިންގި ހަމަނުޖެހުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާއު ވަނީ ރާއްޖޭގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައިވެސް މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ލަފާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

"2020 ގައި ރާއްޖޭގެ ހާލަތުވެސް އެމެރިކާގެ ހާޅަތަށް ދިއުމާއި ވަރަށް ގާތް. ރައްޔިތުން ނިކުމެ މި ނުބައި، އަނިޔާވެރި ވެރިކަން އެމެރިކާ ރައްޔިތުން ބަދަލު ކުރި ގޮތަށް ކުރާނެ" ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.

ޝުޖާއު ވަނީ ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއިން ގައުމު ހަލަބޮލި ކުރުމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހަޅުތާޅަކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން "ހަމަހިލާ އެހެންނަކުން ނުވާނެ" އޭ ބުނެ 2013 ވަނަ އަހަރު އެމްޑީޕީއިން ގައުމުގައި ހަމަނުޖެހުން އުފައްދާ، މަސްލަހަތު ގެއްލުވާލި މަންޒަރު މާޒީގެ ސަފްހާތަކުންން ރައްޔިތުންނަށް ފެނިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވާ، އެ ހަމަނުޖެހުންތައް ކުށްވެރި ކުރައްވަމުންނެވެ.

ކެޕިޓަލް ބިލްޑިންގައި ހިންގި ހަމަނުޖެހުންތަކަށް ފަހު، ވައިޓްހައުސްގެ އިސް 3 އޮފިޝަލަކުވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕުޗުސް

    ޝުޖާއު ކަލޭ ތަލަ

    7
    6
  2. ކޮވިޑް

    މާތްﷲ ގެ ވާގިފުލާއެކު 2023އ އަންނަން ވާއިރަށް މި ވެރިކަން ވެއްޓޭނެ ﷲ ގެ ކުޅަދުންވަންތަކާއެކު.

    14
    28
    • ސަލީމް

      ދައުރު ނުނިމެނީސް ވެރިކަމެއް ވެއްޓިގެން ދިޔުމަކީ ގައުމަށް ވަރަށް ގެއްލުންބޮޑު ކަމެއްކަން އެއީ މިހާރު މިރާއްޖޭގެ ރައްޔަތުންނަށް ތަޖުރިބާ ކުރެވިފައިވާ ކަމެއް. ވީއިރު އެކަން ތަކުރާރުވުމަށް އެދުމަކީ ހެޔޮވިސްނޭ މީހުންގެ ގޮތެއްކަމުގައެއް ނުބެލެވޭ. ވެރިކަމުގައި ތިބިމީހުން ހަދަމުންދާ ގޯސްތައް ފާހަގަކޮށް އެކަންކަން ރަގަޅުކުރުމަށް ގާނޫނު ތަންދޭ ގޮތްތޮތަކުގެ ތެރެއިން ސަރުކާރަށް ޕްރެޝަރު ކުރަންވީ، ރަގަޅުނޫންނަމަ ވޯޓުނުދޭންވީ، ވޯޓަކީ ފައިސާތަކެއް ދިނީމަ ވިއްކާލެވޭ އެއްޗަކަށް ނަހަދަންވީ، ރަޢްޔަތުން ވިސްނަންވީ، މިހާރުވެސް ބޯމަތިވަމުން މިއަންނަނީ ވަރަށް މުހިންމު މަރުޙަލާއެއް- އެއީ ކައުންސިލް އިންތިޚާބު.