އަންނަ އާދީއްތަ ދުވަހުން ފެެށިގެެން ކުނި ނެގުމުގެެ ގަޑިތަކަށް ވެމްކޯއިން ގެނައުމަށް ހަމަޖެހިފައިވާ ބަދަލު ގެންނަން ނިންމައިފިއެެވެ.

ވެމްކޯއިން ނެރުނު އިއއުލާނެއްގައި ވިދާޅުވީ އަންނަ އާދީއްތަ ދުވަހުުން ފެށިގެެން ދެން އެ ކޯޕަރޭޝަނުން ކުނި ނަގަމުން އަންނާނީ ރޭގަނޑު 22:00 އިން 12:00 އަށް ކަމަށެެވެ.

މީގެެ ކުރިން ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެެނޭޖިން ޑިރެެކްޓަރު އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ މިހާރު ކުނި ނަގަމުން އަންނަ ގަޑީގެެ ސަބަބުން މަގުމައްޗަށް ލޯޑުބޮޑުވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. ކުނި ނަގާ ގަޑިއަށް ބަދަލު ގެންނަން ނިންމީ މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލް އަދި އެހެެނިހެން ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކުރުމަށް ފަހު އެފަރާތްތަކުގެ ލަފާއާއި އެކު ކަމަށް އޭނާ ވަނީ ވިދާޅުވެެފައެވެ.

ވެމްކޯއިން ވަނީ އެކުންފުނިން ދެމުން ދިޔަ "ޑޯސްޓެޕް" ސާވިސް ވެެސް އެއްކޮށް މެދުކަނޑާލާފައެވެ. އެ ހިދުމަތް މެެދުކަނޑާލާފައި ވަނީ، މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުން ގެެތަކަށް ވެއްދުން ރައްކާތެރި ނުވާތީއެވެެ.

ކުނި ނަގާ ގަޑިއަށް މި ގެނައި ބަދަލު އޮންނާނީ މިހާރު ފެތުރެެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އޮތް ހާލަތަށް ބަދަލު އަައުމާއި ހަމައަށެެވެ. އޭގެ ފަހުން އަނެެއްކާވެެސް "ޑޯ ސްޓެޕް" ހިިދުމަތަށް ބަދަލު ކުރާނެ ކަމަށާއި، އޭރުން ގަޑިއަށް ވެެސް ބަދަލު ގެންނާނެެ ކަމަށް ވެމްކޯއއިން ވަނީ ހާމަކޮށްފައެެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޤުބަސް

    ޑޯ ސްޓެޕް" ހިިދުމަތަށް އަގު ވެމްކޯއިން -/150 ރ ނަގަމުންދާއިރު ކުނިތައް ތިރިއަށް ގެންގޮސްދޭނަމަ -/100 ރ އަގު ވަނީ ވެމްކޯއިން ކަނޑައަޅާފައިވާއިރު މާލޭގެ ދިރިއުޅޭ ރައްޔިތުން ކުނިތައް ތިރިއަށް ގެންގޮސްދޭ އިރު -/150 ރ ނަގަމުންދާނީ ކީއްވެތޯ؟

  2. "ޑޯސްޓެޕް" ސާވިސްގެ އަގު

    ކޮވިޑް-19 އާއި ގުޅިގެން ގްރައުންޑް ފުލޯއިން ކުނިނެގުން އޯކޭ އެކަމަކު މައްސަލައަކީ "ޑޯސްޓެޕް" އިން ކުނިނަގާ ބޮޑުރޭޓްގަ ލާރިދައްކަންޖެހޭތީވެ...

  3. އެހެންކަމުން.....

    އެހެންކަމުން އެދުވަހުން ފެށިގެން ކޮންމެ ގޭބިސީއެއްގެ ކުނި ނެރުން ބުއްދިވެރީ، ރޭގަނޑު 10:00 އަށެވެ. ނޫންނަމަ، ބުޅާތައް ކުނިކޮތަޅުތައް ފަޅައި، މުޅި ރަށުތެރެ ނުތާހިރު ވާނެއެވެ. ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ކުނި ނުނެރެންވީ އެވެ. ރަށް ސާފުކޮށް ބޭއްވޭނީ އެންމެންގެ ވެސް އެއްބާރުލުމާއި އެކުގަ އެވެ.

    5
    1